logo
Bank of Maldives

Bank of Maldives

ދުނިޔެ

އޭރުވެސް މިހާރުވެސް ޔަހޫދީން ދައްކަނީ މުނާފިގުކަން: އެއްބަސްވުމާ ޚިލާފުވެ ލުބްނާނަށް އަނެއްކާވެސް ހަމަލާދީފި

އިސްމާޢިލް ރާތިޢު
9 ޑިސެމްބަރު 2025 - 04:45
ފޮޓޯ: ރޮއިޓަރޒް
ފޮޓޯ: ރޮއިޓަރޒް

އެމެރިކާ މެދުވެރިއަކަށްވެ، ޔަހޫދީންނާ ލުބްނާނުގެ ހަތިޔާރުއެޅި ޖަމާޢަތެއް ކަމަށްވާ ޙިޒްބުﷲ އާ ދެމެދު މިދިޔަ އަހަރު ވެވިގެންދިޔަ ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމާ އަނެއްކާވެސް ޚިލާފުވެ، ޔަހޫދީންނަކީ އޭރުވެސް އަދި މިހާރުވެސް އެއްވެސް ވަރަކަށް އިރުބާރުކުރެވޭނެ ބައެއް ނޫންކަން ސާބިތުކޮށްދީފިއެވެ.

ލުބްނާނުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވާ ގޮތުގައި ޔަހޫދީން ރޭގެ ވަގުތެއްގައިދިން މި ހަމަލާތަކުގައި އެތައް ބައެއްގެ ގެދޮރަށް ވަނީ ގެއްލުންލިބިފައެވެ. މި ހަމަލާތަކުގައި، އެކިފަހަރުމަތިން ލުބްނާނުގެ ހަތަރު ސަރަހައްދަކަށް ޔަހޫދީންގެ ޖެޓުތަކުން ހަމަލާދީފައިވާ ކަމަށް އެގައުމުގެ ދައުލަތުގެ މީޑިއާއާ ހަވާލާދީ އަލްޖަޒީރާއިން ރިޕޯޓުކޮށްފައިވެއެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް މި ހަމަލާތަކުގައި އެއްވެސް މީހަކު ޝަހީދުވެފައިވާކަމުގެ ޚަބަރެއް ލިބިފައެއް ނުވެއެވެ.

ޔަހޫދީންގެ ސިފައިންގެ ރަސްމީ އެކްސް އެކައުންޓުގައި ކޮށްފައިވާ ޕޯސްޓެއްގައި ބުނެފައިވަނީ ޙިޒްބުﷲ ގެ އެލީޓް ޖަމާޢަތް، ރަދްވާންގެ ޓްރެއިނިންގ ކޮމްޕައުންޑެއް ހިމެނޭހެން އެޖަމާޢަތާ ގުޅުންހުރި ސަރަހައްދުތަކަކަށް ހަމަލާދީފައިވާކަމަށެވެ. މީގެތެރޭގައި އެކި އިމާރާތްތަކާއި ރޮކެޓް ލޯންޗުކުރާ ސަރަހައްދެއްވެސް ހިމެނޭކަމަށް ޔަހޫދީން ބުނެފައިވެއެވެ.

ފާހަގަކުރެވޭގޮތުގައި މިފަހަރުގެ ހަމަލާތައް ދީފައިމިވަނީ ދެގައުމުންވެސް ހަނގުރާމަ ހުއްޓާލުމުގެ މަޝްވަރާތަކުގައި ބައިވެރިކުރުމަށް އެމެރިކާގެ ލަފާގެ ދަށުން އާންމުންގެ ބަޔަކު ފޮނުވާފައިވާ ދަނޑިވަޅެއްގައެވެ.

