logo
Bank of Maldives

Bank of Maldives

ރިޕޯޓް

ރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟

އަބްދުﷲ ޣާނިމް
24 ސެޕްޓެމްބަރު 2025 - 07:31
ރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟

2025 ވަނަ އަހަރުގެ ބެލަންޑޯ ރަސްމިއްޔާތަކީ ފުޓްބޯޅައިގެ އެންމެ ރަނގަޅު ހުނަރުވެރިން ފާހަގަކުރުމުގެ ރަސްމިއްޔާތަކަށް ވާން އޮތް ނަމަވެސް، ބާސެލޯނާގެ އެޓޭކަރ ރަފީނިޔާ އަދި ކްލަބުގެ ތާރީޚީ ކެމްޕޭނުގެ ހިތްކަމުގައި ގިނަ ބަޔަކު ދެކޭ ކުޅުންތެރިޔާއަށް ރޭގެ ރަސްމިއްޔާތުގައި 5 ވަނަ ލިބުމާއެކު މިކަން ބޮޑު ބަހުސަަކަށްވެގެން ހިނގައްޖެއެވެ. މި ރަސްމިއްޔާތުގައި ފެނިގެންދިޔައީ ޕީއެސްޖީގެ އުސްމާން ޑެމްބެލޭ ބެލަނޑޯ އުފުލާލުމާއެކު އޭނާގެ ފަހަތުން ދެވަނައަށް ބާސެލޯނާގެ ލަމީން ޔަމާލް އަދި ތިންވަނައަށް ޕީއެސްޖީގެ ވިޓީނިޔާ ހޮވިގެންދިޔުމެވެ.

މިއީ އިހުސާސްތަކުން ފުރިގެންވާ އަދި ޚިޔާލު ތަފާތުވި ވަގުތުގައި ކެމެރާތައް ހޯލުގައި އެކި ދިމާލަށް އަމާޒުވަމުންދިޔައިރު، ރަފީނިޔާގެ މޫނުމަތިން އޭނާގެ އަމިއްލަ ވާހަކަ ފޮރުވާލެވިފައިވާއިރު، އޭނާ ޖަމާވެފައިވާ މީހުންނަށާއި ފްލޭޝްކުރަމުންދިޔަ ކެމެރާތަކަށް ހިނިތުންވެލައި އުފާވެރިކަން ދައްކަން މަސައްކަތް ކުރިނަމަވެސް، ފާހަގަކުރެވުނީ އޭނާ ކަރުނަ ހިފެހެއްޓުމަށް ކުރި މަސައްކަތާއި، އިހުސާސްތައް ކޮންޓްރޯލްކުރަން ކުރި މަސައްކަތާއި، އެ ހިނިތުންވުމުގެ ފަހަތުގައިވާ ހިތާމައެވެ. އޭނާގެ ހިނިތުންވުމުގެ ނިވާފަތުގައި އެރޭގައި ފެނިގެންދިޔައީ ހިތްދަތިކަމާއެކު ނާއިންސާފަށް ކުރިމަތިލާން އޭނާ ކުރަމުންގެންދިޔަ މަސައްކަތްތަކެވެ.

Ad by Hajj Corporation

Ad by Hajj Corporation

 

އަލިގަދަ ސީޒަނެއް އަޅައިނުލެވި ދޫކޮށްލުން

2024/25 ސީޒަނުގައި ރަފިންހާގެ ތަފާސްހިސާބުތަކަކީ އާދަޔާ ޚިލާފު ރަނގަޅު އަދަދުތަކެކެވެ. ހުރިހާ މުބާރާތްތަކެއްގައި އޭނާ ޖެހީ 34 ލަނޑާއި 25 އެސިސްޓް، ބާސެލޯނާ ތާރީޚީ ޑޮމެސްޓިކް ޓްރެބަލްއަކާއި ޗެމްޕިއަންސް ލީގުގެ ސެމީފައިނަލަށް ގެންދިއުމުގައި މުހިންމު ދައުރެއް ރަފީނިޔާ އަދާކުރިއެވެ.

