ކެނެޑާ، އޮސްޓްރޭލިޔާ އަދި ޔޫކޭ އިން ފަލަސްތީނު ދައުލަތް ބަލައިގެންފި

21 ސެޕްޓެމްބަރު 2025 - 15:44

އިނގިރޭސިވިލާތާއި، އޮސްޓްރޭލިއާ އަދި ކެނެޑާއިން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައެވެ.
މި ތާރީޚީ ނިންމުމަކީ ސަރަހައްދުގެ ސުލްހައަށް އިތުރު ބާރެއް ލިބިގެންދާނެ ކަމެއްގެ ގޮތުގައި މި ތިން ގައުމުން ވެސް ފާހަގަކޮށްފައިވެއެވެ.

Ad by Hajj Corporation
އިނގިރޭސިވިލާތުގެ ބޮޑުވަޒީރު ކީރު ސްޓާމަރ މި ނިންމުން އިއުލާންކުރައްވަމުން ވިދާޅުވެފައިވަނީ، މިއީ ފަލަސްތީނާއި އިސްރާއީލުގެ ރައްޔިތުންނަށް އަލުން އުއްމީދު އާކޮށްދިނުމަށް އަޅާ ފިޔަވަޅެއް ކަމަށެވެ.
"އަޅުގަނޑުމެން ގޮވާލަނީ ޙަޤީޤީ ދެ ދައުލަތުގެ ޙައްލަކަށް. މިއީ އެމީހުންގެ ނަފްރަތުގެ ވިސްނުމާ އެއްކޮށް ޚިލާފު ކަމެއް" ކަމަށް ބޮޑުވަޒީރު ސްޓާމަރ ވިދާޅުވިއެވެ.
އޮސްޓްރޭލިއާގެ ސަރުކާރުން ނެރުނު ބަޔާނެއްގައި ބުނެފައިވަނީ، ފަލަސްތީނުގެ ދައުލަތް ބަލަައިގެންފައިވާކަމަށެވެ. އަދި ހަމާސްއަށް އެއްވެސް ދައުރެއް އޮވެގެން ނުވާނެ ކަމަށް ބުނެފަވެއެވެ.
ކެނެޑާގެ ބޮޑުވަޒީރު މާކް ކާނީ ވެސް ވަނީ އެ ގައުމުން ފަލަސްތީނު ދައުލަތެއްގެ ގޮތުގައި ރަސްމީކޮށް ބަލައިގަނެފައިވާކަން އިއުލާންކުރައްވާފައެވެ.
މި ތިން ގައުމުން ވެސް ފާހަގަކޮށްފައިވަނީ މިއީ ދެ ދައުލަތުގެ ހައްލަށް މަގުފަހިކޮށް، ސަރަހައްދަށް ދެމެހެއްޓެނިވި ސުލްހައެއް ގެނައުމަށް އަޅާފައިވާ މުހިންމު ފިޔަވަޅުތަކެއް ކަމަށެވެ.