logo
Bank of Maldives

Bank of Maldives

ޚަބަރު

ނިލަންދޫ ތަރި ގްރުއާން މުބާރާތުގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ދާއިރާގެ މެމްބަރު ސައުދާ

މުހައްމަދު މޫސާމުހައްމަދު މޫސާ
12 ޖެނުއަރީ 2026 - 08:16
މެމްބަރު ސައުދާ، ފޮޓޯ: މަޖިލިސް
މެމްބަރު ސައުދާ، ފޮޓޯ: މަޖިލިސް

ފ. ނިލަންދޫ ކައުންސިލުން އިންތިޒާމުކޮށްގެން 1447 ވަނަ އަހަރުގެ ރަމަޟާން މަހު ބޭއްވުމަށް ހަމަޖެހިފައިވާ "ނިލަންދޫ ތަރި" ޤްރުއާން މުބާރާތުގެ ޓައިޓަލް ސްޕޮންސަރަކަށް، މިދިޔަ އަހަރެކޭވެސް އެއްފަދައިން ނިލަންދޫ ދާއިރާގެ މެމްބަރު ފާތިމަތު ސައުދާ ހަމަޖައްސައިފިއެވެ.

ނިލަންދޫ ކައުންސިލުން ބުނީ، ދާއިރާގެ ރައްޔިތުންގެ ހިތްތަކުގައި ކީރިތި ޤްރުއާނަށް ލޯބި ޖެއްސުމަށާއި އިސްލާމީ ވަހުދަތު ފުޅާކުރުމަށް މެމްބަރު ސައުދާ ކުރައްވަމުން ގެންދަވާ އަގުހުރި މަސައްކަތްތައް ފާހަގަކޮށް، އެކަމަށްޓަކައި ޝުކުރު ދަންނަވާ ކަމަށެވެ. މި މުބާރާތަކީ ނިލަންދޫގައި ވަރަށް ފޯރިއާއެކު ކުރިއަށްގެންދާ މުބާރާތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މުބާރާތުގެ ބައިވެރިވުމުގެ ޝަރުތުތަކާއި އުމުރުފުރާ

މި މުބާރާތުގައި ބައިވެރިވެވޭނީ 1 ޖަނަވަރީ 2026 ގެ ނިޔަލަށް އުމުރުން 12 އަހަރު ފުރިފައިވާ ނިލަންދޫގެ ރަށްވެހިންނަށެވެ. މުބާރާތުގައި ބައިވެރިވުމުގެ ޝަރުތުތަކުގެ ތެރޭގައި ދުނިޔޭގެ ފެންވަރުގެ މުބާރާތަކުން ކާމިޔާބީއެއް ހޯދާފައިވާ ފަރާތަކަށް ނުވުމާއި، މީގެ ކުރިން "ނިލަންދޫ ތަރި" ލިބިފައިވާ ފަރާތަކަށް ނުވުން ހިމެނެއެވެ.

މީގެ އިތުރުން، ޓީވީއެމްގެ "އެންމެ އަލިގަދަ ތަރި" ނުވަތަ "ދިވެހިރާއްޖޭގެ ރަންތާޖު" މުބާރާތުގެ ގަދަ ތިނެއްގައި ހިމެނިފައިވާ ފަރާތްތަކަށް ބައިވެރިވެވޭނީ ވަކި އުސޫލުތަކެއްގެ ދަށުންނެވެ. އެގޮތުން އެފަދަ މުބާރާތަކުން 1 ވަނަ ހޯދާފައިވާ ފަރާތްތަކަށް ބައިވެރިނުވެވޭއިރު، 2 ވަނަ ހޯދި ފަރާތްތަކަށް 5 އަހަރު އަދި 3 ވަނަ ހޯދި ފަރާތްތަކަށް 3 އަހަރު ވެފައިވާނަމަ ބައިވެރިވުމުގެ ފުރުސަތު އޮންނާނެއެވެ.

މުބާރާތުގެ ވަނަތަކާއި އިނާމުތައް

މި މުބާރާތުގައި އިންސާފުކުރާނީ ކީރިތި ޤްރުއާން ތިލާވާކުރުމާއި، ޙިފްޡްކޮށް ކިޔެވުމާއި، ޢުލޫމުލް ޤުރުއާން އަދި ތަޖްވީދުގެ ބައިތަކަށެވެ. މުބާރާތުގެ ވަނަތަކަށް ބޮޑެތި ފައިސާގެ އިނާމުތަކެއް ވަނީ ކަނޑައަޅާފައެވެ.

  • 1 ވަނަ: 18,000 ރުފިޔާ، ހަނދާނީ ފިލާ، ސޭޝް އަދި ރަންތާޖު
  • 2 ވަނަ: 10,000 ރުފިޔާ، ހަނދާނީ ފިލާ އަދި ސޭޝް
  • 3 ވަނަ: 8,000 ރުފިޔާ، ހަނދާނީ ފިލާ އަދި ސޭޝް

މީގެ އިތުރުން މުބާރާތުގެ އޮޑިޝަނުން ހޮވޭ 15 ބައިވެރިންގެ ތެރެއިން ގަދަ 3 ގައި ނުހިމެނޭ ކޮންމެ ބައިވެރިއަކަށް 1,500 ރުފިޔާ އާއި ހަނދާނީ ފިލާ ދިނުމަށް ވަނީ ނިންމާފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނިލަންދޫ ތަރި ގްރުއާން މުބާރާތުގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ދާއިރާގެ މެމްބަރު ސައުދާޚަބަރު | 2 ގަޑިއިރު ކުރިންނިލަންދޫ އެއަރޕޯޓު ތަރައްގީކުރަން އެމްއޭސީއެލްއާ ހަވާލުކޮށްފިޚަބަރު | 4 މަސް ކުރިންނިލަންދޫ އެއަރޕޯޓްގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ: ރައީސްޚަބަރު | 4 މަސް ކުރިންނިލަންދޫގެ އުމްރާނީ ތަރައްގީއާ ގުޅުންހުރި ބިޔަ މަޝްރޫތަކެއްގައި ސޮއިކޮށްފިޚަބަރު | 4 މަސް ކުރިން