logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށް

އަބްދުﷲ ޣާނިމް
19 މާރިޗު 2026 - 04:15
ސައިމަންސްގެ ދެ ލަނޑާއެކުވެސް ޓޮޓެންހަމް ކަޓައި، އެތުލެޓިކޯ ކުއާޓަރ ފައިނަލަށް

ޗެމްޕިއަންސް ލީގުގެ ދެވަނަ ބުރުގެ ދެވަނަ ލެގުގައި ރޭ ޓޮޓެންހަމް ހޮޓްސްޕާ އަތުން 3-2 އިން ބަލިވި ނަމަވެސް، އެގްރިގޭޓް 7-5 ގެ ނަތީޖާއަކުން ކުރިހޯދައި އެތުލެޓިކޯ މެޑްރިޑުން މުބާރާތުގެ ކުއާޓަރ ފައިނަލުން ޖާގަ ހޯދައިފިއެވެ. މި ކާމިޔާބީއާއެކު ކުއާޓަރ ފައިނަލުގައި ޑިއޭގޯ ސިމިއޯނީގެ ޓީމު ބައްދަލުކުރަން ޖެހޭނީ ބާސެލޯނާއާއެވެ.

ފުރަތަމަ ލެގުގައި 5-2 އިން ބަލިވެފައި އޮތް ޓޮޓެންހަމްގެ ދަނޑުގައި ކުޅުނު މި މެޗުގެ ހަވަނަ މިނެޓުގައި އެތުލެޓިކޯއިން ލަނޑެއް ޖެހި ނަމަވެސް، އެޑެމޯލާ ލޫކްމަން ޖެހި މި ލަނޑު ރެފްރީ ނިންމީ އޮފްސައިޑް ކަމަށެވެ. މެޗުގެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނެގީ ޓޮޓެންހަމްއިންނެވެ. މެޗުގެ 30 ވަނަ މިނެޓުގައި މާލިސް ޓެލް ނަގައިދިން ހުރަހަކުން މި ލަނޑު ކާމިޔާބުކޮށްދިނީ ރަންޑަލް ކޯލޯ މުއާނީއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ދެވަނަ މިނެޓުގައި ހޫނު ކައުންޓަރ އެޓޭކެއްގައި ހޫލިއަން އަލްވަރޭޒް ވަނީ ލަނޑެއް ޖަހައި އެތުލެޓިކޯއަށް ނަތީޖާ ހަމަހަމަކޮށްދީފައެވެ. ނަމަވެސް އޭގެ ފަސް މިނެޓު ފަހުން ޒަވީ ސައިމަންސް އޭރިއާ ބޭރުން ފޮނުވާލި ހިތްގައިމު ހަމަލާއަކުން ޓޮޓެންހަމްއަށް އަލުން ލީޑު ހޯދައިދިނެވެ.

މެޗުގެ ފަހު 15 މިނެޓަށް ފެށުނުތަނާހެން އެތުލެޓިކޯގެ ޑޭވިޑް ހަންކޯ ވަނީ ބޮލުން ފޮނުވާލި ހަމަލާއަކުން އަލުން ނަތީޖާ ހަމަހަމަކޮށްފައެވެ. މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދަނިކޮށް އެތުލެޓިކޯގެ ހިމެނޭޒް، ސައިމަންސްއަށް ކުރި ފައުލަކާ ގުޅިގެން ލިބުނު ޕެނަލްޓީ ކާމިޔާބުކޮށް ސައިމަންސް ވަނީ ޓޮޓެންހަމްއަށް މެޗުން މޮޅެއް ހޯދައިދީފައެވެ.

މި މެޗުން ޓޮޓެންހަމް މޮޅުވި ނަމަވެސް، ދެ ލެގުގެ އެގްރިގޭޓް ނަތީޖާއިން އެތުލެޓިކޯ ކުރި ހޯދުމުން އެޓީމަށް ވަނީ މުބާރާތުގެ ކުރިއަށް އޮތް ބުރަށް ދަތުރުކުރުމުގެ ފުރުސަތު ލިބިފައެވެ.
އެތްލެޓިކޯ މެޑްރިޑް ކުއާޓަރ ފައިނަލުގައި ވާދަކުރާނީ ވާދަވެރި ބާސެލޯނާއާއި ދެކޮޅަށެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފިކުޅިވަރު | 24 ދުވަސް ކުރިންފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށްކުޅިވަރު | މަހެއް ކުރިންބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެކުޅިވަރު | 2 މަސް ކުރިންވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | 2 މަސް ކުރިން