logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭގެ ބެލަންޑިއޯ ފޯމުކުރިޔަށް، ރެއާލް ހުއްޓުވޭނެ ގޮތެއް ނެތް

އަބްދުﷲ ޣާނިމް
21 ސެޕްޓެމްބަރު 2025 - 03:17
އެމްބާއްޕޭގެ ބެލަންޑިއޯ ފޯމުކުރިޔަށް، ރެއާލް ހުއްޓުވޭނެ ގޮތެއް ނެތް

ލަލީގާގައި ރޭ އެސްޕަނިއޯލް އާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗު 2-0 ގެ ނަތީޖާއަކުން ކާމިޔާބުކޮށް، މި ސީޒަންގައި އެ ޓީމުން މޮޅުވަމުން އަންނަ ރެކޯޑް ދަމަހައްޓައިފި އެވެ. މި ކާމިޔާބީއާ އެކު ރެއާލް މެޑްރިޑް ވަނީ މި ސީޒަންގައި ކުޅުނު ފަސް މެޗުވެސް މޮޅުވެ، ފަނަރަ ޕޮއިންޓާ އެކު ލީގު ތާވަލުގެ އެއްވަނަ ހިފަހައްޓާފައެވެ. އަދި ޗެންޕިއަންސް ލީގައެކު ރެއާލް ވަނީ މިސީޒަނުގައި ކުޅުނު 6 މެޗުވެސް ކާމިޔާބުކޮށްފައެވެ.

ރެއާލް ގެ ދަނޑުގައި ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑްގެ ފުރަތަމަ ލަނޑަކީ ޕެނަލްޓީ އޭރިޔާގެ ބޭރުން ރެއާލް ގެ ޑިފެންޑަރ އޭޑަރ މިލީޓާއޯ ފޮނުވާލި ބާރުހަމަލާއަކުން ޖެހި ގޯލެކެވެ. މީގެ އިތުރުން ދެވަނަ ހާފުގެ ކުޅުން ފެށިތާ ދެ މިނެޓުގެ ތެރޭގައި އެސްޕަނިއޯލްގެ ޑިފެންސްގެ މިސްޓޭކެއްގެ ބޭނުން ނަގައިގެން ކިލިއަން އެމްބާއްޕޭ ވަނީ އޭރިޔާގެ ބޭރުން ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ވަގުތު ލީގު ތާވަލުގައި ދެވަނައިގައި އޮތް ބާސެލޯނާ އަށް ހަތަރު މެޗުން ލިބިފައިވަނީ 10 ޕޮއިންޓެވެ. މިއީ ރެއާލް މެޑްރިޑްއާ އަޅާބަލާއިރު ފަސް ޕޮއިންޓުގެ ތަފާތެކެވެ. އަދި ބާސެލޯނާ އަށް އެއް މެޗު މަދުން ކުޅެވިފައިވާކަން ފާހަގަކޮށްލެވެއެވެ.

މީގެ އިތުރުން މިއީ އެސްޕަންޔޯލް މި ސީޒަންގައި އެ ޓީމު ބަލިވި ފުރަތަމަ މެޗެވެ. މީގެ ކުރިން އެ ޓީމުން ކުޅުނު ހަތަރު މެޗުގެ ތެރެއިން ތިން މެޗުން މޮޅުވެ، އެއް މެޗު އެއްވަރުކޮށްފައިވެއެވެ.

އެމްބާއްޕޭ ވަނީ މިސީޒަނުގައި މިހާތަނަށް ފްރާންސް އަދި ރެއާލް މެޑްރިޑްއަށް ކުޅުނ ޖުމްލަ 8 މެޗުން 9 ގޯލާއެކު 2 އެސިސްޓްހަދާފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަފްތާއަކަށްވުރެ ގިނަ ދުވަހު ރެއާލްއަށް ހުވަފެން ދެއްކުމަށްފަހު، ބެލަންޑޯ އަދި ވޯލްޑްކަޕްގެ މޮޅުކުޅުންތެރިޔާ ބާސާއަށްކުޅިވަރު | 2 ދުވަސް ކުރިންޕީއެސްޖީ އާއި ލިވަޕޫލަށް ނޫނެކޭ ބުނެމަށްފަހު ޒުވާން ކުޅުންތެރިޔާ ޔާން ޑިއޮމާންޑޭ ރެއާލް މެޑްރިޑަށް ސޮއިކޮށްފިކުޅިވަރު | 2 ދުވަސް ކުރިން ސުން ޗެންޕިއަންސްލީގު ދެކި ބިރުން ޕްރީމިއަރ ލީގުގެ އެންމެ އަގޮބޮޑު އަދި މުސާރަބޮޑު އާސެނަލަށް ނޫނެކޭބުނެ، ވިނީސިއަސް ރެއާލްގައި މަޑުކުރަން ނިންމައިފިކުޅިވަރު | 2 ދުވަސް ކުރިންއާސެނަލްއަށް ނުގޮސް ރެއާލް މެޑްރިޑްގައި ވިނީސިއަސް މަޑުކުރާނެ: ސްކައި ސްޕޯރޓްސްކުޅިވަރު | 11 ދުވަސް ކުރިން