ޔޫރަޕުގައި، އޭނާ ކްރިސްޓިއާނޯ ރޮނާލްޑޯގެ ޗެމްޕިއަންސް ލީގުގެ ތާރީޚުގައި ސީޒަނެއްގައި އެންމެ ގިނަ ގޯލް ކޮންޓްރިބިއުޝަން ހޯދުމުގެ ރެކޯޑާ އެއްވަރުކުރިއެވެ. ޔޫރަޕުގެ ފުޓްބޯޅައިގެ އެންމެ މަތީ ފަންތީ މުބާރާތުގައި ރަފީނިޔާ އާއި އަޅާކިޔާލެވޭ ކުޅުންތެރިއެއް މިދިޔަ ސީޒަނުގައި ނެތެވެ. ރަފީނިޔާގެ މޮޅުކުޅުމާއެކު ބާސެލޯނާ ޗެންޕިއަންސް ލީގުގައި ސެމީއަށް ދަތުރުކުރިއެވެ. މިދިޔަ ސީޒަން ފެށިގެން އެންމެ ފަހު ދެމަހާއި ޖެހެންދެން ގިނަބަޔަކު ބުނަމުން އައީ މިއަހަރުގެ ބެލަންޑިއޯއަށް އެންމެ ވާދަކުރާނެ ކުޅުންތެރިޔަކީ ރަފީނިޔާކަމަށެވެ.

ނަމަވެސް މިމުބާރާތުގެ މޮލުކުޅުންތެރިޔާކަން ރަފީނިޔާއަށް ގެއްލުނީ ޑެމްބެލޭ ފައިނަލަށްގޮސް މިމުބާރާތް ކާމިޔާބުުރުމުންނެވެ.ފާހަގަކޮށްލެވޭ އަނެއްކަމަކީ ފާއިތުވި ސީޒަނުގައި ޔޫރަޕުގައި އެއްވެސް ކުޅުންތެރިއަކަށް ރަފިންހާއަށްވުރެ ގިނަ ލަނޑާއި އެސިސްޓް ހަދާފައިނުވުމުެވެ. ނަމަވެސް ބެލަންޑޯ އަށް ވޯޓު ދިނުމުގައި މިކަމަށް އެވަރަށް ބެލިފައެއް ނެތެވެ.
މި ކާމިޔާބީތަކާއެކުވެސް، އޭނާ ބެލަންޑޯގެ ގަދަތިން ވަނައިން ބޭރުގައި ހުންނަންޖެހުމަކީ. ގިނަ ބަޔަކަށް ސިހުންގެނުވި ކަމެކެވެ.

G1cMRuIXIAAmj3E.jpeg

މިދިޔަ ސީޒަނުގައި ތިން ކުޅުންތެރިންގެ ސްޓެޓްސްތައް

ޔަމާލްގެ ކުރިއެރުމާއި ބާސެލޯނާގެ އެތެރޭގެ ޕީއާރު ހަނގުރާމަ

ރަސްމިއްޔާތަށްފަހު ނުކުތް އެންމެ މުހިންމު ވާހަކަތަކުގެ ތެރޭގައި ބާސެލޯނާގެ އެތެރޭގެ ޑައިނަމިކްސްގެ ދައުރު ހިމެނޭ. ރަފިންހާއަކީ ތަފާސްހިސާބުގެ ގޮތުން ކްލަބުގެ މިދިޔަ ސީޒަނުގެ ކާމިޔާބީތަކުގެ އެންމެ މުހިންމު ކުޅުންތެރިޔާ ކަމުގައިވީ ނަމަވެސް، ކްލަބުގެ ޕަބްލިކް ރިލޭޝަންސް އަދި މީޑިއާ މެޝިން އަމާޒުކުރެވިފައިވަނީ ލަމީން ޔަމަލް ޕްރޮމޯޓްކުރުމަށެވެ.

