logo
ގަލޮޅުގެ ގެއެއްގައި އަލުފާނުގެ ހާދިސާއެއް ހިނގައިފިBank of Maldives

Bank of Maldives

ކުޅިވަރު

ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފި

އަބްދުﷲ ޣާނިމް
18 މާރިޗު 2026 - 04:34
ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފި

ބެލަންޑޯ ވިނީސިއަސް އަށް ނުލިބިގެން މަލާމަތްކުރި މެންޗެސްޓަރ ސިޓީގެ ސަޕޯޓަރުންގެ ކުރިމަތީގައި ވިނީޝިއަސްގެ މޮޅުކުޅުމާއެކު މެންޗެސްޓަރ ސިޓީ ޔޫރަޕުން ބޭރުކޮށްލައިފިއެވެ. ޗެމްޕިއަންސް ލީގުގެ ކުއާޓާ ފައިނަލުން ރެއާލް މެޑްރިޑް ޖާގަ ހޯދީ މެންޗެސްޓާ ސިޓީގެ މައްޗަށް 2-1 އިން ކުރިހޯދައިގެންނެވެ. އަދި އެގްރިގޭޓް 5-1 ގެ ނަތީޖާއަކުންނެވެ. މި މެޗުގައި ސިޓީގެ ބެނާޑޯ ސިލްވާ އަށް ރަތް ކާޑު ދެއްކުމާ އެކު، ވިނީޝިއަސް ޖޫނިއާ ވަނީ ދެ ލަނޑު ޖަހައި ރެއާލް މެޑްރިޑަށް މޮޅު ކަށަވަރުކޮށްދީފަ އެވެ.

އިއްތިހާދު ސްޓޭޑިއަމްގައި ކުޅުނު މި މެޗުގެ ފުރަތަމަ މިނެޓުން ފެށިގެން ދެ ޓީމުގެ ފަރާތުން ވެސް ފޯރިގަދަ ކުޅުމެއް ފެނިގެންދިޔަ އެވެ. މެޗުގެ 20 ވަނަ މިނެޓުގައި ސިލްވާ އަތުން ގޯލްގެ ރޮނގުމަތިން ބޯޅައިގައި އަތްލުމުން، ވީއޭއާރު ބެލުމަށްފަހު އޭނާ އަށް ރަތް ކާޑު ދައްކައި ރެއާލް އަށް ޕެނަލްޓީއެއް ދިނެވެ. މި ޕެނަލްޓީ ކާމިޔާބުކޮށް ވިނީޝިއަސް ވަނީ ރެއާލް އަށް ކުރިހޯދައިދީފަ އެވެ.

Ad by Hajj Corporation

Ad by Hajj Corporation

ސިޓީން އުންމީދު އާކުރީ ފުރަތަމަ ހާފު ނިމެން ހަތަރު މިނެޓަށް ވެފައި ވަނިކޮށް އާލިން ހާލަންޑް ޖެހި ލަނޑުންނެވެ. ޖެރެމީ ޑޮކޫ ނެގި ހުރަހަކުން ހާލަންޑް މި ލަނޑު ޖެހީ ބޯޅަ ކޮންޓްރޯލް ކުރުމަށްފަހު އެވެ. ނަމަވެސް، މެޗުގެ އިތުރު ވަގުތުގެ ތެރޭގައި ވިނީޝިއަސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހައި ސިޓީގެ އުންމީދުތައް ފުނޑުފުނޑުކޮށްލާފަ އެވެ.

މި މެޗުގައި ރެއާލްގެ ކީޕަރު ތިބައޫ ކޯޓުއާ އަށް އަނިޔާވެގެން ދެވަނަ ހާފުގައި ބަދަލުކުރަން ޖެހުނެވެ. އޭނާގެ ބަދަލުގައި ކުޅެން އެރި އެންޑްރީ ލުނިން ވަނީ ސިޓީން ފޮނުވާލި ނުރައްކާތެރި ހަމަލާތަކެއް ދިފާއުކޮށްފަ އެވެ. ސިޓީން 22 ހަމަލާ އުފެއްދި ނަމަވެސް، ރެއާލްގެ ވަރުގަދަ ޑިފެންސާއި ކީޕަރުގެ ހުށިޔާރުކަމުން އިތުރު ލަނޑެއް ޖެހޭގޮތެއް ނުވި އެވެ.

މިއީ ރެއާލް މެޑްރިޑުން ޗެމްޕިއަންސް ލީގުގެ ނޮކްއައުޓް މަރުހަލާގައި މެންޗެސްޓާ ސިޓީ ކަޓުވާލި ފަސްވަނަ ފަހަރެވެ. މީގެ ކުރިން 2015-16، 2021-22، އަދި 2023-24 ވަނަ އަހަރުގެ ސީޒަންތަކުގައި ވެސް ރެއާލް ވަނީ ސިޓީގެ މައްޗަށް ކުރިހޯދާފަ އެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ވިނީސިއަސް އަށް މަލާމަތްކުރި ސިޓީލޯނާގެ އަމިއްލަ ދަނޑުގައި ހުތުރުގޮތަކަށް އެޓީމު ބަލިކޮށް ޔޫރަޕުން ބޭރުކޮށްލައިފިކުޅިވަރު | 2 ގަޑިއިރު ކުރިންރެއާލް މެޑްރިޑުން ޒުވާން ކުޅުންތެރިންތަކެއް އަރުވައިގެން ބޮޑު މޮޅެއް، ބާސާއާއި އެއްޕޮއިންޓާއި ގާތަށް ޖެހިލައިފިކުޅިވަރު | 3 ދުވަސް ކުރިންވަލްވާޑޭގެ ހެޓްރިކާއެކު ސިޓީލޯނާގެ ސަޕޯޓަރުން ގުއިވެއްޖެކުޅިވަރު | 6 ދުވަސް ކުރިންކަރުތާފެނުގައި އޮތް ރެއާލް ފަހުވަގުތު ކާޅެއް ހޮފައިފިކުޅިވަރު | 11 ދުވަސް ކުރިން