logo
MPL

MPL

ކުޅިވަރު

300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއް

އަބްދުﷲ ޣާނިމް
22 އޯގަސްޓު 2026 - 19:26
300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއް

ރޮބާޓޯ ޑި ޒާބީގެ އިރުޝާދުގެ ދަށުން ޓޮޓެންހަމް ހޮޓްސްޕާއިން އިނގިރޭސި ޕްރިމިއާ ލީގުގެ އައު ސީޒަން ފެށީ ހިތްދަތި ގޮތަކަށެވެ. ހޮނިހިރު ދުވަހު ކުޅުނު ސީޒަނުގެ ފުރަތަމަ މެޗުން ލަންޑަނުގެ ވާދަވެރި ބްރެންޓްފޯޑް އަތުން ޓޮޓެންހަމް ވަނީ 3-0 ގެ ތަފާތު ބޮޑު ނަތީޖާއަކުން ބަލިވެފައެވެ.

ޖީޓެކް ކޮމިއުނިޓީ ސްޓޭޑިއަމްގައި ކުޅުނު މި މެޗު ފެށުނީއްސުރެ ޓޮޓެންހަމަށް މެޗުގެ ކޮންޓްރޯލް ގެއްލިފައިވާއިރު، މެޗުގެ ފުރަތަމަ 33 މިނެޓުގެ ތެރޭގައި ކީން ލުއިސް-ޕޮޓާއާއި ވިޓާލީ ޔެނެލްޓް ވަނީ ބްރެންޓްފޯޑަށް ލީޑު ނަގައިދީފައެވެ. ފުރަތަމަ ލަނޑު 12 ވަނަ މިނެޓުގައި ލުއިސް-ޕޮޓާ ކާމިޔާބުކުރީ އައު ކުޅުންތެރިޔާ ސަންގާރޭ ތަނަވަސްކޮށްދިން ފުރުސަތަކުންނެވެ. އަދި ދެވަނަ ހާފުގެ ކުރީކޮޅު، 49 ވަނަ މިނެޓުގައި މައިކަލް ކަޔޯޑޭ ވަނީ ބްރެންޓްފޯޑުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މެޗުގައި ޓޮޓެންހަމްގެ ގޯލްކީޕަރު އެންޓޮނިން ކިންސްކީގެ ފަރާތުން ފެނުނު ގޯސްތަކުގެ ފައިދާ ބްރެންޓްފޯޑުން ނެގިއިރު، މިއަށްވުރެ ބޮޑު ނަތީޖާއަކުން ބަލިނުވީ އިގޯ ތިއާގޯ ޖެހި ޕެނަލްޓީ ގޯލުގެ ދަނޑިއަށް އަމާޒުވުމުންނެވެ. އަނެއްކޮޅުން ޓޮޓެންހަމުން 85 މިލިއަން ޕައުންޑަށް ގަތް މަޓެއުސް ފެނާންޑެސް ދެވަނަ ހާފުގައި ކުޅެން އެރި ނަމަވެސް، އެ ޓީމަށް މެޗުގެ އޮއިވަރު ބަދަލުކޮށެއް ނުލެވުނެވެ.

މި މެޗުގައި ބްރެންޓްފޯޑުން މޮޅު ކުޅުމެއް ދެއްކިއިރު، އެ ޓީމުގެ ހަތް ކުޅުންތެރިއަކު ވަނީ ގޯލާ އަމާޒުކޮށް ހަމަލާ ފޮނުވާލާފައެވެ. ޓޮޓެންހަމުން ދެން ނުކުންނާނީ އީއެފްއެލް ކަޕުގައި ޗާލްޓަން އެތުލެޓިކާ ދެކޮޅަށެވެ. އަދި އޭގެ ފަހުން ލީގުގެ ދެވަނަ މެޗުގައި ވާދަކުރާނީ ނިއުކާސަލް ޔުނައިޓެޑާއެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

300 މިލިޔަން ޑޮލަރު ހޭދަކޮށްވެސް ޗޮކުން، ޓޮޓްނަމް ފުރަތަމަ މެޗުވެސް ބްރެންޓްފޯޑް އަތުން ބޮޑު ބައްޔެއްކުޅިވަރު | 21 ގަޑިއިރު ކުރިންވެސްޓްހޭމަ ބަލިވެ ޓޮޓްނަމްއަށް ރެލިގޭޝަން ސަލާމަތްވުމާއި ގާތަށްކުޅިވަރު | 3 މަސް ކުރިންވުލްވްސް ބަލިކޮށް ޓޮޓެންހަމްއިން 2026 ވަނަ އަހަރުގެ ފުރަތަމަ މޮޅު ހޯދައިފި, ކުޅިވަރު | 4 މަސް ކުރިންޑެޒާބީގެ ފުރަތަމަ މެޗުން ޓޮޓްނަމް ބަލިވެ، ރަސްމީކޮށް ރެލިގޭޝަނަށް ވެއްޓިއްޖެކުޅިވަރު | 4 މަސް ކުރިން