logo
Bank of Maldives

Bank of Maldives

ޚަބަރު

ނިލަންދޫ އެއަރޕޯޓްގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ: ރައީސް

ޝަހްޒާ މުހައްމަދު
20 ސެޕްޓެމްބަރު 2025 - 17:29
ނިލަންދޫ އެއަރޕޯޓްގެ މަސައްކަތް 30 މަސްދުވަހުގެ ތެރޭގައި ނިންމާލެވޭނެ: ރައީސް

ފ. ނިލަންދޫގައި ގާއިމްކުރާ އެއާޕޯޓުގެ މަސައްކަތް 30 މަސްދުވަސްތެރޭގައި ނިންމާލެވޭނެކަމަށް ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުއިއްޒު ވިދާޅުވެއްޖެއެވެ.

ރައީސުލްޖުމްހޫރިއްޔާ އަތޮޅުތަކަށް ފައްޓަވާފައިވާ ދަތުރުފުޅުގެ ތެރެއިން ފ. ނިލަންދޫގެ ރައްޔިތުންނާ ބައްދަލުކުރެއްވުމަށް ބޭއްވެވި ޖަލްސާގައި ވިދާޅުވީ، އެއާޕޯޓު އެޅުމަށްޓަކާ ބިންހިއްކުމުގެ މަޝްރޫއުގެ ބޮޑުބައެއް މިހާރު ނިމިފައިވާކަމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފ. ނިލަންދޫގެ ބިން ހިއްކުމުގެ މަސައްކަތް އިމާރާތްކުރުމާ ބިނާރާ ބެހޭ ވުޒާރައިން އެމްޓީސީސީއާ ހަވާލުކޮށްފަވަނީ މިދިޔަ އަހަރުގެ މަރޗް މަހުގެ 27 ވަނަ ދުވަހުއެވެ. ނިލަންދޫ އެއަރޕޯޓު ތަރައްޤީކުރުމަށް 45.6 ހެކްޓަރުގެ ބިން ހިއްކައެވެ.

 އެ އެއާޕޯޓު ތަރައްގީކުރުމަށް ރައީސްގެ މި ދަތުރުފުޅުގައި ވަނީ މޯލްޑިވްސް އެއާޕޯޓްސް ކޮމްޕެނީ ލިމިޓެޑް ( އެމްއޭސީއެލް) އާ ހަވާލުކޮށްފައެވެ.

"މިތަނުގައި މި ސޮއިކުރީ އެއަރޕޯޓު ތަރައްޤީކުރުމަށް އެމްއޭސީއެލްއާ ހަވާލުކުރުމުގެ އެއްބަސްވުމުގައި. އެއީ ސިވިލް އިންފްރާސްޓްރަކްޗަރ ހުރިހާ މަސައްކަތެއް ކުރުމަށް. އަދި އޮޕަރޭޓްކުރުމަށް. ހުރިހާ ކަމެއް އޭގައި ހިމެނޭގޮތަށް ސޮއިކުރެވުނު މަޝްރޫޢެއް. މި އެއްބަސްވުމުގެ ތެރެއިން އެންމެ ޒަމާނީ ފެންވަރުގެ އެއަރޕޯޓެއް އެމްއޭސީއެލުން މިރަށުގައި ތަރައްޤީކުރާނެ. މިއަދުން ފެށިގެން އެންމެ ގިނަވެގެން 30 މަސްދުވަސްތެރޭގައި މި އެއަރޕޯޓުގެ މަސައްކަތް ނިންމާ ތިބޭފުޅުންނަށް ލިބިގެންދާނެ. އެ ޔަޤީންކަން ތިބޭފުޅުންނަށް ދެން." ރައީސް ވިދާޅުވިއެވެ.

ނިލަންދެއަތޮޅު އުތުރުބުރިއަކީ ރާއްޖޭގައި އެއަރޕޯޓެއް ނެތް މަދު އަތޮޅުތަކުގެ ތެރެއިން އެއް އަތޮޅެވެ. ނިލަންދޫ އެއަރޕޯޓަކީ މި ދައުރުގައި ސަރުކާރުން ތަރައްޤީކުރުމަށް އިއުލާނުކޮށްފަވާ 12 އެއަރޕޯޓްގެ ތެރޭގައި ހިމެނޭ އެއް އެއަރޕޯޓެކެވެ.

ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒު މިދިޔަ އަހަރު ނިލަންދުއަށް ކުރެއްވި ޒިޔާރަތުގައި ރަށުގެ ރައްޔިތުންނާ ބައްދަލުކުރައްވައި ވިދާޅުވީ ނިލަންދޫގެ އެއަރޕޯޓް ތަރައްޤީކުރާނީ ޖެޓް ޖެއްސޭ ފެންވަރަށް ކަމަށެވެ. 1800 މީޓަރުގެ ދިގު ރަންވޭއަކާއެކު ތަރައްޤީކުރާ އެއަރޕޯޓް ވެގެންދާނީ އެންމެ ޒަމާނީ އެއަރޕޯޓަކަށްކަމަށްކަމަށްވެސް ރައީސް ވަނީ ވިދާޅުވެގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބޯހިޔާވަހިކަމުގެ ހައްލަށް ދައުރުގެ ފަހު އަހަރަށް މަޑެއް ނުކުރާނެ! ރައްޔިތުންގެ ޚިޔާލާއެކު ތަރުތީބުކޮށް ގެނެސްދޭނީ ޙަޤީޤީ ހައްލެއްރިޕޯޓް | 3 ގަޑިއިރު ކުރިންނިލަންދޫ ތަރި ގްރުއާން މުބާރާތުގެ މިފަހަރުގެ ވެސް ޓައިޓަލް ސްޕޮންސާއަކީ ދާއިރާގެ މެމްބަރު ސައުދާޚަބަރު | 5 ގަޑިއިރު ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | ދުވަހެއް ކުރިންރައީސް ޑރ. މުޢިއްޒުގެ ތިންވަނަ ރިޔާސީ ބަޔާން އިއްވުން އަންނަ މަހު!ޚަބަރު | ދުވަހެއް ކުރިން