logo
ޚަބަރު

ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފި

ހުސައިން ވަސީމް
12 ޖުލައި 2025 - 15:37
ފެނަކައިގެ ކުރީގެ އެމްޑީ ސައީދުގެ މައްޗަށް ދައުވާ އުފުލައިފި

ލ. މާމެންދޫގައި ހުރި އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލައިގައި އެކުންފުނީގެ ކުރީގެ މެނޭޖިންގް ޑި ރެކްޓަރ އަހުމަދު ސައީދުގެ މައްޗަށް ދައުވާ އުފުލައިފި އެވެ.

މި މައްސަލާގައި އެންޓިކޮރަޕްޝަން ކިމޮޝަނުން ކުރިއަށް ގެންދިޔަ ތަހުގީގު ނިންމާ ދައުވާކޮށްދިނުމަށް އެދި ޕްރޮސެކިއުޓަރ ޖެނެރަލްގެ އޮފީހަށް ފޮނުވާފައި ވަނީ އޭޕްރީލް މަހުގެ 14 ވަނަ ދުވަހު އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސައީދުގެ މައްޗަށް ދައުވާ ކޮށްދިނުމަށް ފޮނުވާފައި ވަނީ ލ. މާމެންދޫގައި ކައިޒާން އިންވެސްޓްމަންޓުން ގާއިމުކޮށްފައިވާ އައިސްޕްލާންޓް ފެނަކަ ކޯޕަރޭޝަނަށް ގަތުމުގައި ކުންފުނީގެ އުސޫލުތަކާ ޚިލާފަށް ޢަމަލުކޮށް ނާޖާއިޒު ފައިދާ ހޯދައިދިނުމުގެ މައްސަލާގަ އެވެ.

ސައީދުގެ އިތުރުން ދައުވާ ކުރަނީ އެ ކުންފުނީގެ އޭރުގެ ޗީފް އެކައުންޓެންޓް މުޙައްމަދު މަސްޢޫދުގެ މައްޗަށެވެ.

ޕީޖީ އޮފީހުން ބުނީ ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައަށް ގަތުމަކީ ކުންފުންޏަށް ގެއްލުންހުރި، "އިންޓަރނަލް ރޭޓް އޮފް ރިޓާން" އަދި "ނެޓް ޕްރެޒެންޓް ވެލިއު" ވަރަށް ބޮޑަށް ނެގެޓިވް ކަމަށް ފާހަގަކޮށްފައިވާ ގެއްލުންހުރި ޕްރޮޖެކްޓެއް ކަމަށް 2023 ވަނަ އަހަރު ބޭއްވި ފެނަކައިގެ ބޯޑުގެ 18 ވަނަ އާންމު ބައްދަލުވުމުގައި ނިންމާފައިވާ ކަމަށެވެ. އެހެން ނަމަވެސް އެ ޕްރޮޖެކްޓަކީ ގެއްލުންހުރި ޕްރޮޖެކްޓެއްކަން އެނގިހުރެ، އަދި ލ. މާމެންދޫގައި ފިޝަރީޒް މިނިސްޓްރީއާއި ފެނަކަ ކޯޕަރޭޝަނާ ދެމެދު ވެފައިވާ އެއްބަސްވުމުގެ ދަށުން އައިސްޕްލާންޓެއް އެޅުމަށް ހަމަޖެހިފައިވަނިކޮށް، ބޯޑު މެންބަރުންނަށް ސައީދު ދޮގު މަޢުލޫމާތު ދީފައިވާ ކަމަށެވެ.

މިގޮތުން، ކައިޒާން އިންވެސްޓްމަންޓްގެ އައިސްޕްލާންޓް ފެނަކައިން ގަތުމުން، ފިޝަރީޒް މިނިސްޓްރީއާއެކު ވެފައިވާ އެއްބަސްވުމުގެ ދަށުން އަޅާ އައިސްޕްލާންޓާ ގުޅޭ ސަރުކާރުގެ ސިޔާސަތު ބަދަލުވެގެންދާނެ ކަމަށް ބުނެ ސައީދު ދޮގު މަޢުލޫމާތު ދީފައިވާ ކަމަށް އޭސީސީގެ ތަހުގީގުން އެންގޭ ކަމަށް ޕީޖީ އޮފީހުން ބުނެ އެވެ.

މީގެ އިތުރަށް އައިސްޕްލާންޓްގެ ވެލުއޭޝަންގެ ގޮތުގައި މުޙައްމަދު މަސްޢޫދު ހުށަހަޅާފައިވާ އަގަކީ މާކެޓް ވެލިއުއަށްވުރެ މަތީ އަގެއްކަން ތަޙްޤީޤަށް ހާމަވެފައިވާ ކަމަށްވެސް ޕީޖީ އޮފީހުން ބުނެ އެވެ. އައިސްޕްލާންޓް ފަދަ ތަކެތީގެ ވެލުއޭޝަން ހެދުމުގެ ޤާބިލްކަން ފެނަކައިގައި ހުރި ނަމަވެސް، މާކެޓް ވެލިއު ހޯދުމުގެ މަސައްކަތް ނުކޮށް، އައިސްޕްލާންޓް ވިއްކި ފަރާތުން ހުށަހެޅި އަގުތައް ބޭނުންކޮށްގެން ވެލުއޭޝަން ތައްޔާރުކޮށް އޮޅުވާލާފައިވާކަންވެސް އޭސީސީގެ ތަހުގީގުން އެންގޭ ކަމަށް ޕީޖީ އޮފީހުން ވަނީ ބުނެފަ އެވެ.

މި މައްސަލައިގައި އޭނާގެ މައްޗަށް ކޮށްފައިވަނީ ދިވެހިރާއްޖޭގެ ޤާނޫނުލްޢުޤޫބާތުގެ 513ވަނަ މާއްދާގެ ނ. ގެ ދަށުން، ރަސްމީ ޙައިޞިއްޔަތު ނަހަމަ ގޮތުގައި ބޭނުންކުރުމުގެ ކުށުގެ ދަޢުވާއެވެ.

މި މައްސަލައިގެ އިތުރުންވެސް އިތުރު މައްސަލައެއްގައި ސައީދު އާއި އެ ކުންފުނީގެ އޭރުގެ ޕްރޮކިއުމަންޓު ހެޑް، މަރިޔަމް ދީނާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ވަނީ ފޮނުވާފަ އެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ގޭންގް ކުށްތައް ހުއްޓުވުމުގެ ޤާނޫނާއެކު އިންސާފު ޤާއިމު ކުރެވޭނެ - ޕީޖީ ޚަބަރު | 10 ދުވަސް ކުރިންކުޑަރިކިލު ޞިއްހީ މަރުކަޒުގެ މަޝްރޫޢު ފެނަކައަށް ޚަބަރު | 19 ދުވަސް ކުރިންނޭކުރެންދޫގައި ބެހެއްޓި 400 ކިލޯވޮޓުގެ އައު ޖެންސެޓް ބޭނުން ކުރަން ފަށައިފިޚަބަރު | 21 ދުވަސް ކުރިން75 ޕޮއިންޓަށް 315 މީހަކަށް ފްލެޓް ދިން މައްސަލަ އޭސީސީއަށްޚަބަރު | 24 ދުވަސް ކުރިން