logo
Bank of Maldives

Bank of Maldives

ޚަބަރު

ޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސް މުޢިއްޒު

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2025 - 10:41
ރައީސް މުޢިއްޒު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވަނީ، ފޮޓޯ: ޑީޖޭއޭ
ރައީސް މުޢިއްޒު ކްރިމިނަލް ކޯޓާއި ޑްރަގް ކޯޓުގެ އައު އިމާރާތް ހުޅުވައިދެއްވަނީ، ފޮޓޯ: ޑީޖޭއޭ

ދިވެހިރާއްޖޭގެ ޖުޑީޝަރީ މިނިވަންކުރުން އެއީ، އެމަނިކުފާނު ކުރަށްވާނެ ކަމެއްކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުން ޖުޑީޝަރީގެ ހިންގުމުގެ ބާރާއި މާލީ މިނިވަންކަން ކަށަވަރުކުރުމަށް ސަރުކާރުން އަޅުއްވާނެ ފިޔަވަޅުތަކުގެ ތަފްސީލު ދެއްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެމަނިކުފާނު ވިދާޅުވީ ޖުޑީޝަރީ އަކީ މިނިވަން ބާރެއް ކަމުގައި ވިޔަސް، މިހާރު އޮންނަ ނިޒާމުގެ ދަށުން މި ބާރުގެ ހިންގުމުގެ ހުރިހާ ކޮންޓްރޯލެއް ސަރުކާރުގައި އޮންނަ ކަމަށާއި، ބަޖެޓު ހިފަހައްޓާލުމުން ހިންގުން ހިފެހެއްޓޭ ކަމަށެވެ.

މިކަމަށް ހައްލެއްގެ ގޮތުން، ރައީސުލްޖުމްހޫރިއްޔާ ވިދާޅުވީ ކެބިނެޓުގައި މަޝްވަރާކޮށްފައި، 2026 ވަނަ އަހަރުން ފެށިގެން، ދައުލަތުގެ ބަޖެޓުގެ ވަކި އިންސައްތައެއް ޖުޑީޝަރީއަށް އަބަދުވެސް ދޭ އަދަދެއްކަމުގައި ކަނޑައަޅައި، އެ އަދަދު "ބްލޮކް ގްރާންޓް"ގެ އުސޫލުން ޖަމާކޮށްދޭ ގޮތަށް ވަކި އެކައުންޓެއް ހުޅުވޭނެ ކަމަށެވެ. މި އެކައުންޓް ހުޅުވޭނީ ޑިޕާޓްމަންޓް އޮފް ޖުޑީޝަލް އެޑްމިނިސްޓްރޭޝަން (ޑީ.ޖޭ.އޭ) ގެ ނަމުގައި ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

މިގޮތަށް އަމަލުކުރުމުން، ޖުޑީޝަރީން ހުށަހަޅުއްވާ ބަޖެޓުގައިވާ ޚަރަދުތައް އެބޭފުޅުން އަމިއްލަފުޅަށް ކުރަމުންދާނެ ކަމަށާއި، އިދާރީ މުވައްޒަފުން ނެގުމާއި ތަންތަން މަރާމާތު ކުރުން ފަދަ ހުރިހާ ޚަރަދެއްވެސް ކުރާނީ އެބޭފުޅުން އަމިއްލަފުޅަށް ނިންމަވާ ގޮތަކަށް ކަމަށް ރައީސް ވިދާޅުވިއެވެ. އެމަނިކުފާނު މިކަމާ ގުޅުވައިލެއްވީ މިހާރު ކައުންސިލްތަކަށްވެސް ބްލޮކް ގްރާންޓުގެ އުސޫލުން ފައިސާ ޖަމާކުރަމުންދާ ގޮތާއެވެ. މިކަމުގެ ސަބަބުން ޖުޑީޝަރީގެ ހިންގުމަށް ވަރަށް ބޮޑު މިނިވަންކަމެއް ލިބިގެންދާނެ ކަމަށް އެމަނިކުފާނު ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމްހޫރިއްޔާ އިތުރަށް ވިދާޅުވީ، މިހާތަނަށް ޖުޑީޝަރީއަށް ދިން އަދަދަށް ބަލާއިރު އެންމެ ގިނަވެގެންވެސް 600 މިލިއަން ރުފިޔާއަށްވުރެ ބޮޑުނުވާ ކަމަށެވެ. އެހެންނަމަވެސް، އިރާދަކުރެއްވިއްޔާ މިހާތަނަށް ނުދޭވަރުގެ ބޮޑު އަދަދެއް ލިބޭނެ ފަދަ ބަޖެޓް ސީލިންގއެއް ޖުޑީޝަރީއަށް ކަނޑައަޅުއްވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