Screenshot 2025-09-24 122642.png

ޕެނަލްޓީއެއް ޖެހުމަށްފަހު ޔަމާލް އަމިއްލައަށް ބޮލުގައި ތާޖުއަޅާއިރު ރަފީނިޔާގެ މޫނުމަތިންވެސް އެތައް މެސެޖުތަކެއް



18 އަހަރުގެ ޒުވާން ތަރިއަށް ވަރުގަދަ ބްރޭކްއައުޓް ސީޒަނެއް ލިބި، އޭނާއަށް އެންމެ މޮޅު ޒުވާން ކުޅުންތެރިޔާ (ކޯޕާ ޓްރޮފީ) ލިބުނުނަމަވެސް، ފާޑުކިޔާ ފަރާތްތަކުން ބުނާ ގޮތުގައި ބާސެލޯނާގެ ޕީއާރުގެ މަސައްކަތުން ޔަމާލް ބެލަންޑޯއަށް ވަރަށް ބޮޑަށް ވާދަކުރިނަމަވެސް، ބާސެލޯނާގެ ސަ÷ޯޓަރުން ވަނީ ޓީމުގެ އެންމެ މުހިންމު ކުޅުންތެރިޔާ އޮޔާދާން ދޫކޮށްލާފައެވެ. މިކަމާއި ގުޅިގެން ރަފީނިޔާ ހާއަށް ލިބެންޖެހޭ ވޯޓުތައް ބެހިގެންގޮސް، އޭނާއަށް ހައްޤުކަން ބޮޑު އެވޯޑްގައި ލިބުނީ އެންމެ 5 ވަނައެވެ. ޤަބޫލުކުރިޔަސް ނުކުރިޔަށް 100 އެއްހާ ޖާނަލިސްޓުން ވޯޓުލައިގެން ހޮވާ މިއެވޯޑް ކުޅުންތެރިންނަށް ލިބުމުގައި ޕީއާރު މުހިންމު ދައުރެއް އަދާކުރާކަމެވެ. އެނގޭހާވެސް ކަމަކީ ރަފީނިޔާއަށް 5 ވަނަ ލިބުމުގައި ބާސެލޯނާގެ ސަޕޯޓަރުންނާއި ޕީއާރު އޭނާގެ ފަހަތުގައި ފުރަތަމަ ދުވަހުންފެށިގެން ތިބި ނަމަ، މިއެވޯޑްގެ އެއްވަނަ ނުވަތަ ދެވަނައިގައި ރަފީނިޔާ ހިމެނޭނެކަމެވެ.

G1fkEUWXYAAPppM.jpeg

ގިނަބަޔަކު އަދިވެސް ޤަބޫލުކުރަނީ މިއަހަރުގެ ބެލޯން ޑީ އޯރުގެ ހަނގުރާމަ އޮންނަންވީ ރަފިންހާއާއި ޑެމްބެލޭއާ ދެމެދުގައި ކަމަށެވެ.

މިކަމާގުޅިގެން ބްރެޒިލްގެ ތަރި ނޭމާވެސް ވަނީ ސޯސަލް މީޑިޔާގައި ފާޑުކިޔާފައެވެ. ނޭމާ ފާހަގަ ކުރިގޮތުގައި ރަފީނިޔާއަށް 5 ވަނަ ލިބުމަކީ ބޮޑު ޖޯކެކެވެ.

