އަނިޔާއާއި ގުޅިގެން އާނޯލްޑް-ލިވަޕޫލް ރީޔޫނިއަން ސުވާލުމާކެއްގެ ތެރޭގައި
17 ސެޕްޓެމްބަރު 2025 - 15:09

ރިއަލް މެޑްރިޑްގެ ފުލްބެކް ޓްރެންޓް އެލެގްޒެންޑަރ-އާނޯލްޑް އަށް ދިމާވި ހެމްސްޓްރިންގ އިންޖަރީއާ ގުޅިގެން އޭނާގެ ކުރީގެ ޓީމް ލިވަޕޫލްއާ ދެކޮޅަށް އަންނަ ނޮވެމްބަރުގެ 5 ވަނަ ދުވަހު ކުރިމަތިލުމަށް އެންފީލްޑަށް ކުރާ ދަތުރު ސުވާލުމާކެއްގެ ތެރެއަށް ވެއްޓިއްޖެއެވެ. މިއަނިޔާގެ ސަބަބުން އޭނާ ދެމަސްދުވަހަށް ކުލުމާއި ދުރުގައި ހުންނަންޖެހޭކަމަށް ކުލަބުން ލަފާކުރެއެވެ.
26 އަހަރުގެ އިނގިރޭސި ޑިފެންޑަރަށް އަނިޔާވީ އަންގާރަ ދުވަހު ޗެމްޕިއަންސް ލީގުގައި މާސޭ އާއި ދެކޮޅަށް ކުޅުނު މެޗުގެ ފަސް މިނެޓް ފަހުންނެވެ. މެޗުން މެޑްރިޑް ވަނީ މިމެޗުން 2-1 އިން މޮޅުވެފައެވެ. މެޑްރިޑުން ބުނީ އޭނާގެ ވައަތު ފައިގެ ބައިސެޕްސް ފެމޯރިސްއަށް އިންޖަރީ ވެފައިވާ ކަމަށެވެ.

Ad by Hajj Corporation
މި އަނިޔާގެސަބަބުން އޭނާއަށް އޮކްޓޯބަރު 26 ގައި ބާސެލޯނާއާ ދެކޮޅަށް ކުޅޭ އެލް ކްލާސިކޯ އާއި، އިނގިރޭސި ޤައުމީ ޓީމުގެ މެޗުތަކާއި، ނޮވެމްބަރު 4 ގައި ލިވަޕޫލްއާ ދެކޮޅަށް އެންފީލްޑްގައި ކުޅޭ ޗެމްޕިއަންސް ލީގު މެޗު ގެއްލިދާނެއެވެ.
"ވީހާވެސް އަވަހަކަށް ކުރިއަށްވުރެ ވަރުގަދައަށް އެނބުރި އަންނާނަން. ދެން ބައްދަލުވާނީ މެޑްރިޑިސްޓާސްއާ،" އޭނާ ސޯޝަލް މީޑިއާގައި ލިޔެފައިވެއެވެ.
ސަމަރ ޓްރާންސްފާ ވިންޑޯގައި މެޑްރިޑަށް ބަދަލުވި ފަހުން އޭނާއަށް ވަނީ ގަވާއިދުން ކުޅުމުގެ ފުރުސަތު ނުލިބިފައެވެ. ލަ ލީގާގައި އެންމެ ދެ މެޗެއްގައި މެނުވީ ފުރަތަމަ 11 ގައި ނުހިމެނެއެވެ. އޭނާގެ ޕޮޒިޝަންގައި ކުޅެމުން އަންނަނީ ތަޖުރިބާކާރު ޑާނީ ކަރްވަހާލެވެ. ނަމަވެސް މާސެއިލްއާ ދެކޮޅަށް ކުޅުނު މެޗުން ކަރްވަހާލް ވަނީ ރަތް ކާޑު ދައްކާފައެވެ.
މެޑްރިޑުން އުންމީދު ކުރަނީ އޭނާގެ ފިޓްނެސް ރަނގަޅު ކަމަށް ވާތީ، ހަ ހަފްތާގެ ތެރޭގައިވެސް އެނބުރި އަތުވެދާނެ ކަމަށެވެ. ނަމަވެސް މި އަނިޔާއާއި ގުޅިގެން އޭނާގެ މި ސީޒަނާއި އިނގިރޭސި ޤައުމީ ޓީމުގެ ވޯލްޑް ކަޕް ސްކޮޑަށް ހޮވުމުގެ ފުރުސަތަށް ވެސް އޮތީ އަސަރުކޮށްފައެވެ.