logo
Bank of Maldives

Bank of Maldives

ކުޅިވަރު

ޗެލްސީ މޮޅުވެ، އާސެނަލް އާ ދެމެދު ފަރަގު ކުޑަކޮށްފި

އަބްދުﷲ ޣާނިމް
22 ނޮވެމްބަރު 2025 - 17:53
ޗެލްސީ މޮޅުވެ، އާސެނަލް އާ ދެމެދު ފަރަގު ކުޑަކޮށްފި

ޕްރިމިއަރ ލީގުގައި ޗެލްސީން ބާންލީ 2-0 އިން ބަލިކޮށް، ލީގުގައި ޖެހިޖެހިގެން ތިންވަނަ މޮޅު ހޯދައިފިއެވެ. ޗެލްސީއަށް މި މޮޅު ހޯދައިދިނީ ޕެޑްރޯ ނެޓޯ އާއި އެންޒޯ ފެނާންޑޭޒް ޖެހި ދެ ގޯލެވެ. މިއީ އެންޒޯ މަރެސްކާ ޗެލްސީގެ ކޯޗުގެ ގޮތުގައި ޕްރިމިއަރ ލީގުގައި ހޭދަކުރި 50 ވަނަ މެޗެވެ.

މި މެޗަށް ޗެލްސީ ނިކުތީ މުހިންމު ބައެއް ކުޅުންތެރިން ނެތިކަމަށް ވާއިރު، ކޯލް ޕާމަރަށް އަނިޔާގެ ސަބަބުން ކުޅެވޭ ގޮތް ނުވިއެވެ. އަދި މޮއިސެސް ކައިސޭޑޯ މެޗު ފެށީ ބެންޗުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގެ ފުރަތަމަ ގޯލު ޗެލްސީއިން ޖެހީ 37 ވަނަ މިނިޓްގައެވެ. ޖޭމީ ގިޓެންސް ނަގައިދިން ހުރަހަކުން ޕޯޗުގަލްގެ ފޯވާޑް ނެޓޯ ވަނީ ބޮލުން ގޯލު ޖަހާފައެވެ. ޗެލްސީގެ މޮޅު ކަށަވަރުކޮށްދިނީ 88 ވަނަ މިނިޓްގައި އެންޒޯ ފެނާންޑޭޒް ޖެހި ގޯލަކުންނެވެ.

ޗެލްސީން ވަނީ ފާއިތުވި ސީޒަންތަކުގައި ދުނިޔޭގެ އެކި ކަންކޮޅުތަކުން ޒުވާން މޮޅެތި ކުޅުންތެރިން ހޯދުމަށް ބޮޑެތި ހޭދަތަކެއް ކޮށްފައެވެ. އެގޮތުން، ޗެލްސީއަކީ ޕްރިމިއަރ ލީގުގެ ތާރީޚުގައި ފެށޭ އެގާރައިގައި 30 އަހަރު ނުފުރޭ ކުޅުންތެރިއަކާ ނުލައި ޖެހިޖެހިގެން 50 މެޗު ކުޅުނު ދެވަނަ ޓީމެވެ. މީގެ ކުރިން މިކަން ކޮށްފައިވަނީ 2012 ވަނަ އަހަރުގެ ސެޕްޓެމްބަރުން 2014 ވަނަ އަހަރުގެ ޖެނުއަރީއާ ދެމެދު އެސްޓަން ވިލާއިންނެވެ (59 މެޗު).

މި މެޗުގައި ކައިސޭޑޯގެ ބަދަލުގައި މެދުތެރޭގައި ކުޅުނު 21 އަހަރުގެ ޒުވާން ކުޅުންތެރިޔާ އަންދްރޭ ސަންތޯސް ވަނީ ވަރަށް މޮޅު ކުޅުމެއް ދައްކާފައެވެ.

މިމޮޅާއެކު އެއްމެޗު މަދުން ކުޅެ ތާވަލުގެ އެއްވަނައިގައި އޮތް އާސެނަލް އާއި ދެމެދު ތިން ޕޮއިންޓަށް ޗެލްސީއިން ވަނީ ފަރަޤު ކުޑަކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިތުރުވަގުތުގެ ޖެހި ދެލަނޑާއެކު ޗެލްސީ ބޮޑު ލަދުވެތިކަމަކުން ސަލާމަތްވެއްޖެކުޅިވަރު | 2 ދުވަސް ކުރިންޖޮއާއޯ ޕެޑްރޯގެ ހެޓްރިކާއެކު ލިވަޕޫލް ފަހަތަށް ޖައްސާލުމަސްފަހު ޗެލްސީއިން ޔޫރަޕުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންކޯނަރު އެފްސީ 10 މީހުންނާއެކު ކުޅުނު ޗެލްސީ ކޯނަރުން ތަޅައި ހަމަބިމަށް ތިރިކޮށް ތާވަލުގެ އެއްވަނައިގައި ހަމަޖެހިލައިފިކުޅިވަރު | 8 ދުވަސް ކުރިންއިނގިރޭސި ފުޓްބޯޅައިގެ ތާރީޚުގެ ކުލަބަކަށްލިބުނު އެންމެ ބޮޑު ގެއްލުމާއެކު ޗެލްސީއަށް ކުޅުންތެރިން ވިއްކާލަން މަޖުބޫރުވަނީކުޅިވަރު | 11 ދުވަސް ކުރިން