logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިމިއޯނީ އެލަންސޯއަަށް ބޯޅަ ކުޅޭގޮތުގެ ފިލާވަޅެއް ނަގައިދީ ރެއާލް ލަދުގަންނަވާލައިފި

އަބްދުﷲ ޣާނިމް
27 ސެޕްޓެމްބަރު 2025 - 17:03
ސިމިއޯނީ އެލަންސޯއަަށް ބޯޅަ ކުޅޭގޮތުގެ ފިލާވަޅެއް ނަގައިދީ ރެއާލް ލަދުގަންނަވާލައިފި

މި ސީޒަންގައި ފުރަތަމަ ފަހަރަށް ރިއަލް މެޑްރިޑް ބަލިވެއްޖެއެވެ. މިއަދު ކުޅުނު މެޑްރިޑް ޑާބީގައި އެޓްލެޓިކޯ މެޑްރިޑްގެ ރިޔާދްއެއަރ މެޓްރޮޕޮލިޓާނޯގައި ކުޅުނު މެޗުން ރިއަލް މެޑްރިޑް ވަނީ 5-2 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިކޮށްފައެވެ. މިއަދުގެ މެޗުގައި ހުރިހާ ގޮތަކުންވެސް ތަޖުރިބާ ބޮޑު އެތްލެޓިކޯ މެޑްރިޑްގެ ކޯދު ސިމިއޯނީގެ ޓީމު ވަނީ ތަފާތު މޮޅުކުޅުމެއް ކުޅެ، ރެއާލްގެ ޒުވާން ކޯޗު އަލޮންސޯއަށް ފުޓްބޯޅަ ކުޅެގޮތުގެ ރަނގަޅު ފިލާވަޅެއް ނަގައިދީފައެވެ.

މެޗު އެޓްލެޓިކޯއިން ފެށީވެސް ގަދަކޮށެވެ. މެޗު ފެށުނީއްސުރެ ފުރަތަމަ ހާފުގައި ފުލުފުލުގައި އެތްލެޓިކޯއިން ރެއާލްގެ ގޯލާއި އަމާޒުޮށް ގިނަ ހަމަލާތަކެއް ވަނީ ފޮނުވާލާފައެވެ. އެގޮތުން މެޗުގެ 14 ވަނަ މިނެޓުގައި ސިމިއޯނީގެ ދަރިފުޅު، ޖުލިއާނޯ ސިމިއޯނީގެ ރީތި ކްރޮސްއަކުން ރޮބިން ލޭ ނޯމަންޑް ވަނީ އެޓްލެޓިކޯގެ ފުރަތަމަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މިގޯޅާއެކު ރެއާލް އިން ވަނީ ކުޅުން ރަނގަޅުކޮށް ފުރަތަމަ ހާފު ނިމުމުގެ ކުރިން ދެގޯލުޖަހާފައެވެ. އަރްދާ ގުލަރ ގެ ޕާހަކުން އެމްބާޕޭ ވަނީ މެޗު އެއްވަރުކުރިއިރު، އޭގެ 10 މިނެޓް ފަހުން ވިނިސިއުސް ޖޫނިއަރގެ ހުރަހަކުން ގުލަރ ވަނީ ރިއަލް މެޑްރިޑްއަށް މެޗުގައި ލީޑު ނަގާދީފައެވެ.

ނަމަވެސް ފުރަތަމަ ހާފް ނިމުމުގެ ކުރިން ކޯކޭގެ ކްރޮސްއަކުން ސޯލްރޮތު ވަނީ ހެޑަރއަކުން މެޗު 2-2 އިން އެއްވަރު ކޮށްފައެވެ. ދެވަނަ ހާފްގެ ކުރީކޮޅު ގުލަރ ުރި ފައުލަކާއިގުޅިގެން ލިބުނު ޕެނަލްޓީއެއް އަލްވާރެޒް ވަނީ ގޯލަކަށް ބަދަލުކޮށްފައެވެ.

އޭގެ ކުޑައިރުކޮޅެއްގެ ތެރޭގައި އަލްވާރެޒް ވަނީ ރީތި ހިލޭޖެހުމަކުންއެޓްލެޓިކޯގެ ހަތަރުވަނަ ލަނޑު ޖަހާފައެވެ. މިއާއެކު ޑިފެންސް ވަރަށް އޮގަނައިޒްކޮށް ކުޅުނު އެތްލެޓިކޯގެ ގޯލަށް އަމާޒުކޮށް ދެވަނަ ހާފުގައި ރެއާލް އަށް އެންމެ ޝޮޓެއްވެސް ފޮނުވާލެވިފައިނުވެއެވެ. މެޗުގެ އިންޖުރީ ޓައިމްގައި އެންޓުއާން ގްރީޒްމަން ވަނީ އެޓްލެޓިކޯގެ ފަސްވަނަ ލަނޑު ޖަހާފައެވެ. މި މެޗުން ލިބުނު ބަލިވުމަކީ ރިއަލް މެޑްރިޑަށް ވަރަށް ބޮޑު ނިކަމެތި ބަލިވުމެކެވެ.

މިމެޗަށް ނިކުތް ރެއާލް މެޑްރިޑް ކޮލަށް މިސީޒަނުގައި ލީގުގައި މިހާތަނަށް ކުޅުނު 6 މެޗުން އެންމެ 3 ގޯލު ވަދެފައިވާއިރު، މިމެޗުގައި އެކަނިވެސް ވަނީ 5 ގޯލު ބައިކޮޅަށް ވަދެފައެވެ. މިނަތީޖާއާއެކު އެއްމެޗު މަދުން ކުޅެ ދެ ޕޮއިންޓާއެކު ދެވަނައިގައިވާ ބާސާއަށް މާދަމާ ރޭގައި ކުޅޭ މެޗުން މޮޅުވެ، އެއްވަނައަށް އެރުމަށް ފުރުސަތު ލިބިގެންދާނެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސެލޯމާއިމް ރެފްރީންނަށް ރިޝްވަތުދިން މައްސަލަ ފީފާއަށް ހުށަހަޅަން ތައްޔާރުވެއްޖެކުޅިވަރު | 2 ދުވަސް ކުރިން އެމްބާއްޕެ އެފްސީ ފަސޭހަކަމާއެކު ބިލްބާއޯ ބަލިކޮށްފިކުޅިވަރު | 3 ދުވަސް ކުރިންޖެހިޖެހިގެން ތިންމެޗުން އެއްވަރުވެ ތާވަލުގެ ދެވަނައަށްވެއްޓި މެޑްރިޑްގެ ސަޕޯޓަރުން ހަރަށް ވަދެއްޖެކުޅިވަރު | 6 ދުވަސް ކުރިންޕެރޭޒްއަށް ބާސެލޯނާގެ ރައީސްގެ ވަރުގަދަ ރައްދެއް، އަސްލު އެއްވަނައިގައި އޮންނަންޖެހޭނީ އަހަރެމެންކުޅިވަރު | 8 ދުވަސް ކުރިން