logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވޯލްޑް ޗެންޕިއަންކަމަށް ހެދިގެން އުޅުނު ޗެލްސީ ޔުނައިޓެޑުން ސައިޒަށް ކަނޑާލައިފި

އަބްދުﷲ ޣާނިމް
21 ސެޕްޓެމްބަރު 2025 - 03:06
ވޯލްޑް ޗެންޕިއަންކަމަށް ހެދިގެން އުޅުނު ޗެލްސީ ޔުނައިޓެޑުން ސައިޒަށް ކަނޑާލައިފި

އިނގިރޭސި ޕްރިމިއާ ލީގުގައި ރޭގައި މެންޗެސްޓަރ ޔުނައިޓެޑުން ޗެލްސީ ބަލިކޮށްލައިފިއެވެ. މިމެޗު ޔުނައިޓެޑުން ކާޟިޔާބުކުރީ 2-1 ންނެވެ. މިއީ ވޯލްޑް ޗެންޕިއަންކަމަށް ދަޢުވާކުރަމުން އައި ޗެލްސީއަށް ލިބުނު ވަރަަށް ހިތްދަތި ނަތީޖާއެކެވެ. އެގޮތުން ޗެލްސީ ވަނީ މިދިޔަ އަންގާރާ ދުވަހު ބަޔާން އަތުންވެސް ޗެންޕިއަންސް ލީގުގައި ބަލިވެފައެވެ.

މި މެޗުގައި ޗެލްސީ އަށް އެންމެ ބޮޑު ލޮޅުމެއް އައީ މެޗުގެ ފަސްވަނަ މިނެޓުގައެވެ. އެއީ އެ ޓީމުގެ ގޯލްކީޕަރު ރޮބަޓް ސަންޗޭޒް، ޔުނައިޓެޑްގެ ފޯވަޑް ބްރަޔަން އެމްބެއޫމޯ އަށް ޕެނަލްޓީ އޭރިޔާ ބޭރުން ކުރި ފައުލަކާ ގުޅިގެން ރެފްރީ ވަނީ އޭނާއަށް ސީދާ ރަތް ކާޑު ދައްކާފައެވެ. މި ހާދިސާއާ ގުޅިގެން ޗެލްސީ އަށް މަޖުބޫރުވީ ދެ ކުޅުންތެރިން ބަދަލުކޮށް، ރިޒާވް ގޯލްކީޕަރު ޖޯގެންސަން ކުޅެން އެރުވުމަށެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ 21 ވަނަ މިނެޓުގައި ޔުނައިޓެޑްގެ ބްރޫނޯ ފެނާންޑޭޒް ވަނީ އެ ޓީމަށް ލީޑު ހޯދައިދީފައެވެ. އަދި 37 ވަނަ މިނެޓުގައި ކަސެމީރޯ ވަނީ އިތުރު ލަނޑެއް ޖަހާ ޔުނައިޓެޑްގެ ލީޑު އިތުރުކޮށްފައެވެ. ނަމަވެސް ފުރަތަމަ ހާފުގެ އިތުރު ވަގުތުގައި ކަސެމީރޯ އަށް ދެވަނަ ރީނދޫ ކާޑު ދެއްކުމާއެކު އޭނާވެސް ވަނީ ދަނޑުން ބޭރުކުރެވިފައެވެ.

ދެވަނަ ހާފުގައި ދެ ޓީމުގައިވެސް 10 ކުޅުންތެރިން ތިބިއިރު، ޗެލްސީގެ ކުޅުން ވަނީ ރަނގަޅުކޮށްފައެވެ. އަދި މެޗުގެ 80 ވަނަ މިނެޓުގައި ޓްރެވަރ ޗަލޮބާ ވަނީ ޗެލްސީ އަށް އެއް ލަނޑެއް ޖަހަގއިދީފައެެވެ. ނަމަވެސް މެޗުގެ ނަތީޖާ އިތުރަށް ބަދަލުކުރުމަށް އެ ޓީމަށް ނުކުޅެދުނެވެ.

މި މޮޅާއެކު ޔުނައިޓެޑް ވަނީ މި ސީޒަނުގައި ކުޅުނު ފަސް މެޗުން ދެވަނަ މޮޅުހޯދާފައެވެ މިއީ އަމޮރިމް ޓީމާއި ހަވާލުވިފަހުން ޔުނައިޓެޑްގެ އަމިއްލަ ދަނޑުގައި ޖެހިޖެހިގެން މޮޅުވި ފުރަތަމަ ފަހަރެވެ. ޔުނައިޓެޑް 7 ޕޮއިންޓާއެކު މިވަގުތު އޮތީ ތާވަލުގެ 10 ވަނައިގައެވެ. އަނެއްކޮޅުން ޗެލްސީ މި މެޗުން ބަލިވުމާއެކު 8 ޕޮއިންޓާއެކު ވަނީ ތާވަލުގެ ހަވަނައަށް ވެއްޓިފައެވެ. ޗެލްސީ އިން އޯލްޑް ޓްރެފަޑްގައި އެންމެ ފަހުން މެޗަކުން މޮޅުވެފައިވަނީ 2013 ވަނަ އަހަރުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ޗެލްސީއިން އެލިފެންޓް ގަހުކުރިޔަށް އަރުވައިދީފިކުޅިވަރު | 10 ދުވަސް ކުރިންމޮރީނިއޯގެ ހޯމްކަމިން އަމިއްލަ ޓީމްމޭޓް ޚަރާބުކޮށްފިކުޅިވަރު | 14 ދުވަސް ކުރިންވޯލްޑް ޗެންޕިއަން ޕްރީމިއަރ ލީގުގައި މޮޅެއް ނުލިބި އެއް މަސް ހަމަކޮށްފިކުޅިވަރު | 17 ދުވަސް ކުރިންޕެނަލްޓީ ދީގެންވެސް ޔުނައިޓެޑް އަށް ޕޮއިންޓެއް ލިބޭނެ މަގެއް ނުފެނުނުކުޅިވަރު | 17 ދުވަސް ކުރިން