logo
Bank of Maldives

Bank of Maldives

ޚަބަރު

އަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2025 - 10:59
އަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސް

އެމަނިކުފާނުގެ ފަލްސަފާއަކީ ރައްޔިތުންގެ ގާތަށްގޮސް ރައްޔިތުންގެ އަޑުއަހައިގެން ރައްޔިތުންނަށް ޚިދުމަތް ދިނުން ކަމުގައި ރައީސުލްޖުމްހޫރިއްޔާ ޑޮކްޓަރ މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި މިއަދު ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ޑރ. މުޢިއްޒު ވިދާޅުވި ގޮތުގައި، އެމަނިކުފާނުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމެވެ. އެގޮތުން މިހާތަނަށް ގިނަ ރަށްތަކަށް ދަތުރުކުރައްވާފައިވާ ކަމަށާއި، ބޭނުމަކީ ރައްޔިތުންގެ ގާތުން ކަންކަން އޮޅުންފިލުވައި، ރައްޔިތުން ބޭނުންވާ ގޮތަށް ކަންކަން ކުރުމަށްޓަކައި މަގުފަހިކޮށްދިނުން ކަމަށް ރައީސް ވިދާޅުވިއެވެ. ކަމާބެހޭ ވުޒާރާތަކުގެ ވަޒީރުންނާއި ކުންފުނިތަކުގެ ވެރިންވެސް، އެބޭފުޅުންގެ ދާއިރާއާބެހޭ ކަންކަން ސީދާ ރައްޔިތުންގެ ގާތުން، ރައްޔިތުންގެ މަންދޫބުންނާއި މުއައްސަސާތަކުގެ ވެރިން ގާތުން އޮޅުންފިލުވުމަކީ ހިންގުމަށް ވަރަށް ބޮޑެތި ކުރިއެރުންތަކެއް ލިބި، މަސައްކަތްތަކަށް ހަލުވިކަމެއް ގެނުވާނެ ކަމެއް ކަމަށް ރައީސް ފާހަގަކުރެއްވިއެވެ.

ރައީސް ވިދާޅުވީ، ކުރީގައި މާލެ އަންނަންޖެހޭ އަޅުވެތިކަން ނިންމުމަކަށް ގެނެސް، ސީދާ ރައްޔިތުންގެ ގާތަށް އެމަނިކުފާނު ވަޑައިގެން، އެމަނިކުފާނާ އެކީ އެކި މުއައްސަސާތަކުގެ ވެރިން ގެންގޮސް ބައްދަލުކުރުވައި، ކަންކަން އަޑުއަހައި، ހައްލުކުރުމަކީ އެމަނިކުފާނު ގަބޫލުކުރައްވާ ފަލްސަފާ ކަމަށެވެ.

މީގެއިތުރުން، ރައްޔިތުންނާ ގާތުން ޚިދުމަތްދިނުމުގެ ތެރެއިން ކައުންސިލްތަކާއި އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީތައް (ޑަބްލިޔު.ޑީ.ސީ.ތައް) ބާރުވެރިކުރުވުމަށް މަސައްކަތް ކުރަމުންދާ ކަމަށް ރައީސް ވިދާޅުވިއެވެ. ޑަބްލިޔު.ޑީ.ސީ.ތަކުން އެންމެ ބޮޑަށް އެދެމުންއައި އެއް ކަމަކަށްވާ ރޯދަމަހުގެ އިނާޔަތާއި ވިހެއުމުގެ ޗުއްޓީ ނުލިބުމުގެ މައްސަލަ، މިހާރު ގާނޫނީ ގޮތުން ހައްލުކޮށްދެވިފައިވާ ކަމަށް އެމަނިކުފާނު ވިދާޅުވިއެވެ.

