logo
Bank of Maldives

Bank of Maldives

ޚަބަރު

އެސްބީއައިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފަސްކޮށްދީފި

އައިމިނަތު މޫސާ
18 ސެޕްޓެމްބަރު 2025 - 05:06
އެސްބީއައިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފަސްކޮށްދީފި

ސްޓޭޓް ބޭންކް އޮފް އިންޑިއާއިން ނަގާފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޝަރީ ބިލު ދެއްކުމުގެ މުއްދަތު އިތުރުކުރުމަށް އިންޑިއާއިން އެއްބަސްވެއްޖެއެވެ.

މިކަން ހާމަކޮށްފައިވަނީ މާލީ ވުޒާރާއާއި އިންޑިއާ ހައިކޮމިޝަނާއެކު ބޭއްވި ބައްދަލުވުމަށްފަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލީ ކަންކަމާއި ތަރައްޤީގެ ރޭވުންތެރިކަމާ ބެހޭ ވަޒީރު މޫސާ ޒަމީރުއާއި އިންޑިއާއިން ރާއްޖެއަށް ކަނޑައަޅުއްވާފައި ހުންނަވާ ސަފީރު، ޖީ. ބާލަސުބްރަމާނިއަން ވަނީ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމުގައި މާލީ ވުޒާރާގެ އިސްވެރިން ވަޒީރު އަރިހުގައި ބައިވެރިވެވަޑައިގެންނެވިއިރު، އިންޑިއާ ސަފީރު އަރިހުގައި އިންޑިއާގެ ޖޮއިންޓް ސެކްރެޓަރީ ސޫޖާ ކޭ. މެނޮން އަދި އިންޑިއާގެ ޚާރިޖީ ވުޒާރާގެ އިސް އޮފިޝަލުން ބައިވެރިވެވަޑައިގެންނެވިއެވެ. މި ބައްދަލުވުމަކީ ދެ ޤައުމުގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ވަރުގަދަކޮށް، ކުރިއަށް އޮތް ތަނުގައި އިތުރު ފުރުސަތުތަކެއް ހޯދުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެކެވެ.

މި ބައްދަލުވުމުގައި ގިނަ ކަންކަމާމެދު މަޝްވަރާކުރެވިގެން ދިޔައިރު، އެންމެ މުހިއްމު އެއް ކަމަކީ ސްޓޭޓް ބޭންކް އޮފް އިންޑިއާ (އެސްބީއައި) އިން ސަބްސްކްރައިބްކޮށްފައިވާ 50 މިލިޔަން ޑޮލަރުގެ ޓްރެޜަރީ ބިލުގެ މުއްދަތު އިތުރުކުރަން ނިންމާފައިވާކަން ކަށަވަރުވުވެގެން ދިއުންކަމަށް މާލީ ވުޒާރާއިން ބުނެއެވެ. މި ޓްރެޝަރީ ބިލުގެ މުއްދަތު ހަމަވާން އޮތީ ސެޕްޓެމްބަރު މަހުގެ 18 ވަނަ ދުވަހުއެވެ. މާލީ ވުޒާރާއިން ބުނީ މި ބިލްގެ މުއްދަތު އިތުރުކުރުމަށް ނިންމާފައިވުމަކީ، އިންޑިއާ ސަރުކާރުން ރާއްޖެއަށް ދެމުންގެންދާ ދެމެހެއްޓެނިވި އިތުބާރާއި އެހީތެރިކަން ކަމަށެވެ.

ބައްދަލުވުމުގައި މައިގަނޑު ގޮތެއްގައި މަޝްވަރާކުރެވުނު އެއް ކަމަކީ އިންޑިއާ ސަރުކާރުގެ ލައިން އޮފް ކްރެޑިޓް (އެލްއޯސީ) ގެ ދަށުން ފައިނޭންސްކުރެވޭ ތަރައްޤީގެ މަޝްރޫޢުތަކެވެ. މި މަޝްރޫޢުތައް ތަންފީޒުކުރުމުގައި ދިމާވާ ގޮންޖެހުންތަކާ މެދު މަޝްވަރާކުރެވި، އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށްޓަކައި އަޅަންޖެހޭ އަވަސް ފިޔަވަޅުތަކާ މެދު ދެފަރާތުން މަޝްވަރާކުރެއްވިއެވެ. އަދި ދިވެހި ރައްޔިތުންގެ މަންފާއަށްޓަކައި އެ މަޝްރޫޢުތައް ކާމިޔާބުކަމާއެކު ނިންމުމަށް އަވަސް ފިޔަވަޅުތަކެއް އެޅުމާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައިވާކަމަށް މާލީ ވުޒާރާއިން ބުނެއެވެ.

މީގެއިތުރުން، ދެ ޤައުމުގެ ދެމެދުގައި ވިޔަފާރީގެ ގުޅުން އިތުރަށް ހަރުދަނާކުރުމަށް އޮތް ފުރުޞަތުތަކާ މެދު ވެސް މަޝްވަރާކުރެއްވިއެވެ. އަދި ދެ ފަރާތުންވެސް ވަނީ އިޤްތިޞާދީ އެއްބާރުލުމަށް އައު ފުރުޞަތުތައް ހޯދުމަށާއި ދިވެހިރާއްޖެއާއި އިންޑިއާއާ ދެމެދުގައި ކުރެވޭ ވިޔަފާރީގެ މުޢާމަލާތްތައް އިތުރުކުރުމަށް މަސައްކަތްކުރުމުގެ ޝައުގުވެރިކަން ފާޅުކުރައްވާފައެވެ.

މި ބައްދަލުވުމަކީ ދިވެހިރާއްޖެއާއި އިންޑިއާގެ ދެމެދުގައި އޮތް އިޤްތިޞާދީ ގުޅުން އިތުރަށް ހަރުދަނާކޮށް، ކުރިއަށް އޮތް ތަނުގައި ދެ ޤައުމަށް މަންފާކުރަނިވި ގިނަ މަޝްރޫޢުތަކެއް ހިންގުމަށް މަގުފަހިކޮށްދޭނެ ބައްދަލުވުމެކެވެ. ޚާއްޞަކޮށް ޓްރެޜަރީ ބިލްގެ މުއްދަތު އިތުރުކުރުމާއި، ތަރައްޤީގެ މަޝްރޫޢުތަކާ ގުޅޭ މަޝްވަރާތަކަކީ ދިވެހިރާއްޖޭގެ އިޤްތިޞާދީ ކުރިއެރުމަށް މުހިންމު ބިންގަލެއް އެޅިގެންދިޔަ ކަންކަމެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އެސްބީއައިން ނަގާފައިވާ 50 މިލިއަން ޑޮލަރުގެ ޓްރެޜަރީ ބިލް ފަސްކޮށްދީފިޚަބަރު | 3 ގަޑިއިރު ކުރިންއެސްޑީއެފަށް 1.4 ބިލިއަން ރުފިޔާ ޖަމާކޮށްފިޚަބަރު | ދުވަހެއް ކުރިންދެވަނަ ކުއާޓަރުގައި ދަރަނި ދެއްކުމަށް 3.4 ބިލިޔަން ރުފިޔާ ހަރަދުކޮށްފި ޚަބަރު | 13 ދުވަސް ކުރިންތަރައްޤީގެ މަޝްރޫޢުތަކަށް 2.7 ބިލިއަން ރުފިޔާ ހޭދަކޮށްފިޚަބަރު | 15 ދުވަސް ކުރިން