logo
Bank of Maldives

Bank of Maldives

ޚަބަރު

ލޯނު ދައްކައި އެ ލިޔުންތައް ބޭންކަށް ހުށަހެޅީ އުސޫލުގެ ތެރެއިން: މުއާޒް

އާމިނަތު ޝަފާ
18 ސެޕްޓެމްބަރު 2025 - 11:42
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ  މުޢާޒް ހުންނެވިއިރު  ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --ފޮޓޯ/ ފެނަކަ
ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މުޢާޒް ހުންނެވިއިރު ނޫސްވެރިންނަށް މައުލޫމާތު ދެއްވަނީ --ފޮޓޯ/ ފެނަކަ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި މުއާޒު މުހައްމަދު ރަޝީދު ހުންނެވިއިރު، ނެންގެވި ލޯނު ދައްކައި އެ ލިޔެކިޔުންތައް ބޭންކަށް ހުށަހެޅީ ބޭންކާ މަޝްވަރާކުރެވި އުސޫލުގެ ތެރެއިންކަމަށް ،އޭނާ ވިދާޅުވެއްޖެއެވެ.

ފެނަކައިގައި ހުންނެވިިއރު 4 މިލިއަން ރުފިޔާގެ ނަގުދު ފައިސާއިން މުއާޒް ލޯނަކަށް ފައިސާ ދައްކަވާފައިވާކަމަށް ބުނެ އިދިކޮޅު ފަރާތަކުން އަންނަނީ ވާހަކަ ފަތުރަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މައްސަލައިގައި މުއާޒއ ވިދާޅުވީ ބޭންކް ލޯނެއްގެ ދަށުން އޭނާ ގަނެފައިވާ އެޕާޓްމަންޓުގެ ލޯނު ޑީފޮލްޓްވުމާ ގުޅިގެން ސިވިލްކޯޓުގެ ނަންބަރު CVC-2023-3793 ޤަޟިއްޔާއިން (ބޭންކުން ދަޢުވާކޮށް) ލޯނަށް އެއްފަހަރާ ފައިސާ ދެއްކުމަށް ނުވަތަ ރަހުނު ކޮށްފައިވާ އެޕާޓްމަންޓް ވިއްކާލައި ފައިސާ ހޯދުމަށް ހުށަހެޅުމުން، އެޕާޓްމަންޓް ވިއްކުމުގެ ބަދަލުގައި އެކަން ކުރަން އެންމެ ރަނގަޅު ގޮތަކީ، އަނބުރާ ދައްކާގޮތަށް ފައިސާ ހޯދައި އަދި ދިގު މުއްދަތަކަށް އެޕާޓްމަންޓް ކުއްޔަށް ދިނުމަށްފަހު އެފައިސާ ބޭންކަށް ދެއްކުން ކަމަށްވާތީ އަދި ލޯނުގެ ޖޫރިމަނާ މާފުވާން އޮތީވެސް އެގޮތުގެ މަތިންކަމަށްވާތީ، އެފަދައިން ޢަމަލުކޮށްފައިވާކަމަށެވެ.

އަދި ލޯނު އެކައުންޓަށް ފައިސާ ޖަމާކޮށް އެ ލިޔުންތައް ބޭންކަށް ހުށަހަޅާފައިވާނެކަމަށް މުއާޒް ވިދާޅުވިއެވެ. އެކަން ކޮށްފައިވާނީ ބޭންކާ މަޝްވަރާކުރެވި އުސޫލުގެ ތެރެއިންކަމަށާއި އޭގެ ފަހުން ސިވިލްކޯޓުގެ ޤަޟިއްޔާވެސް އެފަދައިން ނިންމާފައިވާކަމަށްވެސް މުއާޒް ވިދާޅުވިއެވެ.

ސަރުކާރުގެ އިސް މަގާމުތައް އަދާކޮށްފައިވާ ފަރާތްތަކާއި ސަރުކާރުގެ އިސް ވެރިންގެ އަބުރު ކަތިލުމަށް އިދިކޮޅު ފަރާތްތަކުން އަންނަނީ ތަފާތު ވާހަކަތައް ފަތުރަމުންނެވެ.

މުއާޒު، ފެނަކައިގެ އެމްޑީ ކަމުން އިސްތިއުފާދެއްވީ ފެނަކަ އިނދަޖެހި، އެ ކުންފުންޏާއިގެ ކުރިއަށް ދެވޭނެ ގޮތެއް ނެތް ކަމުގެ އިންޒާރު ދެއްވަމުންނެވެ. އެމްޑީޕީގެ ސަރުކާރުގައި ފެނަކައަށް އިހުމާލުވެފައިވާކަމަށް ސަރުކާރުން ތަކުރާރުކޮށް އަންނަނީ ބުނަމުންނެވެ.

މުއާޒުގެ އެމްޑީކަމުގެ ދައުރުގައި ފެނަކައިގެ ހަރަދުތައް ކުޑަކޮށް އާމްދަނީ އިތުރުކުރުމަށް ގިނަ އިސްލާހީ ބަދަލުތަކެއްވަނީ ގެންނަވާފައެވެ.

އެގޮތުން ކުންފުނީގެ ހަރަދުން 160 މިލިއަން ރުފިޔާ ކުޑަކޮށް، ދަރަނިން 900 މިލިއަން ރުފިޔާ އޭރު ދައްކާފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯނު ދައްކައި އެ ލިޔުންތައް ބޭންކަށް ހުށަހެޅީ އުސޫލުގެ ތެރެއިން: މުއާޒް ޚަބަރު | 3 ގަޑިއިރު ކުރިންފިލަންޖެހޭނެވަރުގެ ކަމެއް ކޮށްފައެއް ނޯންނާނެ: މުއާޒްޚަބަރު | 9 މަސް ކުރިންފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މުޢާޒް އިސްތިއުފާ ދެއްވައިފިޚަބަރު | 9 މަސް ކުރިންމިދިޔަ ފަސް އަހަރު ހިހޫތަނުން ކާލައިގެން އުޅުނު މީހުން ވެރިކަން ދިފާއު ނުކުރާނެ: މުއާޒްޚަބަރު | 9 މަސް ކުރިން