''ޙަޤީޤަތުގައި ޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް. ކުރަމުންވެސްދާ ކަމެއް. މި އަހަރު އިރާދަކުރެއްވިއްޔާ، ސްޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތްވެސް ހުޅުމާލޭގައި ފެށޭނެ. މިއީ ވޭތުވެދިޔަ އެތައް އަހަރަކު، ކޮންމެ ސަރުކާރަކުންހެން ދައްކަމުންއައި ވާހަކައެއް. ތިމަންނަމެން އަޅާނަމޭ. ހަވާލުވެސް ކުރާނަމޭ. އެކިފަހަރު އެކިގޮތަށް ވާހަކަދައްކަމުން ދިޔައީ. އަޅުގަނޑު މި ފަހަރު ރިޔާސީބަޔާނުގައި މި އަހަރުގެ ރިޔާސީ ބަޔާނުގައި ދެންނެވިން މި އަހަރު މަސައްކަތް ފަށާނެ ވާހަކަ.'' ރައީސް މުޢިއްޒު

ޖުޑީޝަރީ މިނިވަންކުރުމަށްޓަކައި އަޅުއްވާ ފިޔަވަޅުތަކުގެ ތެރޭގައި، ހުޅުމާލޭގައި ސްޕީރިއާ ކޯޓު ކޮމްޕްލެކްސް އިމާރާތުގެ މަސައްކަތް މި އަހަރު ފެށުންވެސް ހިމެނޭ ކަމަށް ރައީސް ވިދާޅުވިއެވެ. މިކަމަކީ ވޭތުވެދިޔަ އެތައް އަހަރަކު، ކޮންމެ ސަރުކާރަކުންހެން ދައްކަމުންއައި ވާހަކައެއް ކަމަށާއި، މި އަހަރުގެ ރިޔާސީ ބަޔާނުގައިވެސް މި މަސައްކަތް ފަށާނެ ކަމަށް ދެންނެވި ކަމަށް އެމަނިކުފާނު ހާމަކުރެއްވިއެވެ. އެކަމަށް އެއްވެސް ފަރާތަކުން ކުރިމަތިނުލާތީ އަނެއްކާވެސް ހުޅުވާލާފައިވާ ކަމަށާއި، ކުރިއަށް އޮތް ދެމަހެއްހާ ދުވަހުގެ ތެރޭގައި އަމަލީ މަސައްކަތް ފެށޭވަރު ކުރެވޭނެ ކަމަށް އުންމީދު ކުރައްވާ ކަމަށް ރައީސް ވިދާޅުވިއެވެ.

ރައީސް މުޢިއްޒު ވިދާޅުވީ، އެކި ގޮތްގޮތުން ޖުޑީޝަރީ މިނިވަންކުރުމަށްޓަކައި ހިންގުމުގެ ބާރު އެބޭފުޅުންނަށް ދިނުމުގައި ކުރެވޭ ކަންތައްތައް ކާމިޔާބުވެގެން ދިޔުމުން، ވަރަށް ބޮޑުތަނުން ޖުޑީޝަރީ މިނިވަންވެގެން ދާނެ ކަމަށެވެ. އަދި، 2023 ނޮވެންބަރު 17 ގައި ރައީސްކަމުގެ ހުވާކުރެއްވި ދުވަހުން ފެށިގެން، އެއްވެސްކަމެއްގައި ހުކުމެއް ކުރުމުގައި ކުރަންވީ ގޮތެއް، ނުކުރަންވީ ގޮތެއް ބަލައިފައެއް ނުވާނެ ކަމަށާއި، ނުވެސް ބައްލަވާނެ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. ކޯޓަށް މީހަކު ހާޒިރުކުރަނީ ކޮންއިރަކުތޯ، ކީއްކުރަންތޯވެސް ނުބައްލަވާ ކަމަށާއި، މި ސަރުކާރަކުން ޖުޑީޝަރީއަށް އެއްވެސް ނުފޫޒެއް ފޯރުވާފައި ނޯންނާނެ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވަނީ ކަށަވަރުކޮށްދެއްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން