logo
MPL

MPL

ކުޅިވަރު

ޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީ

އަބްދުﷲ ޣާނިމް
7 ސެޕްޓެމްބަރު 2026 - 03:14
ޔަމާޅްގެ މޮޅުކުޅުމާއެކު ޗެންޕިއަން ބާސެލޯނާ ސްޕެނިޝް ލީގުގައި އުދުހެނީ

ސްޕެނިޝް ލަލީގާގެ ތަށި ދިފާއުކުރުމުގެ މަސައްކަތުގައި ބާސެލޯނާއިން ދައްކަމުންދާ ފުރިހަމަ ކުޅުން ދަމަހައްޓައި، އާދީއްތަ ދުވަހު މެސްޓާޔާ ސްޓޭޑިއަމްގައި ވެލެންސިއާގެ މައްޗަށް 5-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ކާމިޔާބީ ހޯދައިފިއެވެ. މި މެޗުގައި އެންމެ ފާހަގަކޮށްލެވުނު ކުޅުންތެރިންނަކީ ފަރމިން ލޮޕޭޒް އަދި ލަމީން ޔަމާލްއެވެ.

މެޗުގެ ހަވަނަ މިނެޓުގައި ބާސެލޯނާއަށް ލީޑު ނަގައިދިނީ ފަރމިން ދިން ރީތި ޕާހަކުން ޔަމާލްއެވެ. އޭގެ ފަހުން މެޗުގެ 22 ވަނަ މިނެޓުގައި އެންތަނީ ގޯޑަން ތަނަވަސްކޮށްދިން ފުރުސަތަކުން ފަރމިން ވަނީ ބާސެލޯނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްދީފައެވެ. ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ރަފީނިއާ ވަނީ އިތުރު ލަނޑެއް ޖަހައި ލީޑު ފުޅާކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ބާސެލޯނާގެ ފަހު ދެ ލަނޑު ފެނިގެންދިޔައީ މެޗުގެ ފަހުކޮޅުގައެވެ. އެގޮތުން 79 ވަނަ މިނެޓުގައި ޕެޑްރީ ލަނޑެއް ޖެހިއިރު، މެޗު ނިމެން ހަތަރު މިނެޓަށް ވެފައިވަނިކޮށް ޔަމާލް ވަނީ ޑެނީ އޮލްމޯގެ ޕާހަކުން އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ. މި މެޗު ކާމިޔާބުކޮށް ބާސެލޯނާ ވެފައިވަނީ މި ސީޒަނުގެ ލަލީގާގައި ކުޅުނު ހަތަރު މެޗުން ވެސް މޮޅުވި ހަމައެކަނި ޓީމަށެވެ.

މި މެޗުގައި ރަފީނިއާ ޖެހި ލަނޑަކީ ލަލީގާގައި އޭނާ ކާމިޔާބުކުރި 50 ވަނަ ލަނޑެވެ. އަދި އޭނާ ވެފައިވަނީ 21 ވަނަ ގަރުނުގައި ލަލީގާ ސީޒަނެއްގެ ފުރަތަމަ ހަތަރު މެޗުން ހަ ލަނޑު ޖެހި ދެވަނަ ކުޅުންތެރިޔާއަށެވެ. މީގެކުރިން މި ރެކޯޑު ހަދާފައިވަނީ ލިއޮނަލް މެސީއެވެ. މި މެޗުގައި ދެއްކި މޮޅު ކުޅުމާއެކު ފަރމިން ވަނީ ވެލެންސިއާއާ ދެކޮޅަށް ކުޅުނު ހަތަރު މެޗުގައި 10 ލަނޑު (ހަ ލަނޑާއި ހަތަރު އެސިސްޓް) ހިއްސާކޮށްފައެވެ. 6 ލަނޑާއެކު ގޯލު ތާވަލުގެ އެއްވަނައިގައި މިވަގުތު އުޅެނީ ރަފީނިއާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯނާއިން ރެފްރީންނަށް ރިޝްވަތުދިން މައްސަލައާއި ގުޅޭ 500އަށްވުރެ ގިނަ ޞަފްޙާގެހެކި ރެއާލް މެޑްރިޑުން ޔުއޭފާއަށް ހުށަހަޅައިފިކުޅިވަރު | 5 ދުވަސް ކުރިންބާސެލޯނާއިން އަބުރުގެ ދަޢުވާކުރުމަށް ރެއާލް މެޑްރިޑް ގޮވައިގެން ކޯޓަށްކުޅިވަރު | 6 ދުވަސް ކުރިންފަލަސްޠީނުގެ ފޭރިގަނެފައިވާ ބިންތަކުގައި ޤާއިމުކޮށްފައިވާ އިސްރާޢީލުގެ ކުންފުންޏަކާއި ބާސެލޯނާއާއި ދެމެދު ވެވުނު އެއްބަސްވުމާގުޅިގެން ކުލަބު ހޫނުފެނަށްކުޅިވަރު | 15 ދުވަސް ކުރިންރަފީނިއާ ބެލަންޑޯ އަށް ނޮމިނޭޓްނުވި މައްސަލައިގެ ހުރިހާ ވަރެއް ލީގުގެ ޓީމުތަކަށް ބާލަނީ، އަނެއްކޭވެސް ހެޓްރިކެއްކުޅިވަރު | 16 ދުވަސް ކުރިން