logo
Bank of Maldives

Bank of Maldives

ޚަބަރު

ހިތަށް އަންނަހާ ކޮންމެ އެއްޗެއް ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ލިޔުމަކީ، އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން: ރައީސް

މުހައްމަދު މޫސާމުހައްމަދު މޫސާ
17 ސެޕްޓެމްބަރު 2025 - 11:31
 ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސް

ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން ކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު ވިދާޅުވެއްޖެއެވެ.

ރައީސް މިފަދައިން ވިދާޅުވީ މިއަދު އާންމުކުރެވުނު "ރައްޔިތުންނާ އެކު" ސިލްސިލާ ޕޮޑްކާސްޓްގެ 9 ވަނަ އެޕިސޯޑްގައި ވާހަކަފުޅުދައްކަވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރައީސުލްޖުމްހޫރިއްޔާގެ މި ވާހަކަފުޅުގައި، ކޮންމެ ކަމެއްގައިވެސް އުސޫލުތަކެއް ހުންނަކަން ފާހަގަކުރައްވައި ވިދާޅުވީ، މުސްލިމުންނަށްވީތީ އަދި ޚާއްސަކޮށް އިލާހީ ޤާނޫނެއް އޮންނަ ބަޔަކަށްވީތީ، އަޅުގަނޑުމެންގެ ކަންކަމުގައި ހަމަތަކާއި އުސޫލުތަކެއް އޮންނަންޖެހޭނެކަން ވަނީ ފާހަގަކުރަށްވާފައެވެ. އެގޮތުން އިސްލާމީ ހަމަތަކާއި، އިންސާނީ ހަމަތަކަކީ މިފަދަ ކަންކަމުގައި ބަލަންޖެހޭނެ މިންގަނޑުތައް ކަމުގައި ރައީސް ވިދާޅުވިއެވެ.

"ހަމަ ހިތަށް އަންނަހާ ކޮންމެ އެއްޗެއް އެއްވެސް ބެލުމެއްނެތި، އޭގެ ޙަޤީޤަތެއް ބެލުމެއްނެތި، އަނެކާއަށް ކޮންމެފަދަ ގެއްލުމެއްވިޔަސް ހެޔޮކަމަށް ބަލާފައި ލިޔުމަކީ، އަޅުގަނޑު ހިތުން އިންސާނަކަށްވީތީވެސް ކުރެވޭނެ ކަމެއްނޫން." ރައީސް ވިދާޅުވިއެވެ.

އިސްލާމްދީނުގައި އަބުރު ރައްކާތެރިކުރުމަށް ވަރަށް ބޮޑަށް ބާރުއަޅާކަން ފާހަގަކުރައްވަމުން ރައީސް ވިދާޅުވީ، އިސްލާމްދީން ފޮނުއްވި މައިގަނޑު ފަސްކަމެއްގެ ތެރެއިން އެއްކަމަކީ، އަބުރު ރައްކާތެރިކުރުން ކަމަށެވެ. ކޮންމެ އިންސާނަކީވެސް ކަރާމާތާއި، ޢިއްޒަތާއި، އަބުރެއް ލިބިގެންވާ ފަރާތެއް ކަމަށާއި، މިކަން ކަނޑައަޅުއްވާފައިވަނީ މަތިން ﷲ ސުބްޙާނަހޫ ވަތަޢާލާ ކަމަށް ރައީސް ވިދާޅުވިއެވެ. އެހެންކަމުން، އެ އަބުރު ރައްކާތެރިކުރުމަކީ ކޮންމެ މީހެއްގެވެސް ޙައްޤެއްކަމަށާއި، އަނެކާގެ ޒިންމާއެއް ކަމުގައި ރައީސް ވިދާޅުވިއެވެ. މިކަމަކީ ބަހުސެއް ކުރަންޖެހޭ ކަމެއް ނޫން ކަމަށާއި، ޚާއްސަކޮށް ދިވެހިރާއްޖެ ފަދަ 100 އިންސައްތަ މުސްލިމް އިސްލާމީ ޤައުމެއްގައި މިކަންކަމަށް އިސްކަންދިނުމުގެ މުހިންމުކަން ރައީސް ވަނީ ފާހަގަކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާގެ ވާހަކަފުޅުގައި އިތުރަށް ވިދާޅުވީ، ހަމަތަކާއި އުސޫލުތަކުގެ ތެރެއިން ބޭނުން ވާހަކައެއް ދެއްކެން އޮތް ކަމަށާއި، ތެދު ޙަޤީޤަތާ އެއްގޮތަށް ކޮންމެ ވާހަކައެއްވެސް ދައްކާ، ކޮންމެ އެއްޗެއްވެސް ލިޔެ، ކޮންމެ ކަހަލަ ކޮންޓެންޓެއްވެސް ކުރިއޭޓް ކުރެވޭނެ ކަމަށެވެ. ނަމަވެސް، އެއްވެސް ބެލުމެއްނެތި، ތެދު ޙަޤީޤަތެއް ނެތް ދޮގުވާހަކަތައް ފެތުރުމަކީ ދިވެހިރާއްޖޭގެ ރައްޔިތުން ބޭނުންވާކަމެއް ނޫން ކަމަށް ރައީސް ޑރ. މުޙައްމަދު މުޢިއްޒު ވަނީ ވަރަށް ބޮޑަށް ފާހަގަކުރަށްވާފައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޙަޤީޤަތް ބެލުމެއްނެތި އަނެކާއަށް ގެއްލުންދޭ ގޮތަށް ހިތަށް އައިހާ އެއްޗެއް ލިޔުމަކީ އިންސާނަކަށްވީތީ ވެސް ކުރެވޭނެ ކަމެއްނޫން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންކުރީގެ ރައީސުންނާއި މެންބަރުންގެ ބައެއް އިނާޔަތްތައް އުނިކުރަން މަޖިލީހުގެ އަންނަ ދައުރުގައި ހުށަހަޅަނީޚަބަރު | 3 ގަޑިއިރު ކުރިންއަޅުގަނޑުގެ ފަލްސަފާއަކީ ރައްޔިތުންނާ ގާތުން ޚިދުމަތްދިނުން: ރައީސްޚަބަރު | 3 ގަޑިއިރު ކުރިންޖުޑީޝަރީ މިނިވަންކުރުން އެއީ، އަޅުގަނޑު ކުރާނެ ކަމެއް: ރައީސްޚަބަރު | 4 ގަޑިއިރު ކުރިން