logo
Bank of Maldives

Bank of Maldives

ޚަބަރު

ފެނަކައިގެ މެނޭޖިން ޑިރެކްޓަރުކަމުގެ މަޤާމުން މުޢާޒް އިސްތިއުފާ ދެއްވައިފި

އާމިނަތު ޝަފާ
23 ޑިސެމްބަރު 2024 - 06:22
ފެނައިގެ އެމްޑީ
ފެނައިގެ އެމްޑީ

ފެނަކަ ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރުގެ މަގާމުން މުޢާޒް މުޙައްމަދު ރަޝީދު އިސްތިއުފާ ދެއްވައިފިއެވެ.

މަގާމުން އިސްތިއުފާ ދެއްވަން ނިންމަވައި ރައީސް މުހައްމަދު މުއިއްޒަށް މުއާޒް ފޮނުއްވެވި ސިޓީގައި ވިދާޅުވީ ފެނަކައިގެ މެނޭޖިން ޑިރެކްޓަރު ކަމުގައި ހުރެގެން ކުންފުނީގެ ހާލަތު އިތުރަށް ރަނގަޅު ކުރެވިދާނެ ކަމަށް ގަބޫލު ނުކުރެވޭތީ މަގާމުން އިސްތިއުފާދެއްވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

އަދި މެނޭޖިން ޑިރެކްޓަރުގެ މަގާމަށް އައްޔަން ކުރެއްވި ދުވަހުން ފެށިގެންވެސް މަސައްކަތް ކުރެއްވީ އިހުލާސްތެރިކަމާއެކުގައިކަން ފާހަގަކުރައްވައި މިވީ އެއް އަހަރު ދުވަހުގެ ތެރޭގައި ތަފާތު ގޮންޖެހުންތަކާއެކުވެސް ފެނަކައިން ރައްޔިތުންނަށް ފޯރުކޮށްދޭ ޚިދުމަތްތައް މެދުނުކެނޑި ފޯރުކޮށްދިނުމުގައި އެދެވޭ ނަތީޖާއެއް ހާސިލް ކުރެވިފައިވާ ކަމަށް ވިދާޅުވެފައިވެއެވެ.

ކުންފުނިތައް ހިންގުން ބައްޓަން ކުރަންޖެހެނީ އެ ކުންފުންޏަކަށް ލިބޭ އާމްދަނީއަކުން ކަމަށްވިނަމަވެސް ފެނަކައިގެ މާލީ ހާލަތު ދަށްވުމުގެ ސަބަބުން އެކަން ކުރެވެން ނެތް ކަން ފާހަގަކުރައްވައި ކުންފުންޏާ ހަވާލުވިރު 4.3 ބިލިޔަން ރުފިޔާގެ ދަރަންޏެއް އޮތުމާއެކު ކުންފުންޏަށް އެކަށީގެންވާވަރަށްވުރެ ގިނައިން ވަޒީފަ ހަމަޖައްސަން ޖެހުމާއެކު ކުންފުނި ރައިޓް ސައިޒްކުރުމަށް އެކަށީގެންވާ އެއްބާރުލުމެއް ކަމާ ގުޅުންހުރި އިދާރާތަކުން ނުލިބޭކަން އެމްޑީ ފާހަގަކުރެއްވިއެވެ.

ގޮންޖެހުންތަކާއެކުވެސް ފާއިތުވި އެއް އަހަރު ދުވަހު ކުންފުންނީގެ ހިންގުން ހަރުދަނާކޮށް ހަރަދުކުޑަކުރުމަށް ކުރެވުނު މަސައްކަތްތަކުގެ ތެރެއިން މިއަހަރުގެ އޮކްޓޯބަރު މަހުގެ ނިޔަލަށް 160 މިލިޔަން ރުފިޔާއަށްވުރެ ބޮޑު އަދަދެއް ހިންގުމުގެ ހަރަދުން ސަލާމަތް ކުރެވުނު ނަމަވެސް މިހާރު އެ ކުންފުނި ވެއްޓިފައިވާ މާލީ ހާލަތުން ސަލާމަތް ނުކުރެވޭނެ ކަމަށެވެ.

އަދި އާމްދަނީއަށްވުރެ ކުރަންޖެހޭ ހަރަދު ބޮޑުވުމުން ދެމެހެއްޓެނިވި ގޮތެއްގައި ހިދުމަތްތައް ފޯރުކޮށްނުދެވޭ ހާލަތަކަށް ކުންފުނީގެ އޮޕަރޭޝަން ހާލަތު ވެއްޓިފައިވާތީ
މެނޭޖިން ޑިރެކްޓަރުގެ މަގާމުގައި ހުންނަވައިގެން ކުންފުނީގެ ކަންކަން އިތުރަށް ރަނގަޅު ކުރެވޭނެ އަލިމަގެއް ނުފެނާތީ އިސްތިއުފާދެއްވާކަމަށް ވިދާޅުވިއެވެ.

ބަނގުރޫޓްވުމާ ހަމައަށް ގޮސްފައި އޮތް ފެނަކަ ކޯޕަރޭޝަންގެ ދަރަނި ތަކުގެ ތެރެއިން މުއާޒުގެ އެމްޑީކަމުގައިވަނީ 900 މިލިއަނެއްހާ ރުފިޔާ ދައްކައިފައެވެ. ދަރަނި ކުޑަކުރިއިރު ހިންގުމުގެ ހަރަދުން އެއް އަހަރުގެ ތެރޭގައި 160 މިލިއަން ރުފިޔާ ކުޑަކޮށްފައިވެއެވެ. މިއާއެކު ރައްޔިތުންނަށް އަވަސް ހިދުމަތް ދިނުމަށްޓަކައި ކުރެވުނު މަސައްކަތްތަކުން 21 ރަށުގައި ފެނުގެ ހިދުމަތް އަލަށް ފެށުމާއި 5 ރަށުގައި ފެނުގެ ކެޕޭސިޓީ އިތުރު ކުރުމާއި 4 ރަށުގައި ނަރުދަމާގެ ހިދުމަތް އަލަށް ދޭން ފެށުމާއި 53 ރަށުގައި 61 އާ ޖެންސެޓް ވަނީ ބަހައްޓާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ލޯނު ދައްކައި އެ ލިޔުންތައް ބޭންކަށް ހުށަހެޅީ އުސޫލުގެ ތެރެއިން: މުއާޒް ޚަބަރު | 5 ގަޑިއިރު ކުރިންކުޑަރިކިލު ޞިއްހީ މަރުކަޒުގެ މަޝްރޫޢު ފެނަކައަށް ޚަބަރު | މަހެއް ކުރިންނޭކުރެންދޫގައި ބެހެއްޓި 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުން ކުރަން ފަށައިފިޚަބަރު | މަހެއް ކުރިންފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފިޚަބަރު | 2 މަސް ކުރިން