logo
Bank of Maldives

Bank of Maldives

ދުނިޔެ

ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވެއްޖެ

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
30 ނޮވެމްބަރު 2024 - 04:37
ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިއާގައި އިސްރާއީލުން ދިން ޙަމަލާ ހިނގި ސަރަހައްދު--- ފޮޓޯ/ނިއުޔޯކް ޓައިމްސް
ޣައްޒާގެ އުތުރުގައި އޮންނަ ބެއިޓް ލަހިއާގައި އިސްރާއީލުން ދިން ޙަމަލާ ހިނގި ސަރަހައްދު--- ފޮޓޯ/ނިއުޔޯކް ޓައިމްސް

ހިޒުބުﷲ އާއި އިޒްރާއީލާ ދެމެދު ކުރަމުންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވެއްޖެ ކަމަށް ލުބުނާނުން ބުނެފިއެވެ.

ލުބުނާނުގެ އިސް ފަރާތްތަކުން ބުނެފައިވާ ގޮތުގައި، ބުދަ ދުވަހުގެ ފަތިހު ދެ ޤައުމުގެ ދެމެދުގައި ހުއްޓުމަކަށް އައި ހަނގުރާމައިގެ އެއްބަސްވުމާ އިޒްރާއީލުން ވަނީ ގިނަ ފަހަރު މަތިން ޚިލާފުވެފައެވެ. އަނަދޫލު އޭޖެންސީގެ ރިޕޯޓުގައި ބުނެފައިވާ ގޮތުގައި އިޒްރާއީލުގެ ސިފައިންގެ އިއުލާންތަކާއި ލުބުނާނުގެ ނޭޝަނަލް ނިއުސް އޭޖެންސީގެ ރިޕޯޓުތަކުން ދައްކާ ގޮތުން މިހާތަނަށް މި އެއްބަސްވުމާ 18 ފަހަރު ޚިލާފުވެފައިވެއެވެ. އޭގެ ތެރެއިން 13 ފަހަރު ޚިލާފުވެފައިވަނީ ބުދަ ދުވަހުއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ޙިޒްބުاللهއާއި ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިންނާ ދެމެދު ޙަމަލާ ބަދަލު ކުރަން ފަށާފައި ވަނީ މީގެ 13 މަސް ކުރިން ފަލަސްޠީނުގެ ޣައްޒާގެ މުސްލިމުންގެ ނަސްލުހޭދު ކުރަން ޔަހޫދީން ލާއިންސާނީ ޢުދުވާނެއް ފެށުމާ ގުޅިގެންނެވެ. ޒަޔަނިސްޓު އިސްރާއީލުގެ ރަށްތަކާއި ޔަހޫދީ ފައުޖުގެ އަސްކަރީ މަރުކަޒުތަކަށް ޙިޒްބުاللهން ޙަމަލާ ދޭން ފަށާފައި ވަނީ ފަލަސްޠީނުގެ ރައްޔިތުންނާއި، އެ ޤައުމުގެ މިނިވަން ކަމަށް ޖިހާދު ކުރާ މުޖާހިދުންނަށް ވާގިވެރިވުމުގެ ގޮތުންނެވެ. އެ ޖަމާޢަތުގެ އަމާޒަކީ ޣައްޒާ ޢުދުވާން ހުއްޓުމަކަށް ގެނައުމަށް ޔަހޫދީންނަށް ބާރު އެޅުމެވެ.

ނަމަވެސް، ސެޕްޓެންބަރު 23ވަނަ ދުވަހު ޔަހޫދީ ފައުޖުން ވަނީ ލުބްނާންގެ ޢާންމުން ދިރިއުޅޭ ރަށްތަކަށް ބޮންއަޅަން ފަށާފައެވެ. އެންމެ ނުރައްކާތެރި ޙަމަލާތައް އަމާޒު ކުރަމުން ގޮސްފައި ވަނީ ވެރިރަށް ބައިރޫތާއި ދެކުނުގެ ރަށްތަކުގެ އިތުރުން އަލް-ބިޤާޢު ވާދީގެ ސަރަޙައްދުތަކަށެވެ. އެއަށްފަހު، އޮކްޓޫބަރު 1ވަނަ ދުވަހު ޔަހޫދީ ފައުޖުގެ ނިރުބަވެރި ސިފައިން، ބަރުހަތިޔާރާއި އަސްކަރީ ޓޭންކުފަހަރާ އެކު ލުބްނާންގެ ދެކުނުގެ ރަށްތަކަށް އަރައިގަނެ، ޤަތުލުޢާންމު އިތުރަށް ފުޅާކުރިއެވެ.
އެއްބަސްވުމުގެ ޝަރުޠުތަކުގެ ދަށުން، އިޒްރާއީލުން އެގައުމުގެ ސިފައިން ބްލޫ ލައިން ކިޔާ ދެ ޤައުމުގެ ސަރަޙައްދު ވަކިކުރާ ރޮނގުގެ ދެކުނަށް މަރުޙަލާތަކަކަށް ބަހާލައިގެން އަނބުރާ ގެންދާނެއެވެ. އަދި ލުބުނާނުގެ ސިފައިން 60 ދުވަހުގެ ތެރޭގައި ދެކުނު ލުބުނާނަށް ފޯރުކުރާނެއެވެ.

މި އެއްބަސްވުން ތަންފީޒުކުރުމުގެ މަސައްކަތް ބެލެހެއްޓުމަށް ހަމަޖެހިފައިވަނީ އެމެރިކާ އާއި ފަރަންސޭސްވިލާތުންނެވެ. ނަމަވެސް އެއްބަސްވުން ތަންފީޒުކުރުމުގެ ތަފްސީލީ ގޮތްތައް އަދިވެސް ސާފެއް ނޫނެވެ.

ލުބުނާނުގެ ސިއްޙީ އިދާރާތަކުން ބުނާ ގޮތުގައި، ފާއިތުވި އަހަރުގެ އޮކްޓޯބަރު މަހުން ފެށިގެން އިޒްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 3،960 އަށްވުރެ ގިނަ މީހުން މަރުވެ، 16،500 އަށްވުރެ ގިނަ މީހުންނަށް އަނިޔާވެފައިވެއެވެ. އަދި 1 މިލިއަނަށްވުރެ ގިނަ މީހުން ގެދޮރު ދޫކޮށް ދާން މަޖުބޫރުވެފައިވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ދެކުނު ލުބުނާނުގައި އިޒްރޭލުން ހިންގި އަމަލުތައް ހަނގުރާމައިގެ ކުށްތަކުގެ ގޮތުގައި ތަހުގީގު ކުރަންޖެހޭ: އެމްނެސްޓީދުނިޔެ | 2 މަސް ކުރިންހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އިޒްރާއީލުން ޚިލާފުވެއްޖެދުނިޔެ | އަހަރެއް ކުރިންލުބުނާނުން އިޒްރާއީލް އާދެކޮޅަށް 340 މިސައިލް ފޮނުވައިލައިފިދުނިޔެ | އަހަރެއް ކުރިންމަންމައެއް ދެ ކުދިން ގޮވައިގެން ލުބްނާނުން ފިލައިފިޚަބަރު | އަހަރެއް ކުރިން