logo
ދުނިޔެ

ނަސްރުﷲ އަވަހާރަވިކަން ހެޒްބުﷲ އިން ކަށަވަރުކޮށްދީފި

އަޙްމަދު ސަދޫފް މޫސާއަޙްމަދު ސަދޫފް މޫސާ
28 ސެޕްޓެމްބަރު 2024 - 12:12
ހިޒްބުﷲގެ ލީޑަރު ނަސްރުﷲ
ހިޒްބުﷲގެ ލީޑަރު ނަސްރުﷲ

ލުބްނާނުގައި ހަރަކާތްތެރިވާ ހެޒްބުﷲ އިން، އެ ޖަމާއަތުގެ ލީޑަރު ސައްޔިދު ނަސްރުﷲ އަވަހާރަވެއްޖެކަން ކަށަވަރުކޮށްދީފިއެވެ.

ހެޒްބުﷲ އިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ޔަހޫދީން އިއްޔެ ދިން ބާރުގަދަ ޙަމަލާގައި، އެ ޖަމާއަތުގެ ލީޑަރު ނަސްރުﷲ އަވާހަރަވެފައިވާ ކަމަށެވެ. އަދި އެކަމުގެ ހިތާމަ އެ ޖަމާއަތުން ވަނީ ފާޅުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެ ބަޔާނުގައި އެ ޖަމާއަތުން ވަނީ ނަސްރުﷲ އެ ޖަމާއަތް ކުރިއެރުވުމަށް ކުރެއްވި މަސައްކަތްތައް ފާހަގަކުރައްވާފައެވެ.

ނަސްރުﷲ އަވާހަރަވެފައިވާކަން ހިޒްބުﷲ އިން އިއުލާންކުރުމުގެ ކުރިން، ޔަހޫދީ ދައުލަތް އިސްރާއީލުން އެކަން ވަނީ އިއުލާންކޮށްފައެވެ.

މިއީ ޣައްޒާގެ ހަނގުރާމަ ފެށި ފަހުން، އިސްރާއީލާ ދެކޮޅަށް ހަނގުރާމަ ކުރާ ޖަމާއަތެއްގެ ލީޑަރަކު، އިސްރާއީލުން ޝަހީދުކުރި ދެވަނަ ފަހަރެވެ. އެގޮތުން މިދިޔަ ޖުލައި މަހު ޣައްޒާގައި ހަރަކާތްތެރިވާ ހަމާސްގެ ލީޑަރު އިސްމާއީލް ހަނިއްޔާ ވެސް އިސްރާއީލުން ވަނީ އަވަހާރަކޮށްލާފައިއެވެ.

Hajj Corpooration

Hajj Corpooration

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނު ލުބުނާނުގައި އިޒްރޭލުން ހިންގި އަމަލުތައް ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ: އެމްނެސްޓީދުނިޔެ | 4 ދުވަސް ކުރިންހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވެއްޖެދުނިޔެ | 9 މަސް ކުރިންލުބުނާނުން އިޒްރާއީލް އާދެކޮޅަށް 340 މިސައިލް ފޮނުވައިލައިފިދުނިޔެ | 9 މަސް ކުރިންމަންމައެއް ދެ ކުދިން ގޮވައިގެން ލުބްނާނުން ފިލައިފިޚަބަރު | އަހަރެއް ކުރިން