ރަފީނިޔާގެ ބެލަންޑޯ މަޤާމާމެދު އުފެދިފައިވާ ބަހުސް އަވަހަކަށް ނިމޭނެހެނެއް ނުފެނެއެވެ. މިއަދު އޭނާއަކީ ބާސެލޯނާގެ ބައިބައިވެފައިވާ ޕީއާރު ސްޓްރެޓެޖީގެ ޝިކާރައަކަށްވެފައިވާ ކުޅުންތެރިއެއްހެއްޔެވެ؟ ނުވަތަ ޔަމާލްގެ ކުރިއެރުމާއެކު އޭނާގެ ސީނިއަރ ޓީމްމޭޓްގެ ފާހަގަކޮށްލެވޭ ކުޅުން ފޮރުވާލީ ހެއްޔެވެ؟ ނުވަތަ ހަމައެކަނި ޑެމްބެލޭގެ ޗެމްޕިއަންސް ލީގު މެޑެލްގެ ބުރަދަނުން މިކަން ބަދަލުވެގެން ދިޔައީ ހެއްޔެވެ؟

ޔަޤީންކަމާއެކު ބުނެވޭ އެއްކަމަކީ، މެސީ ފިޔަވައި ބާސެލޯނާގެ ފޯވަޑެއްގެ ގޮތުގައި އެންމެ މޮޅު ސީޒަނެއް ހޭދަކުރި ކުޅުންތެރިޔާއަކީ މި ބްރެޒިލް ކުޅުންތެރިޔާ ކަމެވެ. ގިނަ ބަޔަކު ދެކޭގޮތުގައި، އޭނާ ފަސްވަނައަށް ދިއުމަކީ މިއެވޯޑް ދޭގޮތާއިމެދުގައި ބަދަލުކުރަންޖެހޭ ކަންތައްތަކެއް ހުރިކަމުގެ ނިޝާނެކެވެ.

ލީޑްސް ކަހަލަ އާދައިގެ ޓީމަކުން ދުނިޔޭގެ އެންމެ ބޮޑު އެއް ޓީމަށް ބަދަލުވެ، އަގުނުކުރެވޭ ޚިދްމަތްތަކެއް ކޮށްދީ ޓީމަށް އެވަރުގެ ބޮޑެތި ކާމިޔާބީތަކެއް ހޯދައިދިން ރަފީނިޔާގެ ފަރާތުން މިވަގުތު، ދުނިޔެއަށް ފެންނަނީ އެ ހިނިތުންވުމެވެ. ޤުރުބާންވުމާއި، އަނާއިންސާފާއި ނުބުނެވި އޮތް ވޭނުގެ މެސެޖުތައް ފޮރުވާފައިވާ ހިނިތުންވުމެކެވެ. ރަފިންހާއަށް ބެލަންޑޯ ނުލިބުނު ނަމަވެސް، ގިނަ ބައެއްގެ ނަޒަރުގައި، ފާއިތުވި ސީޒަންގައި އޭނާ ސާބިތުކޮށްދިނީ އޭނާއަކީ ޔޫރަޕިއަން ފުޓްބޯޅައިގެ އެންމެ މޮޅު ކުޅުންތެރިޔާގެ ގޮތުގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ރަފީނިޔާގެ ހިނިތުންވުމުގެ ފަހަތުގައި ފޮރުވިފައިވާ އެތައް މެސެޖުތަކެއް. މިއީ ހަމަ ޙައްގު މިންވަރުބާ؟ރިޕޯޓް | 2 ގަޑިއިރު ކުރިންބާސެލޯނާގެ ގަވީ އަށް އަނިޔާވެ ވޯލްޑްކަޕް ސްކޮޑުން ޖާގަ ގެއްލިދާނެކަމުގެ ބިރު ހީވެއްޖެކުޅިވަރު | 4 ގަޑިއިރު ކުރިންމުޅި އާއިލާ ގޮވައިގެން ދިޔަ ޔަމާލްއަށް ނުލިބި ބެލަންޑޯ ޑެމްބެލޭއަށްކުޅިވަރު | 2 ދުވަސް ކުރިންޔަމާލް ގޭގައި ބަތްކަކްކާ ކުޅެން ބޭންދުމަށްފަހު ބާސެލޯނާއިން އުދުހެނީކުޅިވަރު | 2 ދުވަސް ކުރިން