ބާސާއާއި އެތްލެޓިކޯ މޫނުމަތީގައި ބޮޑު ތަފާލެއް ޖެހުމަށްފަހު ބާނާޑޯ ސިލްވާ ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން ސޮއިކޮށްފި
12 ޖޫން 2026 - 04:30

މެންޗެސްޓަރ ސިޓީގެ ލެޖެންޑަރީ މިޑްފީލްޑަރ ބާނާޑޯ ސިލްޥާގެ ސޮއި ހޯދުމުގެ ހަނގުރާމާ ބާސެލޯނާއާއި އެތްލެޓިކޯ މެޑްރިޑުން ކުރަމުން ގެންދަނިކޮށް ކުއްލިގޮތަކަށް ރެއާލް މެޑްރިޑުން މިކުޅުންތެރިޔާގެ ސޮއި ހޯދައިފިއެވެ. މެންޗެސޕޯޗުގަލްގެ ހުނަރުވެރި މިޑްފީލްޑަރު ބެނާޑޯ ސިލްވާ، ހިލޭ ޓްރާންސްފަރއެއްގެ ދަށުން ރިއަލް މެޑްރިޑާ ގުޅުމަށް ނިންމައި އެކަން ކަށަވަރުކޮށްފިއެވެ. ސިލްވާ ރިއަލް މެޑްރިޑާއެކު ސޮއިކޮށްފައިވަނީ ދެ އަހަރާއި އިތުރު އެއް އަހަރުގެ އޮޕްޝަނެއް ހިމެނޭ ކޮންޓްރެކްޓެއްގައެވެ. މި ނިންމުމާއެކު އޭނާ ވަނީ ބާސެލޯނާ އާއި އެތުލެޓިކޯ މެޑްރިޑުން ހުށަހެޅި ހުށަހެޅުންތަކަށް ނޫނެކޭ ބުނެފައެވެ.
މި ޓްރާންސްފަރގެ އެންމެ ބޮޑު ދައުރެއް އަދާކުރީ ރިއަލް މެޑްރިޑްގެ އާ މެނޭޖަރުގެ ގޮތުގައި ހަވާލުވާ ޖޯސޭ މޮރީނިއޯ އެވެ. މޮރީނިއޯ ވަނީ ސިލްވާއަށް ސީދާ ގުޅައި، ޓީމުގެ ރޭވުންތަކުގައި އޭނާގެ މުހިންމުކަމާއި އަދާކުރާނެ ދައުރު ވަރަށް ތަފްސީލުކޮށް ކިޔައިދީފައެވެ. މި މުއާމަލާތުގެ ސަބަބުން، ކުރިން އެތުލެޓިކޯ މެޑްރިޑާއެކު އެއްބަސްވުމަކަށް އައިސްފައި އޮތް ނަމަވެސް، ސިލްވާ ވަނީ އޭނާގެ ނިންމުން ބަދަލުކޮށް ރިއަލް މެޑްރިޑަށް ބަދަލުވާން ނިންމާފައެވެ.

Ad by Hajj Corporation
މި ޑީލް ކުރިއަށް ގެންދިއުމުގައި މަޝްހޫރު އެޖެންޓް ޖޯޖް މެންޑޭޒްގެ ދައުރުވެސް ވަރަށް ބޮޑެވެ. މޮރީނިއޯ އާއި ސިލްވާގެވެސް އެޖެންޓަކީ މެންޑޭޒް ކަމަށްވާއިރު، ފްލޮރެންޓީނޯ ޕެރޭޒްގެ އިންތިޚާބީ ކާމިޔާބީއަށްފަހު އޭނާ ވަނީ ސިއްރު ގޮތެއްގައި މި ކޮންޓްރެކްޓްގެ ކަންކަން ނިންމުމަށް މަސައްކަތް ކޮށްފައެވެ.
ސިލްވާ މީގެ ކުރިން ބުނެފައިވަނީ އޭނާ ބަދަލުވާނީ "އޭނާގެ ބޭނުން ހަގީގަތުގައިވެސް ޖެހިފައިވާ ކްލަބަކަށް" ކަމަށެވެ. ބާސެލޯނާއިން އޭނާ ހޯދުމުގައި ސާފު އިސްކަމެއް ނުދޭކަމަށް އިހުސާސްވުމާއި، އެހެން ކްލަބްތަކުން ކުޅުމުގެ ވަގުތު ޔަގީންކޮށްދޭތީ، ސިލްވާ އެންމެ ފަހުން ނިންމީ ބާނަބިއުއަށް ބަދަލުވުމަށެވެ.


