logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވީއޭއާރު ހެޓްރިކުންވެސް ވިނީ ނުހުއްޓުވޭ، ތިން މެޗުން ތިން މޮޅު

އަބްދުﷲ ޣާނިމް
31 އޯގަސްޓު 2025 - 04:52
މެޗުގައި ވިނީގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައި
މެޗުގައި ވިނީގެ ފަރާތުން ވަނީ މޮޅުކުޅުމެއް ފެނިގެންގޮސްފައި

ރިއަލް މެޑްރިޑްގެ ބްރެޒިލިއަން ތަރި ވިނިސިއަސް ޖޫނިއާގެ މޮޅު ކުޅުމާއެކު ރެއާލް މެޑްރިޑް ލަލީގާގެ ތިންވަނަ މެޗުވެސް ކާމިޔާބުކޮށްފިއެވެ. ވީއޭއާރުގެ އެހީގައި ރެއާލްގެ ޖުމްލަ ތިން ގޯލެއް ބާތިލް ކުރި މިމެޗު ރެއާލް ކާމިޔާބުކުރީ 2-1 އިންނެވެ.

މިމެޗުގައި ޖުމްލަ ރެއާލް އިން 5 ގޯލެއް ޖަެހިނަމަވެސް، ވީއޭއާރުގެ ނިންމުންތަކުގެ ސަބަބުން މެޑްރިޑުގެ 3 ގޯލު ބާތިލުވިއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރެއާލް ގެ ދަނޑުގައި ކުޅުނު މިމެޗުގެ 7 ވަނަ މިނެޓުގައި ކައިލިއަން އެމްބާޕޭ ޖެހި ގޯލު ވީއޭއާރު ބަލައި އޮފްސައިޑްގެ ސަބަބުން ބާތިލުވިއެވެ. އެމްބާްޕޭގެ އޮފްސައިޑް ވެފައިވަނީ ބޮލުގެ އިސްތަށިކޮޅެވެ. އަދި އޭގެ 11 މިނެޓު ފަހުން މަޔޯކާގެ ސްޓްރައިކަރު މުރިޤީ ކޯނަރ އެޓީމަށް ލިބުނު ފުރަތަމަ ފުރުސަތުގައި ކޯނަރަކުން އެޓީމަށް ލީޑުނަގައިދިނެވެ.

ނަމަވެސް މެޑްރިޑުން ވިދިވިދިގެން ދެ ގޯލު ޖެހިއެވެ. 37 ވަނަ މިނެޓުގައި އަރްދާ ގުލަރ ބޮލުން ގޯލެއް ޖެހިއިރު، އޭގެ މިނެޓެއް ފަހުން ވިނިސިއަސް ވަނީ ރީތި ގޯލެއް އޭގެ މިނެޓެއް ފަހުން ޖަހާފައެވެ.

ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި އެމްބާޕޭ ޖެހި ދެވަނަ ގޯލު އޮފްސައިޑްގެ ސަބަބުން ބާތިލުކުރިއެވެ. އަދި ދެވަނަ ހާފުފެށިގެން 55 ވަނަ މިނެޓުގައި ގުލަރ ޖެހި ގޯލެއްވެސް ވީއޭއާރުގެ ނިންމުމަކުން ބާތިލުވިއެވެ.

ވިނީ ވަނީ މިސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން ދެގޯލާއި އެއް އެސިސްޓް ހަދާފައެވެ. މިމޮޅާއެކު ރެއާލް މިސީޒަނުގައި މިހާތަނަށް ކުޅުނު ތިން މެޗުން 9 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ އެއްވަނައިގައެވެ. ލަލީގާގައި މިރޭ ބާސެލޯނާ ވަޔެކާނޯ އާއި ދެކޮޅަށް ނިކުންނާނެއެވެ. މިމެޗު ފަށާނީ ރާއްޖެގަޑިން މިރޭ 12:30 ގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޮންޒާލޯ ގާސިއާގެ ފުރަތަމަ ހެޓްރިކާއެކު ރެއާލް އަށް ބޮޑު މޮޅެއްކުޅިވަރު | 5 ދުވަސް ކުރިންޕެލޭ ލައިޓް ރެއާލް މެޑްރިޑް ދޫކޮށް ލިޔޯންއަށްކުޅިވަރު | 17 ދުވަސް ކުރިންސެވިއްޔާ ބަލިކޮށް ރެއަލް މެޑްރިޑް މޮޅުވިއިރު އެމްބާޕޭ، ރޮނާލްޑޯގެ ރެކޯޑާ ހަމަކޮށްފިކުޅިވަރު | 20 ދުވަސް ކުރިންތިންވަނަ ޑިވިޝަނުގެ ކުލަބެއް އަތުން ހަނިގޮތަކަށް ސަލާމަތްވެ، ރެއާލް ކަޕްގެ ތިންވަނަ ބުރަށްކުޅިވަރު | 23 ދުވަސް ކުރިން