logo
Bank of Maldives

Bank of Maldives

ޚަބަރު

ނިލަންދޫގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި ބިޔަ މަޝްރޫތަކެއްގައި ސޮއިކޮށްފި

ނުހާ އަޙްމަދު
20 ސެޕްޓެމްބަރު 2025 - 13:06
ނިލަންދޫގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި ބިޔަ މަޝްރޫތަކެއްގައި ސޮއިކޮށްފި

ފ.ނިލަންދޫގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި ބިޔަ މަޝްރޫއުތަކެއްގެ އެއްބަސްވުންތަކުގައި ސޮއިކޮށްފިއެވެ.

މި މަޝްރޫއުތަކުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ  ރައީސުލްޖުމްހޫރިއްޔާ ޑރ. މުހައްމަދު މުއިއްޒު ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގެ ތެރެއިންނެވެ.

އެމަނިކުފާނު އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި، އެ ރަށުގައި ޕާސްޕޯޓުގެ ހިދުމަތް ފެއްޓެވުމުގެ އިތުރުން، ފިއުލް ޝެޑް ގާއިމްކުރުމާއި، މަގު ހެދުމުގެ މަޝްރޫއާއި، ދަޅު ބަންދުކުރާ ކާރުހާނާގެ މަސައްކަތާއި ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތާއި، ވެމްކޯގެ ހިދުމަތް ފެށުމާގުޅޭ އެއްބަސްވުމުގައި ވަނީ ސޮއިކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނިލަންދޫގައި ޕާސްޕޯޓުގެ ހިދުމަތް ފައްޓަވައިދެއްވީ ދާހިލީ ސަލާމަތާއި ފަންނިއްޔާތާއި ބެހޭ ވަޒީރު އަލީ އިހްސާންއެވެ.

މި ރަސްމިއްޔާތުގައި ނިލަންދޫގައި ފިއުލް ޝެޑް ގާއިމްކުރުމުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވާއިރު، އެސްޓީއޯގެ ފަރާތުން ސޮއިކުރެއްވީ އެކުންފުނީގެ މެނޭޖިންގ ޑިރެކްޓާ ޝިމާދު އިބްރާހިމްއެވެ. އަދި އިޝާން އިންވެސްޓްމަންޓްގެ ފަރާތުން ސޮއިކުރެއްވީ މެނޭޖަރ އުންމު ކުލްސޫމްއެވެ.

ނިލަންދޫ މަގު ހެދުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި އިމާރާތްކުރުމާއި، ގެދޮރުވެރިކަމާއި ބިނާރާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު ޑރ. އަބްދުﷲ މުއްތަލިބްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިންގ ޑިރެކްޓަރ އަޙްމަދު ސައުދީއެވެ.

ނިލަންދޫގައި ގާއިމްކުރާ ދަޅު ބަންދުކުރާ ކާރުހާނާގެ ބިންހިއްކުމާއި ބަނދަރު ހެދުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ވެސް ވަނީ ސޮއިކޮށްފައެވެ. މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ ވަޒީރު އަހްމަދު ޝިޔާމްއެވެ. އަދި އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ މެނޭޖިން ޑިރެކްޓާ އަހްމަދު ސައުދީއެވެ.

މީގެ އިތުރުން ނިލަންދޫގައި ވެމްކޯގެ ހިދުމަތް ފެށުމަށް ކައުންސިލާއެކު ވެމްކޯއިން ވަނީ ސޮއިކޮށްފައެވެ. ވެމްކޯގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ މުޖްތަބާ ޖަލީލްއެވެ. އަދި ކައުންސިލްގެ ފަރާތުން ސޮއިކުރެއްވީ ރައީސް އަލީ އަހްމަދެވެ.

ފ. ނިލަންދޫއަށް ސަރުކާރުން ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވާއިރު ރާއްޖޭގެ އެކި ސަރަހައްދުތަކުގައި ސަރުކާރުން ދަނީ ތަރައްގީގެ ގިނަ މަޝްރޫއުތަކެއް ކުރިއަށްގެންދަވަމުންނެވެ. އަދި މި މަޝްރޫއުތައް ބާރު ސްޕީޑްގައި ފެށި ވަރަށް އަވަހަށް ނިންމަދޭނެކަމުގެ ޔަގީންކަން ރައީސުލްޖުމްހޫރިއްޔާ ވަނީ ދެއްވާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 3 ގަޑިއިރު ކުރިންނިލަންދޫ ތަރި ގްރުއާން މުބާރާތުގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ދާއިރާގެ މެމްބަރު ސައުދާޚަބަރު | 5 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | ދުވަހެއް ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | ދުވަހެއް ކުރިން