ޔަމާލް ގޭގައި ބަތްކަކްކާ ކުޅެން ބޭންދުމަށްފަހު ބާސެލޯނާއިން އުދުހެނީ
22 ސެޕްޓެމްބަރު 2025 - 03:29

ލަލީގާގެ މި މޫސުމުގައި ބާސެލޯނާ ބަލިނުވެ ކުރިޔަށް ދިޔުމުގެ ރެކޯޑް ދަމަހަށްޓައިފިއެވެ. އެގޮތުން ފާއިތުވެ ދިޔަ ތިން މެޗުގައި ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ ލަމީން ޔަމާލް ގޭގައި ބަތްކައްކާ ކުޅެން ބޭންދުމަށްފަހު، ފާސޭހަ ކާމާއެކު އެ ތިން މެޗުވެސް ބާސެލޯނާއިން ވަނީ ކާމިޔާބުކޮށްފައެވެ. އެގޮތުން މިދިޔަ ހަފްތާ ބަންދުގައި ބާސާއިން ވެލެންސިއާ ކޮޅަށް 6 ގޯލު ޖަހާފައިވާއިރު، ހަފްތާގެ މެދުތެރޭގައި ޗެންޕިއަނަސް ލީގުގައު ނިއުކާސަލް ވަނީ ބަލިކޮށްފައެވެ. އަދި ރޭގައު ބާސާއިން ވަނީ އަބަދުވެސް ބަލިކުރަން އުނދަގޫ ގޭޓާފޭ އަތުން 3-0 އިން މޮޅުވެފައެވެ.
މެޗުގެ ފުރަތަމަ ދެ ލަނޑު ޖެހީ ފެރާން ޓޯރެސް އެވެ. އޭނާގެ ފުރަތަމަ ލަނޑު ޖެހީ 15 ވަނަ މިނެޓްގައި އޯލްމޯގެ ފަހަތުން ދިން ރީތި ބޯޅައަކުންނެވެ. އަދި 34 ވަނަ މިނެޓްގައި ރަފީނިޔާގެ ދިގު ބޯޅައަކުން ފެރާން ޓޯރެސް ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation
ރެޝްފޯޑް މެޗު ފެށުނުއިރު ބެންޗުގައި އިން ސަބަބަކީ އޭނާ ޓީމުގެ ހެނދުނުގެ ބައްދަލުވުމަށް ލަސްވެގެން ކަމަށް ސްޕެނިޝް މީޑިއާތަކުން ވަނީ ރިޕޯޓްކޮށްފައެވެ. އެހެންނަމަވެސް ކޯޗް ހާންސީ ފްލިކް ވިދާޅުވީ ކޮންމެ ތިން ހަތަރު ދުވަހަކުން މެޗެއް އޮންނާތީ، ކުޅުންތެރިންނަށް އަރާމު ދިނުމަކީ އާންމު ކަމެއް ކަމަށް ބުނެފައެވެ.
މި މެޗު ކުޅުނީ 6،000 މީހުންގެ ޖާގައިގެ ޖޮހާން ކްރޯއިފް ސްޓޭޑިއަމްގައެވެ. އެއީ ނޫ ކޭމްޕް އަލުން އިމާރާތްކުރުމުގެ މަސައްކަތް ދާތީއެވެ. މި ކާމިޔާބީއާ އެކު ބާސެލޯނާ ވަނީ ފަސް މެޗުން 13 ޕޮއިންޓް ހޯދައި، ޕޮއިންޓް ޓޭބަލްގެ ދެވަނައިގައި ހިފަހައްޓާފައެވެ. އެއީ އެއްވަނައިގައި އޮތް ރެއަލް މެޑްރިޑްއަށްވުރެ ދެ ޕޮއިންޓް މަދުންނެވެ.
ރެޝްފޯޑް މީގެ ކުރިންވެސް ޓީމުގެ ގަވާއިދުތަކާ ޚިލާފުވެފައިވެއެވެ. މިއަހަރުގެ ޖަނަވަރީ މަހު ބެލްފާސްޓްގެ ނައިޓް ކްލަބަކުން ފެނުމާ ގުޅިގެން އެފްއޭ ކަޕްގެ މެޗަކުން ނިއުޕޯޓާ ދެކޮޅަށް ނުކުޅުވައި، 2022 ވަނަ އަހަރު ވޯލްވްސްއާ ދެކޮޅަށް ކުޅުނު މެޗުން ވެސް ޓީމުގެ ބައްދަލުވުމަކަށް ލަސްވުމާ ގުޅިގެން ވަނީ ބެންޗް ކުރެވިފައެވެ.