މިދިޔަ ފަސް އަހަރު ހިހޫތަނުން ކާލައިގެން އުޅުނު މީހުން ވެރިކަން ދިފާއު ނުކުރާނެ: މުއާޒް
.jpg&w=96&q=75)
10 ޑިސެމްބަރު 2024 - 07:15

ފާއިތުވި ފަސް އަހަރު، ހިހޫތަނުން ކާލައިގެން އުޅުނު މީހުން، މިއަދުގެ ރައީސް ޑރ. މުޙައްމަދު މުޢިއްޒުގެ ވެރިކަން ދިފާޢުކުރަން ހިތުން ރުހުމުން ކުރާނެ ކަމެއް ނޯންނާނެކަމުގައި ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުއާޒް މުޙައްމަދު ރަޝީދު ވިދާޅުވެއްެޖެއެވެ.
މުއާޒް އެފަދައިން ވިދާޅުވީ، "އެކްސް"ގައި ކުރެއްވި ޕޯސްޓެއްގައެވެ.

Ad by Hajj Corporation
މުއާޒް އެފަދައިން ވިދާޅުވި ސަބަބެއް އަދި ސާފުވެފައި ނުވި ނަމަވެސް، "މެންދުރު ޓީވީ"އަށް އެނގިފައިވާ ގޮތުގައި މިރޭ އިދިކޮޅު އެމްޑީޕީން ބާއްވާ ހަރަކާތުގައި ކުރީގެ ރައީސް އަބްދުﷲ ޔާމީންގެ ޕާޓީކަމުގައިވާ، ޕީއެންއެފްގެ ފަރާތްތަކުން ވަނީ ބައިވެރިވާން ނިންމާފައެވެ.
އެހެން ކަމަށްވާނަމަ، މުއާޒްގެ ޕޯސްޓްގައިވާ "ހިހޫތަނުން ކާލާއިގެން" ކަމަށްވާ ފަރާތްތައް ރައްދުކުރެވެނީ ރައީސް ޔާމީންގެ އަރީސް ފަރާތްތަކަށް ވުމަކީ އެކަށީގެންވާ ކަމެކެވެ.
މިރޭ އިދިކޮޅު އެމްޑީޕީން ބޮޑު އެއްވުމެއް މާލޭގެ ކާނިވަލް ސަރަހައްދުގައި ބޭއްވުމަށް ނިންމާފައިވާއިރު، އެ އެއްވުމަށް ކުޑަ ވަގުތުކޮޅަކަށް ވެފައި ހުއްޓާ އެ ޕާޓީގެ ޗެއާޕާސަން ވަނީ، ކުރީގެ ރައީސް މުޙައްމަދު އަމީންގެ ހަށިކޮޅަށް ހެއްދެވި ބީދާއިން، މިހާރުގެ ރައީސް މުޢިއްޒުގެ ހަށިކޮޅަށް ހެއްދެވުމަށް ފާޅުކަންބޮޑު ގޮތެއްގައި ގޮވާލާފައެވެ.
އެކަމާ ގުޅިގެން ސަރުކާރުގެ އެކި ފަރާތްތަކާއި އާންމުން ގެންދަވަނީ ކަންބޮޑުވުން ފާޅުކުރަމުންނެވެ.