އެމްބާޕޭގެ ހެޓްރިކާއެކު މެޑްރިޑް އަށް ބޮޑު މޮޅެއް
1 އޮކްޓޯބަރު 2025 - 03:13

ޗެމްޕިއަންސް ލީގުގައި ރިއަލް މެޑްރިޑުން ކަޒަކިސްތާނުގެ ކައިރަޓް އަލްމަޓީއާ ވާދަކުރި މެޗުގައިއެމްބާޕޭގެ ހެޓްރިކާއެކު 5-0 ން މޮޅުވެއްޖެއެވެ. މެޗުގެ ފުރަތަމަކޮޅުގައި ރެއާލް އިން އުނދަގޫ ވަގުތުކޮޅެއް ހޭދަކުރަން ޖެހުނު ނަމަވެސް މެޑްރިޑުން ވަނީ މުޅި މެޗު ކޮންޓްރޯލްކޮށްގެން ކުޅެފައެވެ.
އޯޓަލިކް ސްޓޭޑިއަމްގައި ކުޅުނު މެޗުގެ ފުރަތަމަ 9 ސިކުންތުގައި ކައިރަޓްގެ ދަސްތަން ސަތްޕައެވްގެ ވަނީ މެޑްރިޑްގެ ގޯލާއި ނުރައްކާ ކޮށްފައެވެ. އަދި ފުރަތަމަ 7 މިނެޓުގައި ޖޯޖިންހޯ އަދި ލުއިސް މާޓާވެސް ގޯލަށް ވަރުގަދަ ހަމަލާތަކެއް ދިނެވެ. ނަމަވެސް މެޗުގެ 30 ވަނަ މިނެޓުގައި ފްރާންކޯ މަސްޓަންޓުއޯނޯއަށް އޭރިޔާގެ ތެރޭގައި ކުރި ފައުލަކާއި ގުޅިގެން ލިބުނު ޕެނަލްޓީ އެމްބާޕޭ ގޯލަކަށް ބަދަލުކުރިއެވެ.

Ad by Hajj Corporation
ދެވަނަ ހާފުގެ 6 ވަނަ މިނެޓުގައި ކޯޓުއާގެ ދިގު ޕާހަކުން އެމްބާޕޭއަށް ލީޑު ފުޅާކުރިއެވެ. އަދި އޭގެ ފަހުން އޭރިޔާ ބޭރުން ޖެހި ބާރުގަދަ ޝޮޓަކުން އޭނާގެ ހެޓްރިކް ފުރިހަމަ ކުރިއެވެ.
މެޗުގެ ފަހުކޮޅު ކަމަވިންގާ އަދި ބްރަހިމް ޑިއާޒް ވަނީ އިތުރު ދެ ގޯލު ޖަހާފައެވެ.
މި މެޗާއެކު އެމްބާޕޭ ވަނީ ޗެމްޕިއަންސް ލީގުގައި އޭނާގެ ހަތަރުވަނަ ހެޓްރިކް ހަދާފައެވެ. މި ސީޒަނުގައި އެމްބާއްޕޭ ވަނީ މިސީޒަނުގައި މިހާތަނަށް ކުޅުނު 11 މެޗުން 15 ގޯލުޖަހާފަައެވެ. މީގެ ތެރޭގައި ޗެންޕިއަންސް ލީގުގެ ދެމެޗުން ޖެހި 5 ގޯލުވެސް ހިމެނެއެވެ.