ޑަބްލިޔު.ޑީ.ސީ.ތަކަށް އިތުރު ކުރިއެރުންތަކެއް ލިބޭނެ ގޮތަށް ގާނޫނަށް އިސްލާހުތަކެއް ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އަންނަ އަހަރަށް ބަޖެޓު ހުށަހެޅިގެންދާއިރު، ކޮންމެ އަހަރަކުވެސް ޑަބްލިޔު.ޑީ.ސީ.ތަކަށް ދެމުންދާ ބަޖެޓު ދެގުނައަށް ބޮޑުކުރެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. އެގޮތުން، ކައުންސިލްތަކުގެ ބަޖެޓުގެ ތެރެއިން ޑަބްލިޔު.ޑީ.ސީ.ތަކަށް ދެމުން އަންނަ %5 (ފަސް ޕަސެންޓު) މިއަންނަ އަހަރުން ފެށިގެން %10 (ދިހަ ޕަސެންޓަށް) ބޮޑުކުރެވޭނެއެވެ. މިއީ އަންހެނުންގެ ތަރައްގީއަށް ކުރާ މަސައްކަތަށް އިތުރު އެހީތެރިކަމެއް ފޯރުކޮށްދިނުމުގެ ގޮތުން ކުރެވޭ ކަމެއް ކަމަށް ރައީސް ވިދާޅުވިއެވެ. ގިނަ ޑަބްލިޔު.ޑީ.ސީ.ތަކުން އެބޭފުޅުންނަށް މުސާރައާއި އެލަވަންސް ދިނުމަށްފަހު އެއްވެސް މަސައްކަތެއް ނުކުރެވޭ ކަމަށް ބުނާ މައްސަލައަށް ހައްލެއް ހޯދައިދިނުމަކީވެސް މި އިސްލާހުގެ ބޭނުން ކަމަށް ރައީސް ވިދާޅުވިއެވެ. މި ބަދަލާއެކު ޑަބްލިޔު.ޑީ.ސީ.ތަކަށް އަންހެނުންގެ ތަރައްޤީއަށްޓަކައި އެކި ހަރަކާތްތައް ހިންގައި، ވަކާލާތު ކުރެވޭނެ ކަމުގެ އުއްމީދު އެބަހުރި ކަމަށް ރައީސް ވިދާޅުވިއެވެ.

އިތުރު ހެޔޮ ބަދަލެއްގެ ގޮތުން، ޑަބްލިޔު.ޑީ.ސީ. މެންބަރުންނަށް ރޯދަ މަހުގެ އިނާޔަތް ދޭއިރު، އެއަދަދު ޑަބްލިޔު.ޑީ.ސީ.ގެ ބަޖެޓުން ނުކަނޑައި، މުޅި ކައުންސިލްގެ ބަޖެޓުން ނެގޭނެ ގޮތަށް ހަމަޖައްސާނެ ކަމަށްވެސް ރައީސް ވިދާޅުވިއެވެ. މިއީ ޑަބްލިޔު.ޑީ.ސީ.ތަކުގެ ބަޖެޓުން ބޮޑު އެއްޗެއް އުނިވެގެންދިޔަ ނުދިނުމަށްޓަކައި ކުރެވޭ ކަމެކެވެ. މިކަމުގެ ސަބަބުން ޑަބްލިޔު.ޑީ.ސީ.ތަކަށް ބޮޑު ބާރުވެރިކަމެއް ލިބި، ކުރިމަތިލާން ވިސްނަވާ ބޭފުޅުންނަށްވެސް މިއީ ވަރަށް ބޮޑު ހިތްވަރަކަށް ވާނެ ކަމަށް ރައީސް ވިދާޅުވިއެވެ.

ހަމައެއާއެކު، ޑަބްލިޔު.ޑީ.ސީ.ގެ ރައީސާ ހޮވާގޮތް ބަދަލުކުރުމަށްވެސް ގާނޫނަށް އިސްލާހު ގެނެވޭނެ ކަމަށް ރައީސް ވިދާޅުވިއެވެ. މިހާރު ޑަބްލިޔު.ޑީ.ސީ.ގެ ރައީސާ ހޮވަނީ އެކޮމިޓީގެ މެންބަރުންގެ ތެރެއިން ނަގާ ވޯޓަކުންނެވެ. ނަމަވެސް، ގެނެވޭ ބަދަލަކީ ކައުންސިލްގެ ރައީސް ހޮވާ އުސޫލުން، ޑަބްލިޔު.ޑީ.ސީ.ގެ ރައީސާވެސް ހޮވުމެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން