logo
Bank of Maldives

Bank of Maldives

ދުނިޔެ

ލުބުނާނުން އިޒްރާއީލް އާދެކޮޅަށް 340 މިސައިލް ފޮނުވައިލައިފި

މަރްޔަމް މިލްޒަމް މަސްއޫދްމަރްޔަމް މިލްޒަމް މަސްއޫދް
25 ނޮވެމްބަރު 2024 - 04:21
 ތެލް އަވީވަށް ލުބުނާނުން ދިން ހަމަލާގައި މިސައިލެއް ވެއްޓުނު ސަރަހައްދު--- ފޮޓޯ/ރޮއިޓާސް
ތެލް އަވީވަށް ލުބުނާނުން ދިން ހަމަލާގައި މިސައިލެއް ވެއްޓުނު ސަރަހައްދު--- ފޮޓޯ/ރޮއިޓާސް

އިސްރާއީލުގެ އަސްދޫދު ސިޓީގައި ހުރި ކަނޑުގެ ސިފައިންގެ މަރުކަޒަކަށް ހަމަލާދީ، އެންމެ ފަހުގެ ހަތިޔާރު ބޭނުންކޮށްގެން އޮޕަރޭޝަނެއް ހިންގާފައިވާ ކަމަށް އީރާނުގެ ތާއީދު އޮންނަ ލުބުނާނުގެ ހަތިޔާރު އެޅި ޖަމާއަތް ހިޒްބުﷲ އިން ބުނެފިއެވެ.

މިއީ އިޒްރޭލުން ބެއިރޫތަށް ދިން ވައިގެ ހަމަލާތަކުގައި 29 މީހުން ޝަހީދުވުމާ ގުޅިގެން ބަދަލު ހިފުމުގެ ގޮތުން ހިޒްބުالله އިން އިޒްރޭލަށްދިން ހަމަލާތަކެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

އިސްރާއީލުގެ އަސްކަރިއްޔާއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ތެލް އަވީވް ހިމެނޭ ގޮތަށް އިސްރާއީލުގެ މެދުތެރެއާއި އުތުރުގެ ސަރަހައްދުތަކުގައި ވައިގެ ހަމަލާތަކުގެ އަޑު އިވިފައިވެއެވެ.

އިސްރާއީލުގެ އުތުރަށް ފޮނުވާލި ގިނަ އަދަދެއްގެ މިސައިލް ހުއްޓުވާފައިވާ ކަމަށް އަސްކަރިއްޔާއިން ބުނެފައިވާއިރު، ލުބުނާނުން 250 މިސައިލް ފޮނުވާލާފައިވާ ކަމަށް ވެސް އަސްކަރިއްޔާއިން ބުނެއެވެ.

ފަހުން އިސްރާއީލު ސިފައިންގެ ރޭޑިއޯއިން ރިޕޯޓްކޮށްފައިވާ ގޮތުގައި ލުބުނާނުން 340 މިސައިލް ފޮނުވާލާފައިވެއެވެ.

އެ ހަމަލާތަކުގައި ގާތްގަޑަކަށް 11 މީހަކު ޒަޚަމްވެފައިވާއިރު، އޭގެ ތެރޭގައި ހާލު ސީރިއަސް މީހަކުވެސް ހިމެނޭ ކަމަށް މެޑިކަލް އެޖެންސީތަކުން ބުނެއެވެ.

އިސްރާއީލުން ދިން ހަމަލާތަކުގައި ލުބުނާނުގައި 3،500 އަށް ވުރެ ގިނަ މީހުން މަރުވެފައިވާއިރު، ހަނގުރާމައިގެ ސަބަބުން ގާތްގަނޑަކަށް 1.2 މިލިއަން މީހުން ނުވަތަ ލުބުނާނުގެ އާބާދީގެ ތިންބައިކުޅަ އެއްބައި މީހުން ވަނީ ގެދޮރު ދޫކޮށް ގޮސްފައެވެ.

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އިޒްރޭލުން ކުރަމުންދާ ހަނގުރާމަތަކުގެ ޚަރަދު 15 ބިލިއަން ޑޮލަރަށް އަރައިފިދުނިޔެ | 21 ދުވަސް ކުރިން"ލުބުނާނަށް ދެމުންދާ ޙަމަލާތަކަކީ ޤައުމުގެ އިސްތިޤުލާލަށް އަރައިގަތުމުގެ ޢަމަލެއް"ދުނިޔެ | މަހެއް ކުރިންއިސްރާއީލުން ލުބްނާނަށް އިތުރު ސިފައިން ފޮނުވާ، ހަނގުރާމަ ފުޅާކުރަނީދުނިޔެ | މަހެއް ކުރިންއޭރުވެސް މިހާރުވެސް ޔަހޫދީން ދައްކަނީ މުނާފިގުކަން: އެއްބަސްވުމާ ޚިލާފުވެ ލުބްނާނަށް އަނެއްކާވެސް ހަމަލާދީފި ދުނިޔެ | 5 މަސް ކުރިން