logo
Bank of Maldives

Bank of Maldives

ކުޅިވަރު

އާސެނަލްގެ ނޯނީ މަޑުއެކޭ އަށް އަނިޔާވެ 2 މަސްދުވަހަށް ކުޅުމާއި ދުރަށް

އަބްދުﷲ ޣާނިމް
23 ސެޕްޓެމްބަރު 2025 - 12:53
އާސެނަލްގެ ނޯނީ މަޑުއެކޭ އަށް އަނިޔާވެ 2 މަސްދުވަހަށް ކުޅުމާއި ދުރަށް

އާސެނަލްގެ އެޓޭކަރ ނޯނީ މަޑުއެކޭގެ ކަކުލަށް ލިބުނު އަނިޔާއާ ގުޅިގެން 2 މަސް ދުވަހުގެ މުއްދަތަށް ކުޅުމުން މަޙުރޫމްވެއްޖެކަމަށް ޑޭވިޑް އޯންސްޓީން ވަނީ ހާމަކޮށްފައެވެ.

23 އަހަރުގެ މި ކުޅުންތެރިޔާއަށް މި އަނިޔާ ލިބިފައިވަނީ މެންޗެސްޓަރ ސިޓީއާ ދެކޮޅަށް ކުޅުނު މެޗުގައެވެ. އެ މެޗުގައި މަދުއެކީ ފުރަތަމަ ހާފުގައި ކުޅެ، ދެވަނަ ހާފަށް ބުކާޔޯ ސަކާ ވަނީ ބަދަލުކޮށްފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

މަޑުއެކޭ އަކީ އާސެނަލްގެ ފޯވަޑް ލައިންގައި ތިބި ކުޅުންތެރިންގެ ތެރެއިން އަނިޔާގެ ލިސްޓަށް އެންމެ ފަހުން އިތުރުވި ކުޅުންތެރިޔާއެވެ. . މީގެ ކުރިން ކައި ހަވާޓްޒްގެ ކަކުލަށް އަނިޔާވެ، އޯގަސްޓް މަހުގެ ފަހުކޮޅު ސަރޖަރީއެއް ހަދަންޖެހުނެވެ. އަދި ގެބްރިއެލް ޖީސަސްގެ ކަކުލުގެ އޭސީއެލް ކެނޑި، ޖެނުއަރީ މަހު ސަރޖަރީއެއް ހަދަންޖެހުނެވެ.

މި ހުރިހާ ކުޅުންތެރިން އަނިޔާވުމާ ގުޅިގެން، މި މޫސުމުގައި ޓީމާ ގުޅުނު ވިކްޓަރ ގިއޯކެރެސްއަކީ މިވަގުތު ޓީމުގައި ހުރި ހަމައެކަނި ނަންބަރު 9 ޕޮޒިޝަންގެ ކުޅުންތެރިޔާއެވެ.

މި އަނިޔާތަކަކީ އާސެނަލްގެ ޕްރިމިއަރ ލީގު ޗެމްޕިއަންޝިޕް ވާދައަށް ބޮޑު ހުރަހަކަށް ވެދާނެ ކަމެއްކަމަށް ފުޓްބޯޅައިގެ މާހިރުން ލަފާކުރެއެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

އާސެނަލްގެ ނޯނީ މަޑުއެކޭ އަށް އަނިޔާވެ 2 މަސްދުވަހަށް ކުޅުމާއި ދުރަށްކުޅިވަރު | 19 ގަޑިއިރު ކުރިންސިޓީ ބަހައްޓާލި ބަސް، އާސެނަލްއިން ފަހުގަޑީގައި ދަމާލުމާއެކު ލިވަޕޫލް ސަޕޯޓަރުން ހެވިފައިކުޅިވަރު | 2 ދުވަސް ކުރިންއާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށްކުޅިވަރު | 10 ދުވަސް ކުރިން ޗެންޕިއަންސް ލީގުގައި ޓީމުގެ ފުރަތަމަ 11 ގެ ބަދަލުގައި ކޯޓުގެ ކުރީޝީޓުން ގެޔޯޜކެރޭސް އަށް ޖާގަދެނީކުޅިވަރު | 17 ދުވަސް ކުރިން