މިދިޔަ އަހަރު އެމެރިކާ މެދުވެރިއަކަށްވެ އޮވެ އެކުލަވާލެވުނު ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުމަކީ، 2023 ވަނަ އަހަރު ޙަމާސް އިން ޔަހޫދީ ދައުލަތަށްދިން ވަރުގަދަ ހަމަލާތަކަށް ޙިޒްބުﷲ އިން ވާގިވެރިވުމުން ޔަހޫދީންނާ ޙިޒްބުﷲ އާ ދެމެދު ކުރެވެމުން އައިސްފައިވާ ހަނގުރާމަ ހުއްޓާލުމަށް ވެވިފައިވާ އެއްބަސްވުމެކެވެ. ނަމަވެސް ޔަހޫދީން އަދިވެސް އަންނަނީ ޙިޒްބުﷲ އަށް އަމާޒުކޮށް ކަމަށްބުނެ، ލުބްނާނުގެ އާންމުން ތެރެއަށް ކޮންމެދުވަހަކު ކަހަލަ ގޮތަކަށް ބޮންއަޅަމުންނެވެ.

އެކުވެރި ދައުލަތްތަކުގެ ޖަމިއްޔާ، (އދ) އިން މިދިޔަ މަހު ނެރެފައިވާ ރިޕޯޓެއް ބުނާގޮތުން ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން އެކުލަވާލެވުނު ހިސާބުން ފެށިގެން ޔަހޫދީންގެ ހަމަލާތަކުގައި މަދުވެގެން 52 ކުޑަކުދިން ހިމެނޭހެން، މަދުމެގެން 127 އާންމުން ވަނީ ޝަހީދުވެފައެވެ.

މި ހަމަލާތަކާ ގުޅޭގޮތުން ލުބްނާނުގެ ރައީސް ހުކުރު ދުވަހު ވިދާޅުވެފައިވަނީ، އެގައުމުން ޔަހޫދީންނާއެކު ސުލްހައިގެ މަޝްވަރާތައް ފަށާފައިވާނެ ކަމަށާއި މި މަޝްވަރާތަކުގެ އަމާޒަކީ ޔަހޫދީން ހުއްޓުމެއްނެތި ލުބްނާނަށް ދެމުންދާ ހަމަލާތައް ހުއްޓުވާލުން ކަމަށެވެ.

ނަމަވެސް، މިދިޔަ ހަފްތާތެރޭ ޔަހޫދީން ދިން ހަމަލާއެއްގައި ޙިޒްބުﷲ ގެ އިސް މިލިޓަރީ ކޮމާންޑަރު ޙައިޘަމް ޢަލީ ތަބްތަބާއީ ޝަހީދުކޮށްލާފައިވުމާ ގުޅިގެން މަޝްރަހު އޮތީ އަނެއްކާވެސް ހޫނުވެފައެވެ. ނަމަވެސް މި ޙަމަލާގެ ރައްދުގައި އެޖަމާޢަތުން އަދި ޙަމަލާއެއް ދީފައެއް ނުވެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އޭރުވެސް މިހާރުވެސް ޔަހޫދީން ދައްކަނީ މުނާފިގުކަން: އެއްބަސްވުމާ ޚިލާފުވެ ލުބްނާނަށް އަނެއްކާވެސް ހަމަލާދީފި ދުނިޔެ | 2 ގަޑިއިރު ކުރިންޔަހޫދީންނަށް ރައްދުދިނުމަކީ ޙިޒްބުﷲ އަށް ލިބިފައިވާ ޙައްޤެއް: ޙިޒްބުﷲގެ ލީޑަރުދުނިޔެ | 10 ދުވަސް ކުރިންދެކުނު ލުބްނާންގައި ހަރަކާތްތެރިވާ އދ. ގެ ފައުޖަށް ޔަހޫދީންގެ ހަމަލާތަކެއްދުނިޔެ | 22 ދުވަސް ކުރިންއިސްރާއީލުން އަނެއްކާވެސް ލުބްނާންގެ ޢާންމު ރައްޔިތުން ތަކަކަށް ޙަމަލާދީފިދުނިޔެ | މަހެއް ކުރިން