ޕާސްޕޯޓު ކާޑުގެ ހިދުމަތް ވަގުތީ ގޮތުން މެދު ކަނޑާލައިފި
17 ސެޕްޓެމްބަރު 2025 - 09:38

ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލައިފިއެވެ.
މޯލްޑިވްސް އިމިގްރޭޝަނުން މިއަދު އެކްސްގައި ކުރި ޕޯސްޓެއްގައިބުނެފައިވަނީ، ސިސްޓަމް އަޕްގްރޭޑްކުރުމުގެ މަސައްކަތްތައް ކުރިއަށް ގެންދާތީ، ޕާސްޕޯޓް ކާޑުގެ ޚިދުމަތް ވަގުތީގޮތުން މެދުކަނޑާލާފައިވާކަމަށެވެ.

Ad by Hajj Corporation
ޕާސްޕޯޓު ކާޑަކީ އިލެކްޓްރޯނިކް ޕާސްޕޯޓް އޮންނަ ފަރާތްތަކަށާއި މޯލްޑިވްސް އިމިގްރޭޝަނަށް ޙާޒިރުވެ، ކާޑުގައި ހިމެނުމަށް އިނގިލީގެ ނިޝާން އިލެކްޓްރޯނިކްކޮށް ދެވޭނެ ފަރާތްތަކަށް ދޫކުރާ ކާޑެކެވެ.
ރާއްޖޭގެ ބައިނަލްއަޤްވާމީ ވައިގެ ނުވަތަ ކަނޑުގެ ބަނދަރަކުން ފުރުމަށާއި ރާއްޖެ އެތެރެވުމަށް މި ކާޑު ބޭނުންކުރެވޭނެކަމަށް އިމިގްރޭޝަން އިން ވަނީ ކަނޑައަޅާފައެވެ. ހަމައެއާއެކު، ބޭންކް އޮފް މޯލްޑިވްސްގެ ޑެބިޓް ކާޑާއި ޕްރިޕެއިޑް ކާޑުން ލިބޭ ޚިދުމަތްތައް ހޯދުމަށާއި އެލައިޑް އިންޝުއަރެންސްގެ ޚިދުމަތްތައް ހޯދުމަށާއި ދިވެހި ރައްޔިތެއްކަން ދެނެގަތުމަށް ނުވަތަ ކާކުކަން ދެނެގަތުމަށްވެސް މި ކާޑު ބޭނުންކުރެވޭނެއެވެ.
ޕާސްޕޯޓް ކާޑަކީ ސެކިއުރިޓީ ފީޗަރސް ވަރުގަދަ، އޭގެ ވެރިފަރާތުގެ ހުރިހާ މަޢުލޫމާތެއް ހިމެނޭ ކާޑެކެވެ. ޓެކްނޮލޮޖީއާއެކު ބަދަލުވަމުން އަންނަ ކަންތައްތަކުގެ ތެރެއިން ދިވެހިންގެ ތެރެއަށް 2017 ވަނަ އަހަރު ތައާރަފްކުރި ޕާސްޕޯޓް ކާޑަކީ ފުލީ ކާރބަން މެޓީރިއަލް އިން ތައްޔާރުކޮށްފައިވާ ކާޑެކެވެ.