logo
Bank of Maldives

Bank of Maldives

ޚަބަރު

މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓަކާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރަނީ

އާމިނަތު ޝަފާ
22 ސެޕްޓެމްބަރު 2025 - 04:15
މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓަކާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީއެއް ގާއިމުކުރަނީ

މ. މުލަކުގައި 30 ޓަނުގެ އައިސްޕްލާންޓާއި 60 ޓަނުގެ އައިސް ސްޓޯރޭޖް ފެސިލިޓީ ގާއިމުކުރުމުގެ އެއްބަސްވުމުގައި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑާއެކު ސޮއިކޮށްފިއެވެ.

މި އެއްބަސްވުމުގައި މަސްވެރިކަމާއި ކަނޑުގެ ވަސީލަތްތަކާއި ބެހޭ ވުޒާރާގެ ފަރާތުން ސޮއިކުރެއްވީ މިނިސްޓަރ އަޙްމަދު ޝިޔާމެވެ. އަދި 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ސޮއިކުރެއްވީ އެ ކުންފުނީގެ ޑިރެކްޓަރ ޑރ. އިކްލީލް ޝަރީފެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި މަސައްކަތަކީ، މާލެއަތޮޅު މެރިކަލްޗަރ މަސައްކަތް އެވޯޑު ކޮށްފައިވާ 3 ވޭ އެންޓަރ ޕްރައިސަސް ޕްރައިވެޓް ލިމިޓެޑު ކުންފުނީގެ ސީ.އެސް.އާރް (ކޯޕަރޭޓް ސޯޝަލް ރެސްޕޮންސިބިލިޓީ)ގެ ދަށުން ކުރިއަށްގެންދާ މަސައްކަތެކެވެ.

މުލަކުގައި ގާއިމުކުރާ އައިސްޕްލާންޓްގެ މަސައްކަތް 8 މަސް ދުވަހުގެ ތެރޭގައި ނިންމާލުމަށްވަނީ ހަމަޖެހިފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

މާބައިދޫގައި ޤާއިމުކުރާ އައިސްޕްލާންޓާއި އައިސް ސްޓޯރޭޖް ފެސިލިޓީގެ އަމަލީ މަސައްކަތް ފަށައިފިޚަބަރު | 7 ދުވަސް ކުރިންކަށިމިޔަރުގެ މަސްވެރިކަމަށް، މެނޭޖްމަންޓް ޕްލޭނަށް އާންމުންގެ ހިޔާލު ހޯދަނީޚަބަރު | 7 ދުވަސް ކުރިންޒުވާނުން މަސްވެރިކަމަށް ޝައުގުވެރިކުރުވަން ޚާއްސަ ޕްރޮގްރާމެއްޚަބަރު | 11 ދުވަސް ކުރިންމިއަހަރުގެ ފުރަތަމަ 8 މަސްދުވަހު ރާއްޖޭގެ މަސް އެކްސްޕޯޓް %90 އަށްވުރެ އިތުރުވެއްޖެވިޔަފާރި | 14 ދުވަސް ކުރިން