logo
Bank of Maldives

Bank of Maldives

ކުޅިވަރު

ހަތަރު މެޗަށްފަހު ރެއާލް މެޑްރިޑް މެޗަކުން މޮޅުވެއްޖެ

އަބްދުﷲ ޣާނިމް
22 އޭޕްރީލު 2026 - 03:19
ހަތަރު މެޗަށްފަހު ރެއާލް މެޑްރިޑް މެޗަކުން މޮޅުވެއްޖެ

ސްޕެނިޝް ލަލީގާގައި އެންމެ ފަހުން ކުޅުނު ދެ މެޗުން މޮޅުނުވެ އޮތް އޮތުން ނިމުމަކަށް ގެނެސް، ކީލިއަން އެމްބާޕޭ އާއި ވިނީޝިއަސް ޖޫނިއާގެ ލަނޑުތަކުން ރެއާލް މެޑްރިޑުން އަލަވޭސްގެ މައްޗަށް 2-1 އިން ކުރި ހޯދައިފިއެވެ. އަންގާރަ ދުވަހުގެ ރޭ ސެންޓިއާގޯ ބާނަބިއު ކުޅުނު މި މެޗުން މޮޅުވި ނަމަވެސް، އެއް މެޗު އިތުރަށް ކުޅެގެން ރެއާލް އަދިވެސް އޮތީ ތާވަލުގެ އެއްވަނައިގައި އޮތް ބާސެލޯނާއަށް ވުރެ ހަ ޕޮއިންޓް ފަހަތުގައެވެ.

މެޗުގެ ކުރީކޮޅު އަލަވޭސްއިން ވަނީ ރެއާލްގެ ގޯލަށް ނުރައްކާކޮށްފައެވެ. އެގޮތުން ޓޯނީ މާޓިނޭޒް ފޮނުވާލި ބާރު ހަމަލާއެއް ރެއާލްގެ ކީޕަރު އެންޑްރީ ލުނިން ވަނީ ދިފާއުކޮށްފައެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ރެއާލްއިން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެމްބާޕޭ ކާމިޔާބުކުރީ އޭރިއާ ބޭރުން ފޮނުވާލި ހަމަލާއެއް ޖޯނީގެ ގައިގައި ޖެހިފައި ގޯލުގެ ތެރެއަށް ވަދެގެންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ދެވަނަ ހާފު ފެށިގެން ފަސްވަނަ މިނެޓުގައި ވިނީޝިއަސް ޖޫނިއާ ވަނީ ރެއާލްގެ ދެވަނަ ލަނޑު ޖަހައިދީފައެވެ. އޭނާ ވަނީ އަލަވޭސްގެ ޑިފެންޑަރުން ކައިރިން ނައްޓާލުމަށްފަހު ގޯލުގެ ތިރީ ކަނަށް ބޯޅަ ފޮނުވާލާފައެވެ. މީގެ އިތުރުން ބްރަހިމް ޑިއާޒް ފޮނުވާލި ހަމަލާއެއް އަލަވޭސްގެ ނަހުއެލް ޓެނަގްލިއާ ވަނީ ގޯލުގެ ރޮނގުމަތިން ސަލާމަތްކޮށްފައެވެ.

މެޗުގެ ފަހުކޮޅު އަލަވޭސްއިން ކުޅުން ރަނގަޅުކޮށް ރެއާލްގެ ގޯލަށް ބާރުބޮޑުކުރިއެވެ. އެގޮތުން ވިކްޓަރ ޕަރާޑާ ފޮނުވާލި ބޯޅައެއް ގޯލުގެ ދަނޑިއަށް އަމާޒުވިއިރު، މެޗުގެ އިތުރު ވަގުތުގެ ތިންވަނަ މިނެޓުގައި ޓޯނީ މާޓިނޭޒް ވަނީ ލަނޑެއް ޖަހައި ފަރަގު ކުޑަކޮށްދީފައެވެ. މިއީ ރެއާލްއިން ލީގުގައި ޖެހިޖެހިގެން ގޯލެއް ވަން ނުވަވަނަ މެޗެވެ.

ޗެމްޕިއަންސް ލީގުން ބަޔާން މިއުނިކް އަތުން ބަލިވެ ކެޓުމަށްފަހު ކުޅުނު ފުރަތަމަ މެޗުން ރެއާލް މޮޅުވިއިރު، އެމްބާޕޭ ވަނީ މި ސީޒަނުގައި އޭނާ ލީގުގައި ޖެހި ލަނޑުގެ އަދަދު 24 އަށް އިތުރުކޮށްފައެވެ. އަދި އޭނާ ވަނީ މި ސީޒަނުގެ ހުރިހާ މުބާރާތެއްގައި އޭރިއާ ބޭރުން 8 ލަނޑު ކާމިޔާބުކޮށް، ޔޫރަޕްގެ ގަދަ ފަސް ލީގުގެ ކުޅުންތެރިންގެ ތެރެއިން އެންމެ ރަނގަޅު ރެކޯޑު ގާއިމުކޮށްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހަތަރު މެޗަށްފަހު ރެއާލް މެޑްރިޑް މެޗަކުން މޮޅުވެއްޖެކުޅިވަރު | ގަޑިއިރެއް ކުރިންރެއާލް އުލު ބޭނދުމަށްފަހު ބަޔާން ސެމީއަަށް، ރެއާލް ޖެހިޖެހިގެން ހުސްއަތާ ދެވަނަފަހަރަށް ސީޒަން ނިންމާލައިފިކުޅިވަރު | 6 ދުވަސް ކުރިންއެމްބާއްޕޭގެ ބޯފަޅައިގެންދިޔަސް ރެފްރީންގެ ނިންމުން މުލިޔަކުން ގޯހެއް ނޫން - ރެފްރީސް ކޮމިޓީކުޅިވަރު | 7 ދުވަސް ކުރިންޖިރޯނާއާއި އެއްވަރުވެ ރެއާލް މެޑްރިޑުން އެލް ކްލެސިކޯގައި ބާސެލޯނާއަށް ތަށި ހޯދުމުގެ ފުރުސަތު ހޯދައިދީފިކުޅިވަރު | 11 ދުވަސް ކުރިން