logo
Bank of Maldives

Bank of Maldives

ކުޅިވަރު

އެމްބާއްޕޭގެ ޕަނޭންކާ ގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށް

އަބްދުﷲ ޣާނިމް
24 ސެޕްޓެމްބަރު 2025 - 05:38
އެމްބާއްޕޭގެ ޕަނޭންކާ ގޯލާއެކު ރެއާލް އަތުފަތު ނުޖެހި ކުރިޔަށް

ލަލީގާގައި ރޭގައި ރެއާލް މެޑްރިޑް ލެވަންޓޭއާއި ދެކޮޅަށް ކުޅުނުމެޗު، ފަސޭހަކަމާއެކު ރެއާލް އިން ކާމިޔާބުކޮށްފިއެވެ. މި މޮޅާއެކު ރެއާލް އިން ވަނީ މިސީޒަނުގައި މިހާތަނަށް ކުޅުނު 7 މެޗުންވެސް މޮޅުވެފައެވެ.

މެޗުގެ 28 ވަނަ މިނެޓުގައި ވިނިސިއަސް ޖޫނިއަރ ވަނީ ފުރަތަމަ ލަނޑު ޖަހާފައެވެ. އޭގެ ފަހުން 38 ވަނަ މިނެޓުގައި 18 އަހަރުގެ އާޖެންޓީނާ ކުޅުންތެރިޔާ މަސްޓަންޓުއޯނޯ ވަނީ އޭނާގެ ފުރަތަމަ ލަނޑު ޖަހާފައެވެ. ރިވަރ ޕްލޭޓުން މި ސީޒަންގައި ސޮއިކުރި މަސްޓަންޓުއޯނޯ އަށް މިއީ މެޑްރިޑުގެ ޖާޒީގައި ކުޅުނު ފަސްވަނަ މެޗެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފުގެ 54 ވަނަ މިނެޓުގައި ލެވާންޓޭގެ އެޓާ އެޔޯންގް ވަނީ ލެވަންޓޭއަށް ލަނޑުޖަހައިދީފައެވެ. ނަމަވެސް 64 ވަނަ މިނެޓުގައި އެމްބާޕޭ އަށް ލިބުނު ޕެނަލްޓީއެއް ޕަނޭންކާ ސްޓައިލުގައި ޖަހައި ލަނޑު ކާމިޔާބުކުރިއެވެ. އޭގެ ދެ މިނެޓު ފަހުން އެމްބާޕޭ ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. މިއާއެކު މި ސީޒަންގައި މެޑްރިޑަށް އެމްބާޕޭ ޖެހި ލަނޑުގެ އަދަދު ވަނީ 9 އަށް އަރާފައެވެ. އަދި ޤައުމީ ޓީމާއެކު މިސީޒަނުގައި މިހާތަނަށް އެމްބާއްޕޭ ވަނީ ޖުމްލަ 11 ގޯލެއް ޖަހާފައެވެ.

"އަޅުގަނޑުމެން ވަރަށް ފުރިހަމަ މެޗެއް ކުޅުނީ. މި މޮމެންޓަމް ދަމަހައްޓަން ޖެހޭ. މިއީ ހަމައެކަނި ފެށުން، އަޅުގަނޑުމެން ބޭނުން ރަނގަޅަށް ވާދަކުރަން ކުރިއަށް ދާން،" މެޑްރިޑުގެ ކޯޗު ޒާބީ އަލޮންސޯ މެޗަށްފަހުބުނެފައިވެއެވެ.

މި ކާމިޔާބީއާއެކު މި ސީޒަންގައި ލީގުގެ ހުރިހާ މެޗެއް ކާމިޔާބުކުރި ހަމައެކަނި ޓީމަކަށް މެޑްރިޑް ވެފައިވާއިރު، ޗެމްޕިއަންސް ލީގުގެ ފުރަތަމަ މެޗުގައި މާސެއި އަތުން ވެސް ވަނީ މޮޅުވެފައެވެ. މި ވަގުތު ލީގުގައި މެޑްރިޑް އޮތީ އެންމެފަހުގެ ޗެމްޕިއަން ބާސެލޯނާއަށް ވުރެ އެއްމެޗު އިތުރަށްކުޅެ، 5 ޕޮއިންޓު ބާސެލޯނާއަށްވުރެ ކުރީގައެވެ.

 

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސުޕަލީގު އަތަށް ގޮވައި ބާސާއިންވެސް ޔުއޭފާ އާއި ގުޅެނީ، ރެއާލް އެކަނިވެއްޖެކުޅިވަރު | 4 ދުވަސް ކުރިންއެމްބާއްޕޭ ވިދިވިދިގެން 10 މެޗުގައި ލަނޑު ޖެހުމަށްފަހު އަނިޔާވެއްޖެކުޅިވަރު | 4 ދުވަސް ކުރިންޔަމާލްގެ ދިފާއުގައި އެމްބާއްޕޭ ނިކުމެއްޖެކުޅިވަރު | 5 ދުވަސް ކުރިންއެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއްކުޅިވަރު | 14 ދުވަސް ކުރިން