logo
Bank of Maldives

Bank of Maldives

ކުޅިވަރު

ސިޓީ ބަހައްޓާލި ބަސް، އާސެނަލްއިން ފަހުގަޑީގައި ދަމާލުމާއެކު ލިވަޕޫލް ސަޕޯޓަރުން ހެވިފައި

އަބްދުﷲ ޣާނިމް
22 ސެޕްޓެމްބަރު 2025 - 03:08
ސިޓީ ބަހައްޓާލި ބަސް، އާސެނަލްއިން ފަހުގަޑީގައި ދަމާލުމާއެކު ލިވަޕޫލް ސަޕޯޓަރުން ހެވިފައި

އާސެނަލް ގެ އަމިއްލަ ދަނޑުގައި ސިޓީއާއި ދެކޮޅަށް ކުޅުނު މެޗުގައި ޕެޕް ގާޑިއޯލާ މެޗުގެ 9 ވަނަ މިނެޓުން ފެށިގެން 90 ވަނަ މިނެޓާއި ހަމައަށް ބެހެއްޓީ ބަސް ފަހުގަޑީގައި ދަމާލައިފިއެވެ.

މި މުހިންމު 3 ޕޮއިންޓް ހޯދުމަށް މެންޗެސްޓަރ ސިޓީގެ ކޯޗު ޕެޕް ގުއާޑިއޯލާ ކުރި މަސައްކަތް ކާމިޔާބުވާން ކައިރިވެފައި ވަނިކޮށް، އާސެނަލްގެ ގެބްރިއެލް މާޓިނެލީ ވަނީ 93 ވަނަ މިނެޓުގައި ގާޑިއޯލާގެ ބަސް ޕާކިން ހަލާކުކޮށްލުމަަށްފަހު މެޗު އެއްވަރުކޮށްފައެވެ. މި މެޗު ނިމުނީ 1-1 އިން އެއްވަރުވެގެންނެވެ. މެޗުގެ ސިޓީގެ ގޯލު ކާޟިޔާބުކުރީ 9 ވަނަ މިނެޓުގައި ހާލަންޑްއެވެ. މިއީ ސިޓީއަށް މިމެޗުގައި އާސެނަލް ގެ ގޯލާއިހަމައަށް ގެންދެވުނު މަދު ފުރުސަތުގެ ތެރެއިން ފުރުސަތެކެވެ.

Ad by Hajj Corporation

Ad by Hajj Corporation

މި ނަތީޖާއަކީ ދެ ޓީމަށްވެސް ޕްރިމިއަރ ލީގު ކާމިޔާބުކުރުމުގެ އުންމީދަށް ލިބުނު ބޮޑު ލޮޅުމެކެވެ.

މެޗު ނިމުމާއެކު ސިޓީގެ ކޯޗު ގުއާޑިއޯލާގެ މޫނުމަތިން ފެނުނީ ހިތާމައިގެ ކުލަވަރެވެ. އޭނާ ވަނީ ސިޓީގެ ސަޕޯޓަރުންނާ ދިމާލަށް ލަހުން އަތްތިލަބަޑިޖަހާލުމަށްފަހު،މަޑުމޮޅި ޜާގެއްގައި ދަނޑުން ނިކުމެގެން ވަނީ ގޮސްފައެވެ. މެޗުގެ ފަހު މިނެޓުތަކުގައި ޖެހި މި ލަނޑަކީ ސިޓީއަށް ލިބުނު ވޭންދެނިވި ތަދެކެވެ.

މި ނަތީޖާއާއެކު މި ސީޒަންގެ އެންމެ ބޮޑު ކާމިޔާބީ މިހާތަނަށް ލިބިގެން ދިޔައީ ލިވަޕޫލްއަށެވެ. ފަސް މެޗުން ފަސް މެޗު ކާމިޔާބުކޮށް، 100 ޕަސެންޓް ރެކޯޑެއް ހިފަހައްޓާ ލިވަޕޫލް މިހާރު ވަނީ ޕޮއިންޓު ތާވަލުގެ އެއްވަނައިގައި 5 ޕޮއިންޓުގެ ފަރަގެއް ގާއިމުކޮށްފައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ސިޓީ ސައިޒަށް ކަނޑައި މެންޗެސްޓަރ ޔުނައިޓެޑުން އާސެނަލްފެ ސަޕޯޓަރުންނަށާް އުފާވެރިކަން ގެނެސްދީފިކުޅިވަރު | 3 ދުވަސް ކުރިންލިވަޕޫލަށް ދޯކާދިނުމަށްފަހު ގުއޭހީ އެންމެފަހުން ސިޓީއަށްކުޅިވަރު | 4 ދުވަސް ކުރިންޗެލްސީ ބަލިކޮށް އާސެނަލް އިނގިރޭސި ލީގުކަޕްގެ ފައިނަލުގެ ޖާގައެއް ހޯދުމާއި ގާތަށްކުޅިވަރު | 5 ދުވަސް ކުރިންސެމެންޔޯގެ ގޯލާއެކު ސިޓީއިން ނިއުކާސަލް ބަލިކޮށް ސެމީއާއި ގާތަށްކުޅިވަރު | 6 ދުވަސް ކުރިން