logo
Bank of Maldives

Bank of Maldives

ޚަބަރު

ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީ

އާމިނަތު ޝަފާ
17 ސެޕްޓެމްބަރު 2025 - 11:29
ކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީ

ރައީސުލްޖުމްހޫރިއްޔާކަން ކޮށްފައިވާ ފަރާތްތަކަށާއި ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކޮށްފައިވާ ފަރާތްތަކަށް ޤާނޫނުތަކުން ލިބިދޭ ބައެއް އިނާޔަތްތައް އުނިކުރުމަށް ޤާނޫނުތައް އިސްލާހު ކުރަން މަޖިލީހުގެ އަންނަ ދައުރަށް ހުށަހަޅާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

އެމަނިކުފާނު މިފަދައިން ވިދާޅުވީ ރައީސުލްޖުމްހޫރިއްޔާ މިފަދައިން ވިދާޅުވީ "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސް ވިދާޅުވީ ރައްޔިތުންގެ މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މެންބަރުން، މެންބަރުކަމުން ވަކިވުމަށްފަހު ލިބޭ ޢިނާޔަތްތަކަކީ އިންޞާފުވެރިގޮތަކަށް ލިބޭ އެއްޗެއް ކަމަކަށް ރައްޔިތުން ގަބޫލުނުކުރައްވާކަމަށެވެ.

"އެހެންވީމާ، ކުރިއަށް އޮތް، މަޖިލީހުގެ ދައުރު ހުޅުވުނީމާ، އަޅުގަނޑުމެން ހުށަހަޅާ ބަދަލުތަކުގެ ތެރެއިން އިސްލާހުތަކުގެ ތެރޭގައި، އަޅުގަނޑުމެން ހުށަހަޅާނަން، މި ދެންނެވިގޮތަށް، ކުރީގައި ރައީސްކަން ކުރައްވާފައި ތިއްބެވި ބޭފުޅުންނާއި އަދި މަޖިލީހުގެ މެންބަރުކަން ކުރައްވާފައި ތިއްބެވި މިހާރު މަޖިލިސްގައި ނޫޅުއްވާ ބޭފުޅުންނަށް މި ލިބޭ ޢިނާޔަތްތަކަށް އިސްލާހުތަކެއް ގެންނަން. ބައެއް ޢިނާޔަތްތައް ވަކިކުރަން ހުށަހަޅާނަން. އެއީ، އަޅުގަނޑު ހިތުން ޤައުމަށް ވަރަށް މުހިންމު ކަމެއް. ރައްޔިތުން ވަރަށް ބޮޑަށް ބޭނުންވާ ކަމެއް." ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުޢިއްޒު

ރައީސް ވިދާޅުވީ އެކި މުވައްސަސާތަކުގައި އުޅުއްވުމަށްފަހު ރިޓަޔަރކުރައްވާފައިވާ ބޭފުޅުން ރިޓަޔަރކުރެއްވުމަށްފަހު ދައުލަތުގެ އެކި މަގާމުތަކަށް ވަޑައިގަންނަވާ އެ ބޭފުޅުން އެ މަގާމުތަކުގައި ފުލްޓައިމްކޮށް އުޅުއްވާ ދުވަސްތަކުގައި ރިޓަޔަމަންޓުން މަހަކު ލިބޭ އަދަދު ލިބުންވެސް އެއީ ރަނގަޅުގޮތެއް ނޫންކަމަށް ރައްޔިތުން ގަބޫލުކުރައްވާކަމަށެވެ. އެ ދުވަސްވަރަށް ރިޓަޔަމަންޓުން އެލިބޭ އަދަދު ނުލިބޭގޮތައް ހެދުން އެއީ އިންސާފުވެރިގޮތެއްކަމަށް ދެކެވަޑައިގަންނަވާކަމަށެވެ.

އެހެންކަމުން ދައުލަތުގެ ވަޒީފާތަކުން ރިޓަޔަރ ކުރައްވާފައިވާ ފަރާތްތަކަށް ލިބެމުންދާ ޕެންޝަން އިނާޔަތްތައް އެއް ހަމަ ކުރުމަށްވެސް ސަރުކާރުން ނިންމަވާފައިވާ ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވިއެވެ.

ކުރީގެ ރައީސުންނާއި ކުރީގެ މެމްބަރުންގެ އިނާޔަތް ކުޑަކުރަން މެމްބަރުންގެ ލަފަޔަކަށް އެދި ރައީސްލްޖުމްހޫރިއްޔާ ޑރ. މުހައްމަދު އެންމެ ފުރަތަމަ ހުށަހެޅުއްވީ ޕީއެންސީގެ މަޖިލިސް މެމްބަރުން ތިއްބަވާ ވަޓްސްއެޕް ގުރޫޕަކަށެވެ.

ރައީސްގެ މި ހުށަހެޅުމާއެކު މިއީ ކޮންމެހެން ކުރަންޖެހޭކަމެއްކަމަށް އޭރުވެސް ގިނަ ފަރާތްތަކުން ދިޔައީ ބުނަމުންނެވެ. އެގޮތުން ދައުލަތުގެ ދަރަނި 150 ބިލިއަނަށް އަރާއިރު މި ހާލަތުން އަރައިގަތުމަށް ހަރަދުތައް ކުޑަކުރަންޖެހޭކަމަށާއި ކުރީގެ ރައީސުންނާއި، މެމްބަރުންނާއި، ފަނޑިޔާރުންނާއި، ފުލުހުންނާއި، ސިފައިންނަށް ދެމުން އަންނަ އިނާޔަތް އުނިކުރަންޖެހޭކަމަށް ބުނެ ގިނަ ފަރާތްތަކުން އަންނަނީ ރައީސްގެ ނިންމުމަށް މަރުހަބާކިޔަމުންނެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 4 ގަޑިއިރު ކުރިންޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން