logo
Bank of Maldives

Bank of Maldives

ޚަބަރު

މާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީ

މުހައްމަދު މޫސާމުހައްމަދު މޫސާ
23 ފެބްރުއަރީ 2026 - 05:32
ފެނަކައިން ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ފެނަކަ
ފެނަކައިން ސްކޫލެއްގައި އޭސީ ހަރުކުރުމުގެ މަސައްކަތް ކުރަނީ، ފޮޓޯ: ފެނަކަ

ސަރުކާރުގެ "ކޫލް ސްކޫލް" މަޝްރޫޢުގެ ދަށުން މާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމުގެ މަސައްކަތް އަންނަ މަހުގެ މެދުތެރެއަށް ނިންމާލެވޭނެ ކަމަށް ފެނަކަ ކޯޕަރޭޝަނުން ހާމަކޮށްފިއެވެ.

މި މަޝްރޫޢަކީ ކްލާސްރޫމްތަކުގެ ހޫނުމިން މަތިވުމުގެ ސަބަބުން ދަރިވަރުންނާއި މުދައްރިސުންނަށް ދިމާވާ ދަތިތަކަށް ދާއިމީ ޙައްލެއް ހޯދައިދިނުމަށް ރައީސުލްޖުމްހޫރިއްޔާގެ އިރުޝާދުގެ ދަށުން ކުރިއަށްގެންދާ މުހިންމު މަސައްކަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާލޭ ސަރަޙައްދުގެ ސްކޫލްތަކުގެ މަސައްކަތްތަކަށް ބަލާއިރު، މިހާތަނަށް 12 ސްކޫލެއްގައި އޭސީ ހަރުކޮށް ވަނީ ނިމިފައެވެ. މީގެ އިތުރުން ދަރުމަވަންތަ ސްކޫލާއި ރެހެންދި ސްކޫލްގެ މަސައްކަތުގެ 60 އިންސައްތަ ނިމިފައިވާއިރު، ހުރަވީ ސްކޫލްގެ 30 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އަދި ޣާޒީ ސްކޫލްގައި އޭސީ ހަރުކުރުމަށް ބޭނުންވާ ސަރވޭތައް މިހާރު ވަނީ ނިންމާލާފައެވެ.

އަތޮޅުތަކުގެ ސްކޫލްތަކުގައި ކުރިއަށްދާ މަސައްކަތްތަކަށް ބަލާއިރު، ފުވައްމުލައް ސިޓީގެ 80 އިންސައްތަ މަސައްކަތް ވަނީ ނިމިފައެވެ. އައްޑޫ ސިޓީ، ފ. އަތޮޅު އަދި ދ. އަތޮޅުގެ ސްކޫލްތަކުގެ 70 އިންސައްތަ މަސައްކަތް ނިމިފައިވާއިރު، ގދ. އަތޮޅުގެ 40 އިންސައްތަ، ގއ. އަތޮޅުގެ 10 އިންސައްތަ އަދި ޅ. އަތޮޅުގެ 5 އިންސައްތަ މަސައްކަތް ވަނީ ނިންމާލާފައެވެ. މީގެ އިތުރުން ކ، އއ، އދ އަދި ވ. އަތޮޅުގެ ސްކޫލްތަކުގައި އޭސީ ހަރުކުރުމަށް ބޭނުންވާ ދިރާސާތައް މިހާރު ދަނީ ކުރަމުންނެވެ.

ފެނަކައިން ފާހަގަކުރި ގޮތުގައި، މި މަޝްރޫޢުގެ ދަށުން އޭސީ ހަރުކުރުމުގެ އިތުރުން ބައެއް ސްކޫލްތަކުގެ ކަރަންޓް ނެޓްވޯކް އަޕްގްރޭޑް ކުރުމުގެ މަސައްކަތްވެސް ދަނީ ކުރިއަށެވެ. މިއީ އޭސީތައް ބޭނުންކުރަން ފެށުމުން ކަރަންޓަށް އަންނަ ބަދަލުތަކަށް ކެތްކުރެވޭނެ ފަދަ ނިޒާމެއް ގާއިމުކުރުމަށް ކުރެވޭ މަސައްކަތެކެވެ.

މި މަޝްރޫޢުގެ މައިގަނޑު އަމާޒަކީ ކުރިއަށް އޮތް ދެ އަހަރު ދުވަހުގެ ތެރޭގައި ރާއްޖޭގެ ހުރިހާ ސަރުކާރު ސްކޫލެއް އޭސީކޮށް ނިންމުމެވެ. އަދި މަޝްރޫޢުގެ ދެވަނަ ފިޔަވަހީގައި ސްކޫލްތަކުގެ ހޯލްތައްވެސް އޭސީ ކުރުމަށް ހަމަޖެހިފައިވާ ކަމަށް ފެނަކައިން މަޢުލޫމާތު ދެއެވެ.

 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާލޭ ސަރަޙައްދާއި 11 އަތޮޅެއްގެ ސަރުކާރު ސްކޫލްތައް އޭސީކޮށް އަންނަ މަހު ނިންމާލަނީޚަބަރު | 2 ގަޑިއިރު ކުރިންފެނަކަ ސައީދުގެ މައްސަލަ ހައިކޯޓުން ބަލައިގެންފިޚަބަރު | މަހެއް ކުރިންސަމާލުވޭ! ފެނަކައިގެ ނަމުގައި ބިލުތަކުން ފައިސާ ދޭނެކަމަށް ބުނެ ޕޭޖެއް ހިންގަނީޚަބަރު | 3 މަސް ކުރިންލ. ގަމަށް ފެނުގެ ޚިދުމަތް ދޭން ފަށައިފިން، މިރޭގެ ވަގުތެއްގައި ކަރަންޓުދެވޭނެ: ފެނަކަޚަބަރު | 3 މަސް ކުރިން