logo
Bank of Maldives

Bank of Maldives

ކުޅިވަރު

މެޗުގެ ކުރިން ނުހުއްޓުވޭނެ ކަމަށްބުނި ބާސާއަށް ވޯލްޑް ޗެންޕިއަނުން ރަނގަޅު ފިލާވަޅެއް ދީފި

އަބްދުﷲ ޣާނިމް
26 ނޮވެމްބަރު 2025 - 05:14
މެޗުގެ ކުރިން ނުހުއްޓުވޭނެ ކަމަށްބުނި ބާސާއަށް ވޯލްޑް ޗެންޕިއަނުން ރަނގަޅު ފިލާވަޅެއް ދީފި

ޗެމްޕިއަންސް ލީގުގައި ވޯލްޑް ޗެންޕިއަން ޗެލްސީ އިން ބާސާއަށް ރަނގަޅު ފިލާވަޅެއް ދީފިއެވެ. ޗެލްސީގެ ސްޓެމްފޯޑް ބްރިޖްގައި ކުޅުނު މި މެޗުގައި ޗެލްސީން ވަނީ 3-0 ގެ ނަތީޖާއަކުން މޮޅުވެ، މުޅި މެޗު ކޮންޓްރޯލް ކޮށްގެން ކުޅެފައެވެ. މިމެޗުގައި ބާސެލޯނާގެ ރޮނާލްޑް އަރައުހޯއަށް ވަނީ ފުރަތަމަ ހާފުގައި ދެ ރީނދޫ ކާޑާއެކު ރަތް ކާޑު ދައްކާފައެވެ.

މެޗުގެ ފެށުމާއެކު ޗެލްސީގެ ފަރާތުން ވަރުގަދަ ކުޅުމެއް ފެނިގެންދިޔައެވެ. އެންޒޯ ފެނާންޑެޒް ވަނީ މެޗުގެ ހަތަރު ވަނަ މިނެޓުގައި ވެސްލީ ފޮފާނާ ދިން ބޯޅައަކުން ލަނޑު ޖަހާފައި ނަމަވެސް، އެ ލަނޑު ވަނީ ބާޠިލްކޮށްފައެވެ. އޭގެ ކުޑައިރުކޮޅެއް ފަހުން ފެނާންޑެޒް އަނެއްކާވެސް ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްގެ ސަބަބުން އެ ލަނޑުވެސް ވަނީ ބާޠިލްކޮށްފައެވެ. ބާސެލޯނާގެ ފަރާތުން ފެރާން ޓޮރޭސްއަށް ރަނގަޅު ފުރުސަތެއް ލިބުނު ނަމަވެސް އޭނާ ވަނީ ބޯޅަ ބޭރަށް ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޗެލްސީގެ ފުރަތަމަ ލަނޑު މެޗުގެ 27 ވަނަ މިނެޓުގައި ކާމިޔާބުކުރީ ޖޫލްސް ކުންޑޭ އަތުން ބައިކޮޅަށް ވަތް ގޯލަކުންނެވެ. މާކް ކުކުރޭޔާ ނެގި ހުރަހެއް ޕެޑްރޯ ނެޓޯ ފޮނުވާލުމުން ކުންޑޭގެ ފައިގައި ޖެހި ބޯޅަ ގޯލަށް ވަނީއެވެ.

ދެވަނަ ހާފު ފެށިގެން ހަ މިނެޓު ފަހުން އެންޑްރޭ ސަންތޯސް ލަނޑެއް ޖެހި ނަމަވެސް، އޮފްސައިޑްގެ ސަބަބުން އެ ލަނޑުވެސް ވަނީ ބާޠިލްކޮށްފައެވެ. ނަމަވެސް، އޭގެ ހަތަރު މިނެޓު ފަހުން ޗެލްސީގެ ދެވަނަ ލަނޑު ކާމިޔާބުކުރީ އެސްޓެވާ އެވެ. އޭނާ ވަނީ ބާސެލޯނާގެ ދެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ވަރުގަދަ ހަމަލާއަކުން ގޯލުގެ ފުރާޅަށް ބޯޅަ ވައްދާލާފައެވެ. މެޗުގެ ތިންވަނަ ލަނޑު ޗެލްސީއަށް ކާމިޔާބުކޮށްދިނީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެން ނުކުތް ލިއަމް ޑެލަޕް އެވެ.

މިމެޗުގެ ކުރިން ބާސެލޯނާގެ ޒުވާން ކުލުންތެރިޔާ ޔަމާކް ވަނީ އޭނާ ބަލުނުކުރެވޭނެކަމަށް ބުނެ އިންސްޓަގްރާމްގައި މެސެޖެއް ހިއްސާކޮށްފައެވެ. ނަމަވެސް މިމެޗުގައި ޔަމާލް އަދި ބާސާގެ ކުޅުންތެރިންގެ ފަރާތުން ފެނުނީ ދަށް ކުޅުމެކެވެ. މި ބައްޔާއެކު ބާސާ އޮތީ ޗެންޕިއަންސް ލީގުގެ 15 ވަނާގައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވަގުތުގެ ޖެހި ދެލަނޑާއެކު ޗެލްސީ ބޮޑު ލަދުވެތިކަމަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިންޖޮއާއޯ ޕެޑްރޯގެ ހެޓްރިކާއެކު ލިވަޕޫލް ފަހަތަށް ޖައްސާލުމަސްފަހު ޗެލްސީއިން ޔޫރަޕުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިންއިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގެ ކުލަބަކަށްލިބުނު އެންމެ ބޮޑު ގެއްލުމާއެކު ޗެލްސީއަށް ކުޅުންތެރިން ވިއްކާލަން މަޖުބޫރުވަނީކުޅިވަރު | 11 ދުވަސް ކުރިން