logo
Bank of Maldives

Bank of Maldives

ކުޅިވަރު

ރެއާލްގެ ޑީން ހުއިސެން އަށް ރަތް ކާޑުދެއްކުނީ ކުށަކުން ކަމަށް ރެފްރީ ކޮމިޓީއިން އިޢުތިރާފުވެއްޖެ

އަބްދުﷲ ޣާނިމް
17 ސެޕްޓެމްބަރު 2025 - 14:55
ރެއާލްގެ ޑީން ހުއިސެން އަށް  ރަތް ކާޑުދެއްކުނީ ކުށަކުން ކަމަށް ރެފްރީ ކޮމިޓީއިން އިޢުތިރާފުވެއްޖެ

މިދިޔަ ހޮނިހިރު ދުވަހު ކުޅުނު ރިއަލް ސޮސިއެޑާޑް އާއި ރިއަލް މެޑްރިޑްގެ މެޗުން މެޑްރިޑް 2-1 އިން މޮޅުވި ނަމަވެސް، މެޗުގައި ރެފްރީ ނިންމި ނިންމުމަކާ ގުޅިގެން ބޮޑު ސުވާލުމާކުތަކެއް ކުރިމަތިވެއްޖެއެވެ.

މެޗުގެ 32 ވަނަ މިނެޓްގައި ރިއަލް މެޑްރިޑްގެ 20 އަހަރުގެ ޑިފެންޑަރު ޑީން ހުއިސެން ކުރި ފައުލަކާއި ގުޅިގެން ރެފްރީ ޖިލް މަންޒާނޯ ވަނީ ޑައިރެކްޓް ރަތް ކާޑެއް ދައްކާފައެވެ. މިއީ ގޯލް ޖެހުމުގެ ސާފު ފުރުސަތެއް ނަގާލުމުގެ ކުށުގައި "ލާސްޓް މޭން" ގެ ގޮތުގައި ހުރެ ކުރި ކުށަކަށް ނިންމައި އޭރު ދެއްކި ކާޑެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް، މެޗުގެ ރީޕްލޭތަކުން ދައްކާގޮތުގައި ބްރެޒިލްގެ ސެންޓަރު ބެކް އެދަރް މިލިޓާއޯ ކައިރީގައި ހުރިކަން ފާހަގަކުރެވުނެވެ. އެހެންކަމުން ހުއިޖްސެންއަކީ އެންމެ ފަހު ޑިފެންޑަރެއް ނޫނެވެ. މެޗަށްފަހު ކޯޗު ޒާބީ އަލޮންސޯ ވިދާޅުވީ މިއީ ރަތް ކާޑެއް ދޭންޖެހޭ ހާލަތެއް ނޫން ކަމަށެވެ. "މިލިޓާއޯ ކައިރީގައި ހުރި، އަދި ބޯޅަ ފުލް ކޮންޓްރޯލްގައި ނެތް. މިއީ ހަމައެކަނި ރީނދޫ ކާޑެއް ދޭންޖެހޭ ހާލަތެއް،" އޭނާ ވިދާޅުވިއެވެ.

ސްޕެއިންގެ ރެފްރީ ކޮމިޓީން މިހާރުވަނީ މަންޒާނޯގެ ނިންމުމަކީ ކުށް ނިންމުމެއްކަން ޤަބޫލުކޮށްފައެވެ. މީގެ އިތުރުން، ވީއޭއާރު އޮފިޝަލް ފިގުއެރޯއާ ވާޒްކުއެޒް މިކަމުގައި އިންޓަވީންނުވުމުގެ ސަބަބުން އޭނާއަށް ސަސްޕެންޝަނެއް ކުރިމަތިވެދާނެ ކަމަށް ބެލެވެއެވެ.

މި ރަތްކާޑާއި ގުޅިގެން ހުއިސެން އަށް އެއް މެޗުގެ ސަސްޕެންޝަނެއް ކުރިމަތިވާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އަނިޔާއާއި ގުޅިގެން އާނޯލްޑް-ލިވަޕޫލް ރީޔޫނިއަން ސުވާލުމާކެއްގެ ތެރޭގައިކުޅިވަރު | 3 ގަޑިއިރު ކުރިންރެއާލްގެ ޑީން ހުއިސެން އަށް ރަތް ކާޑުދެއްކުނީ ކުށަކުން ކަމަށް ރެފްރީ ކޮމިޓީއިން އިޢުތިރާފުވެއްޖެކުޅިވަރު | 4 ގަޑިއިރު ކުރިންޕެނަލްޓީ އެފްސީ ފަތުއަޑުޖަހާފައި ކުރިޔަށްކުޅިވަރު | 12 ގަޑިއިރު ކުރިންރެފްރީންގެ މަސައްކަތުންވެސް އެމްބާއްޕޭ އާއި ރެއާލް މެޑްރިޑް ނުހުއްޓުވޭކުޅިވަރު | 4 ދުވަސް ކުރިން