އަލްވަރޭޒްގެ ހުވަފެނީ މަންޒިލަށް ދެވޭނެ އެއްވެސް ގޮތެއްނެތް! އާސެނަލް އަށް ދިޔުމަށް ތައްޔާރު
24 އޯގަސްޓު 2026 - 05:54

ޓްރާންސްފާ ބާޒާރު ބަންދުވުމުގެ ކުރިން އިންގްލިޝް ޕްރިމިއާ ލީގުގެ އާސެނަލްއަށް ބަދަލުވުމުގެ ވިސްނުން އެތުލެޓިކޯ މެޑްރިޑްގެ އާޖެންޓީނާ ފޯވާޑް ހޫލިއަން އަލްވަރޭޒް ގެންގުޅެމުންދާ ކަމަށް ރިޕޯޓުތައް ބުނެފިއެވެ.
ސްޕެއިންގެ ނޫހެއް ކަމަށްވާ 'އޭއެސް' އިން ރިޕޯޓުކޮށްފައިވާ ގޮތުގައި، އަލްވަރޭޒް އެންމެ ބޮޑު ހުވަފެނަކީ ބާސެލޯނާއަށް ކުޅުންކަމުގައި ވީނަމަވެސް އެ ހުވަފެން އެތްލެޓިކޯ މެދުވެރިކޮށް ފުރިހަމަ ކުރެވޭނެ ގޕތެއް ނެތެވެ. އެހެންކަމުން، އެ ކްލަބުން ނުކުތުމުގެ މަގެއްގެ ގޮތުގައި އޭނާ މިހާރު ދަނީ އާސެނަލްއާ ގުޅުމާމެދު ވިސްނަމުންނެވެ. އެތްލެޓިކޯ އިން ވަނީ އަލްވާރޭޒް ޓްރާންސްފާ މައްސަލައިގައި ބާސެލޯނާއާއި މަޝްވަރާކުރަން ފާޅުގައި ދެކޮޅުހަދައި ބޮޑެތި ބަޔާންތައް ނެރެފައެވެ. އަދި މީގެ އިތުރުން އަލްވާރޭޒްގެ ސޮއި ބޭނުންނަމަ ބާސެލޯނާއިން އެ ކުޅުންތެރިޔާގެ ކޮންޓްރެކްޓް ޞާތިލް ކުރާ އަގު ކަމަށްވާ 500 މިލިޔަް ޑޮލަރު ދެއްކުމަށް ބާސާއަށް ވަނީ އަންގާފައެވެ.
މިމައްސަލައިގައި އެރްލެޓިކޯއާއި ކުޅުންތެރިޔާއާއި މެދު ބޮޑު މައްސަލަތަކެއް ޖެހިފައިވާއިރު، ރޭގައި ކުޅުނު ލީގުގެ ފުރަތަމަ މެޗުގައިވެސް އެކަން ވަރަށް ބޮޑަށް ފެނިގެންދިޔައެވެ. އަދި އަލްވާރޭޡް ކުޅެބް ނިކުތް ވަގުތު ސަޕޯޓަރުންވެސް ވަނީ ވަރަށް ބޮޑަށް ނުރުހުން ފާޅުކޮށްފައެވެ. މި މައްސަލައިގައި އެތްލެޓިކޯ މެޑްރިޑްގެ ސަޕޯޓަރުން ތިބީ ވަރަށް ރުޅިގަދަވެފައެވެ.
މިމައްސަލަ ޙައްލުކުރުމަށް އެތެލްޓީކޯއިން ބާސެލޯނާ ނޫން ކޮންމެ ކުލަބަކަށްވެސް އަލްވާރޭޒް ވިއްކާލުމަށް މަޝްވަރާކުރުމަށް ތައްޔާރުކަމަށް މީގެކުރިންވެސް ވަނީ ރިޕޯޓްތައް އައިސްފައެވެ. މިއާއެކު އަލްވާރޭޒް ހޯދުމުގެ ޝައުޤުވެރިކަން އާސެނަލުންވެސް އައީފާޅުކުރަމުންނެވެ.

Ad by Hajj Corporation
އޭއެސް އިން އިތުރަށް ބުނެފައިވަނީ އާސެނަލްއިން އަލްވަރޭޒްއާ މުއާމަލާތްތައް ދަމަހައްޓަމުން އަންނަ ކަމަށެވެ. އަދި ބާސެލޯނާއަށް އޭނާ ވިއްކަން އެތުލެޓިކޯއިން ބޭނުންނުވުމަކީ ޕްރިމިއާ ލީގުގެ ކްލަބަށް އޭނާ ހޯދުމަށް ލިބުނު ފުރުސަތެކެވެ.
އުމުރުން 26 އަހަރުގެ އަލްވަރޭޒް އެތުލެޓިކޯ މެޑްރިޑާ ގުޅުނީ 2024 ވަނަ އަހަރު މެންޗެސްޓާ ސިޓީންނެވެ. އޭނާގެ ކޮންޓްރެކްޓް 2030 ވަނަ އަހަރާ ހަމައަށް އޮތްއިރު، އެތުލެޓިކޯއިން ތަކުރާރުކޮށް ބުނަމުންދަނީ އެ ޓީމުގެ ތަރި ކްލަބުގައި ބަހައްޓަން ބޭނުންވާ ކަމަށެވެ.

-01.jpg&w=3840&q=75)
