logo
Bank of Maldives

Bank of Maldives

ޚަބަރު

ރިސާލަތު ޕްރޮގުރާމް 2 ރަށެއްގައި ކުރިއަށް ގެންގޮސްފި

ނުހާ އަޙްމަދު
18 ސެޕްޓެމްބަރު 2025 - 06:54
ރިސާލަތު ޕްރޮގުރާމް 2 ރަށެއްގައި ކުރިއަށް ގެންގޮސްފި

އިސްލާމީ ކަންތައްތަކާ ބެހޭ ވުޒާރާއިން ރިސާލަތު ޕްރޮގުރާމް 2 ރަށެއްގައި ކުރިއަށް ގެންގޮސްފިއެެވެ.

މި ޕްރޮގަރާމް ބާއްވާފައިވަނީ، ކ. މާފުށީގެ އިތުރުން އދ. ދަނގެތީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

'އިސްލާމްދީނާއި އިސްލާމީ ޝަރީޢަތް' މި މަޢުޟޫއަށް މާފުށީގެ މުއައްސަސާތަކުގެ މުވައްޒަފުންނާއި ސްކޫލް ދަރިވަރުން އަދި ބެލެނިވެރިންނަށް ހާއްސަކޮށް ކުރިއަށް ގެންދެވުނު ދަންފަޅި ނަންގަވައިދެއްވީ އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާގެ ވާޢިޡް އައްޝައިޚް ޢާޒިމް ޚާލިދުއެވެ.

photo_2025-09-14_08-35-53.jpg

 

އަދި ދަނގެތީ ސްކޫލް ދަރިވަރުންނަށާއި ބެލެނިވެރިންނަށް އަދި މުއައްސަސާތަކުގެ މުވައްޒަފުންނަށްވެސް ވަނީ މި ދެ ޕްރޮގުރާމުގެ ދަންފަޅިތައް ކުރިއަށް ގެންގޮސްފައެވެ. މި ދަންފަޅިތައް ނަންގަވައިދެއްވީ އައްޝައިހް އަހްމަދު ފަޒާދު ފާއިޒް އަދި އައްޝައިހް އަޙްމަދު އަޒުހާނުއެވެ.

އިސްލާމީކަންތައްތަކާ ބެހޭ ވުޒާރާއިން ކުރިއަށް ގެންދާ ރިސާލަތު ޕްރޮގުރާމަކީ އާއްމުންގެ މެދުގައި ދީނީ ހޭލުންތެރިކަން އިތުރުކޮށް ދީނީ ޞައްޙަ މަޢުލޫމާތު ފޯރުކޮށްދިނުމުގެ މަޤުސަދުގައި ވަރަށް އިސްކަމެއް ދީގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ. އަދި ނަމާދު ޕްރޮގުރާމަކީ ނަމާދަށް ހޭލުންތެރި މުޖުތަމަޢުއެއް އުފެއްދުމުގެ މަޤުސަދުގައި މިއަހަރުން ފެށިގެން ކުރިއަށް ގެންދާ ޕްރޮގުރާމެކެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރިސާލަތު ޕްރޮގުރާމް 2 ރަށެއްގައި ކުރިއަށް ގެންގޮސްފިޚަބަރު | ދުވަހެއް ކުރިން''ނަމާދުކުރާ މީހާ ހުތުރުކަންބޮޑު ފާފަތަކާއި، މުންކަރާތްތަކާ ދުރުހެލިވާނެ''ޚަބަރު | 7 ދުވަސް ކުރިންޤުރުއާނާއި ބެހޭ މަރުކަޒުގެ އާ ވެބްސައިޓު އިފްތިތާޙްކޮށްފިޚަބަރު | 8 ދުވަސް ކުރިންއަމިއްލަ ފަރާތްތަކުން ބިނާ ކުރާ މިސްކިތްތައް 2 އަހަރުތެރޭ ނިންމަޖެހޭ ގޮތަށް އުސޫލެއް ކަނޑައަޅައިފިޚަބަރު | 10 ދުވަސް ކުރިން