logo
Bank of Maldives

Bank of Maldives

ކުޅިވަރު

މޮރީނިއޯ އެނބުރި ރެއާލް މެޑްރިޑްއަށް ގެންނަށް ޕެރޭޒް މަސައްކަތްކުރަނީ

އަބްދުﷲ ޣާނިމް
29 އޭޕްރީލު 2026 - 03:32
މޮރީނިއޯ އެނބުރި ރެއާލް މެޑްރިޑްއަށް ގެންނަށް ޕެރޭޒް މަސައްކަތްކުރަނީ

ރެއާލް މެޑްރިޑްގެ ރައީސް ފްލޮރެންޓީނޯ ޕެރޭޒް، އެ ކްލަބުގެ ކުރީގެ ކޯޗު ހޯސޭ މޮރީނިއޯ އަލުން އަނބުރާ ގެނައުމަށް މަސައްކަތް ކުރައްވަމުންދާ ކަމަށް މަޝްހޫރު ކުޅިވަރު ނޫސްވެރިޔާ ޑޭވިޑް އޯންސްޓީން ރިޕޯޓްކޮށްފިއެވެ. މި ބަދަލު ގެނައުމަށް ނިންމާފައިވަނީ މިހާރުގެ ކޯޗު އަލްވާރޯ އާބެލޯއާގެ ބަދަލުގައެވެ.

ކުރީގެ ކޯޗު ޒަބީ އޮލޮންސޯ މަގާމުން ވަކިކުރުމާ ގުޅިގެން، މިދިޔަ ޖެނުއަރީ މަހު ޓީމާ ހަވާލުވި އާބެލޯއާ، މި ސީޒަން ނިމުމުން މަގާމުން ވަކިވާނެ ކަމަށް ބެލެވެއެވެ. މިހާރު ޕެރޭޒް އިސްވެ ހުންނަވައިގެން ގެންދަވަނީ އާބެލޯއާގެ ބަދަލުގައި ޓީމާ ހަވާލުވާނެ އާ ކޯޗެއް ހޯދުމުގެ މަސައްކަތް ކުރައްވަމުންނެވެ.

Ad by Hajj Corporation

Ad by Hajj Corporation

ރިޕޯޓްތައް ބުނާ ގޮތުގައި، ބޮޑެތި ކާމިޔާބީތަކެއް ނުލިބި ދިޔަ މާޔޫސީ ދުވަސްތަކަށްފަހު، ޓީމު އަލުން ބިނާކުރުމަށް ޕެރޭޒް އެންމެ އިސްކަންދޭ ކެންޑިޑޭޓަކީ މޮރީނިއޯއެވެ. ކްލަބުގެ އެތެރޭގެ ބައެއް ފަރާތްތަކުން މި ނިންމުމާ ދެކޮޅު ހެދި ނަމަވެސް، ޕެރޭޒް ގަބޫލުކުރައްވަނީ މޮރީނިއޯއަކީ މި ވަގުތަށް އެންމެ އެކަށީގެންވާ ކޯޗު ކަމަށެވެ.

މޮރީނިއޯ އަލުން ރެއާލް މެޑްރިޑާ ގުޅިއްޖެނަމަ، މިއީ އޭނާ ޕެރޭޒްގެ ރައީސްކަމުގެ ދަށުން އެ ކްލަބަށް ކޯޗުކޮށްދޭ ދެވަނަ ފަހަރަށް ވާނެއެވެ. މީގެ ކުރިން މޮރީނިއޯ އެ ކްލަބުގައި ހޭދަކުރި ދުވަސްވަރު ވަނީ ލަގީގާގެ ރެކޯޑް މާކްސްއަކާއެކު ތަށި ހޯދައިދީ، ގިނަ ކާމިޔާބީތަކެއް ހޯދައިދީފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ނެގްރެއިރާ މައްސަލައަކީ ފުޓްބޯޅައިގެ އެންމެ ބޮޑު ކޮރަޕްޝަންގެ މައްސަލަ: ފްލޮރެންޓީނޯ ޕެރޭޒްކުޅިވަރު | 3 ދުވަސް ކުރިންރެސްލިން މެޗުން ބަލިވި ކުޅުންތެރިޔާ ވިއްކާލަން ރެއާލް އިން މަސައްކަތް ކުރަނީކުޅިވަރު | 4 ދުވަސް ކުރިންރެއާލް މެޑްރިޑްގެ ކޯޗުކަމާ މޮރީނޮއޯ ހަވާލުމުގެ މަސައްކަތް ގާތްގަނޑަކަށް ނިމުމަކާއި ގާތަށްކުޅިވަރު | 4 ދުވަސް ކުރިންރެކޯޑް ފޮތުން ޖާގަހޯދައި ފުރަތަމަ ފަހަރަށް އެލް ކްލެސިކޯއަކުން ބާސާ ލީގު ކާމިޔާބުކޮށްފިކުޅިވަރު | 5 ދުވަސް ކުރިން