logo
Bank of Maldives

Bank of Maldives

ކުޅިވަރު

ފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށް

އަބްދުﷲ ޣާނިމް
30 މޭ 2026 - 05:18
ފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށް

އާޖެންޓީނާގެ ފޯވާޑް ހޫލިއަން އަލްވަރޭޒް ބާސެލޯނާއަށް ބަދަލުވާން އުޅޭކަމަށް ބުނެ މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ފަބްރީޒިއޯ ރޮމާނޯ ފެތުރި ޚަބަރުތަކާ ގުޅިގެން، އެތުލެޓިކޯ މެޑްރިޑުން ސޯޝަލް މީޑިއާގައި ވަރުގަދަ ރައްދެއް ދީފިއެވެ. ރޮމާނޯ ރިޕޯޓުކޮށްފައިވާ ގޮތުގައި ސްޕެނިޝް ލީގުގެ ޗެމްޕިއަން ބާސެލޯނާއިން އަލްވަރޭޒް ހޯދުމަށް 100 މިލިއަން ޔޫރޯ (162.3 މިލިއަން ޑޮލަރު) ހޭދަކުރަން އޮތީ ތައްޔާރަށެވެ.

ރޮމާނޯގެ ރިޕޯޓުތަކުގައި ބުނެފައިވަނީ އަލްވަރޭޒް ބާސެލޯނާއަށް ބަދަލުވާން ބޭނުންވި ނަމަވެސް، އެތުލެޓިކޯއިން ގަބޫލުކުރާ ގޮތުގައި އޭނާގެ އަގު އެއަށްވުރެ މާ ބޮޑެވެ. މީގެކުރިންވެސް ފަބްރީޒިއޯ ވަނީ އެކު ކުލަބުތަކުންނާއި އޭޖެންޓުން ބޭނުންވާ ކުޅުންތެރިން ހޯދައިދިނުމުގައި މީޑިޔާ ކެންޕޭނުކޮށް ޓީމުތަކާއި ކުޅުންތެރިންނަށް ޕްރެޝަރުކުރުމާއެކު ތަފާތު ގިނަ ޓްރާންސްފާތަކެއް ބޭނުންވާގޮތަކަށް އަނބުރާލައި ކުޅުންތެރިންގ އަގު މަތިކުރުމުގައި ޕްރޮޕެގެންޑާ ބޭޏުންކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ފަބްރީޒިއޯގެ މި ވާހަކަތަކަށް ރައްދު ދިނުމުގެ ގޮތުން އެތުލެޓިކޯގެ ރަސްމީ ސޯޝަލް މީޑިއާ އެކައުންޓްތަކުން ވަނީ އޭއައި (AI) ބޭނުންކޮށްގެން ތައްޔާރުކޮށްފައިވާ ބާސެލޯނާގެ ތަރިން ކަމަށްވާ ލަމީން ޔަމާލް، ޕެޑްރީ އަދި ރަފީނިއާ އެތުލެޓިކޯގެ ކިޓުގައި ތިބި ފޮޓޯތަކެއް އާންމުކޮށްފައެވެ.

އެތުލެޓިކޯއިން އެކްސް (X) ގައި ކުރި މި ޕޯސްޓުތަކުގައި ބާސެލޯނާގެ ކުޅުންތެރިން ހޯދުމަށް ހުށަހަޅާފައިވަނީ މަލާމާތް އެކުލެވޭ ފަދަ އަގުތަކެކެވެ. އެގޮތުން ކުޅުންތެރިންގެ ބަދަލުގައި ކޮންސަޓް ޓިކެޓާއި އޯޓީޓީ (OTT) ސަބްސްކްރިޕްޝަން ފަދަ ތަކެތި ހުށަހަޅާފައިވާ ކަމަށް ބުނެ ރޮމާނޯ މީގެ ކުރިން އަލްވަރޭޒްއާ ގުޅޭގޮތުން ކުރި ޕޯސްޓުތަކަށް އެތުލެޓިކޯއިން ވަނީ ފާޑުކިޔާފައެވެ.

މިކަމާ ގުޅިގެން އެތުލެޓިކޯއިން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، "އެތުލެޓިކޯ މެޑްރިޑުން ދުވަހަކުވެސް އެފަދަ ކަމެއް ނުކުރާނެ" ކަމަށެވެ. ނަމަވެސް ފާއިތުވި މަސްތަކުގައި އެ ކްލަބުގެ ކުޅުންތެރިއަކާ ދެކޮޅަށް ނުބައި ނިޔަތެއްގައި ދޮގު މައުލޫމާތު ފަތުރައި، އިހުތިރާމް ކުޑަކުރަމުންދާ ކަމަށް އެ ކްލަބުން ތުހުމަތުކޮށްފައިވެއެވެ.

އެތުލެޓިކޯއިން އިތުރަށް ބުނެފައިވަނީ މިއީ ބާސެލޯނާއަށް ތާއީދުކުރާ ފަރާތްތަކުން ހިންގާ ޕްރޮޕެގެންޑާ މެޝިނެއްގެ މަސައްކަތް ކަމަށާއި، މުހިންމު މެޗުތަކުގެ ކުރިން ކުޅުންތެރިންގެ ސަމާލުކަން އަނބުރާލުމަށް ތަފާތު ވާހަކަތައް އުފައްދަމުންދާ ކަމަށެވެ. ބާސެލޯނާއިން މިހާރުވެސް ވަނީ ނިއުކާސަލް ޔުނައިޓެޑުން އެންތަނީ ގޯޑަން ސޮއިކޮށްފައިވާކަން ކަށަވަރުކޮށްދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ފަބްރީޒިއޯގެ ޕްރޮޕެގެންޑާ ބޭނުންކޮށްގެން ބާސާއިންކުރަން އުޅުނު ޓްރާންސްފާ ފަޅާ އަރުވާލައި އެތްލެޓީކޯ ރަތަށްކުޅިވަރު | ގަޑިއިރެއް ކުރިންބާސެލޯނާއަށް ބަދަލުވި މައްސަލައިގައި ގްރީޒްމަން އެތުލެޓިކޯގެ ސަޕޯޓަރުންގެ ކިބައިން މާފަށް އެދިއްޖެކުޅިވަރު | 12 ދުވަސް ކުރިންޚަރާމްބޯލް ޑާރބީގައި ޕެނަލްޓީ މުބާރާތެއް - ފުރަތަމަ ލެގު 1-1 ޕެނަލްޓީއިން އެއްވަރުކުޅިވަރު | މަހެއް ކުރިންބާސާ ކަޓުވާލައިދިޔަ އެތްލެޓިކޯ ފައިނަލުގައި ސޮސިޑާޑް އަތުން ބަލިވެ ތަށިގެއްލުވާލައިފިކުޅިވަރު | މަހެއް ކުރިން