logo
Bank of Maldives

Bank of Maldives

ކުޅިވަރު

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެ

އަބްދުﷲ ޣާނިމް
12 މާރިޗު 2026 - 04:30
ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެ

ޗެމްޕިއަންސް ލީގުގެ ގަދަ 16 ގެ ފުރަތަމަ ލެގުގައި ފެޑެރީކޯ ވަލްވާޑޭ ކާމިޔާބުކުރި ހެޓްރިކާއެކު 3-0 ގެ ނަތީޖާއަކުން މެންޗެސްޓަރ ސިޓީ ބަލިކޮށް ރެއާލް މެޑްރިޑުން ކުއާޓާ ފައިނަލުގެ އުންމީދު ބޮޑުކޮށްފިއެވެ. ސެންޓިއާގޯ ބާނަބިއުގައު ކުޅުނު މި މެޗުގައި ރެއާލް މެޑްރިޑުން ނުކުތީ އަނިޔާގެ ސަބަބުން އެޓީމުގެ މުހިންމު ކުޅުންތެރިންތަކެއްކަމުގައިވާ ތަރި ކީލިއަން އެމްބާޕޭ އާއި ރޮޑްރީގޯ އާއި ބެލިންގްހަމް އާއި މިލީޓާއޯ އަދި ކަރޭރާސް ނުލައެވެ.

މެޗުގެ ފުރަތަމަ 20 މިނެޓުގައި ސިޓީން ވަރުގަދަ ކުޅުމެއް ދައްކައި ރެއާލްގެ ގޯލަށް ނުރައްކާ ކުރި ނަމަވެސް، މެޗުގެ ފުރަތަމަ ލަނޑު ޖަހައި ކުރި ހޯދީ ރެއާލްއެވެ. ރެއާލްގެ ކީޕަރު ކޯޓުއާ ކުރިއަށް ފޮނުވާލި ބޯޅައެއް ސިޓީގެ ނިކޯ އޯރައިލީއަށް ރަނގަޅަށް ދިފާއު ނުކުރެވުމުގެ ފައިދާ ނަގައި، ވަލްވާޑޭ ވަނީ ސިޓީގެ ކީޕަރު ޑޮނަރުއްމާ ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތެރެއަށް ބޯޅަ ފޮނުވާލާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މީގެ ހަތް މިނެޓު ފަހުން ވިނީޝިއަސް ޖޫނިއާ ދިން ބޯޅައަކުން ވަލްވާޑޭ ވަނީ އޭނާގެ ދެވަނަ ލަނޑު ކާމިޔާބުކޮށްފައެވެ. އަދި ފުރަތަމަ ހާފު ނިމުމުގެ ކުރިން ބްރަހީމް ޑިއާޒް ތަނަވަސްކޮށްދިން ފުރުސަތެއްގައި ވަލްވާޑޭ ވަނީ އޭނާގެ ހެޓްރިކް ފުރިހަމަކޮށްފައެވެ. މިއީ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި އިނގިރޭސި ޓީމަކާ ދެކޮޅަށް ފުރަތަމަ ހާފުގައި ހެޓްރިކް ހެދި ދެވަނަ ކުޅުންތެރިޔާއެވެ. މީގެ ކުރިން މި ޝަރަފު ހޯދާފައިވަނީ 2010 ވަނަ އަހަރު އާސެނަލްއާ ދެކޮޅަށް ލިއޮނަލް މެސީއެވެ.

ދެވަނަ ހާފުގައި ރެއާލްގެ ލީޑު ފުޅާކުރުމަށް ވިނީޝިއަސްއަށް ޕެނަލްޓީއެއް ލިބުނު ނަމަވެސް، އޭނާ ފޮނުވާލި ބޯޅަ ކީޕަރު ޑޮނަރުއްމާ ވަނީ ދިފާއުކޮށްފައެވެ. ސިޓީން ލަނޑެއް ޖެހުމަށް ކުރި މަސައްކަތްތައް ހުއްޓުވުމުގައި ރެއާލްގެ ޑިފެންޑަރުންނާއި ކީޕަރު ކޯޓުއާ ވަނީ މުހިންމު ދައުރެއް އަދާކޮށްފައެވެ. ޚާއްސަކޮށް، ރެއާލްގެ ޒުވާން ކުޅުންތެރިޔާ ތިއާގޯ ޕިޓާކްއަށް ހެދުނު ގޯހެއް ކޯޓުއާ ވަނީ ހުށިޔާރުކަމާއެކު ދިފާއުކޮށްފައެވެ.

މި މެޗުގައި ވަލްވާޑޭ ދެއްކި ކުޅުމަކީ އޭނާގެ ކެރިއަރުގައިވެސް ފާހަގަކޮށްލެވޭ ފަދަ މޮޅު ކުޅުމެކެވެ. އޭނާ ވަނީ މި މެޗުގައި ތިން ލަނޑު ޖެހުމުގެ އިތުރުން، އެންމެ ގިނަ ޑްރިބްލްސް (7) އަދި އެންމެ ގިނަ ޑުއަލްސް (11) ކާމިޔާބުކުރި ކުޅުންތެރިޔާގެ މަގާމުވެސް ހޯދާފައެވެ. މި ނަތީޖާއާއެކު ޕެޕް ގާޑިއޯލާގެ ސިޓީއަށް ކުއާޓާ ފައިނަލަށް ދިއުމަށްޓަކައި ދެވަނަ ލެގުގައި ބޮޑު ތަފާތަކުން މޮޅުވާން ޖެހޭނެއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 5 ދުވަސް ކުރިންތަށި އުފުލާ އުފުލާ ވަރުބަލިވެ، ސިޓީއިން އާސެނަލަށް ލީގު ހަދިޔާކުރަނީކުޅިވަރު | 7 ދުވަސް ކުރިންޕެނަލްޓީއެއް ނުލިބި ރެއާލް މެޑްރިޑް އަމިއްލަ ދަނޑުގައި ބަލިވެ، ބާސާއަށް ލީގު ހަދިޔާކުރުމާއި ގާތަށްކުޅިވަރު | 9 ދުވަސް ކުރިން