logo
MPL

MPL

ކުޅިވަރު

އާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށް

އަބްދުﷲ ޣާނިމް
14 ސެޕްޓެމްބަރު 2025 - 04:35
އާސެނަލް އަދި ޓޮޓްނަމް ޕްރީމިއަރ ލީގުގެ ތާވަލުގެ އެންމެ ކުރިޔަށް

ޕްރިމިއާ ލީގުގެ ނޯތު ލަންޑަންގެ ދެކުލަބު ކަމަށްވާ އާސެނަލް އަދި ޓޮޓްނަމް ހޮޓްސްޕާރ ވަނީ ހޮނިހިރު ދުވަހު ކުޅުނު މެޗުތަކުގައި 3-0 ގެ ނަތީޖާއިން މޮޅުވެ، ލީގުގެ އެއްވަނައިގައި އެއްވަނަ އަދި ދެވަނަ އަށް އަރައިފިއެވެ.

އެމިރޭޓްސް ސްޓޭޑިއަމްގައި ކުޅުނު މެޗުގައި މާޓިން ޒުބިމެންޑީ ވަނީ އޭނާގެ ޕްރިމިއާ ލީގުގެ ފުރަތަމަ އަދި ދެވަނަ ލަނޑުޖަހާފައެވެ. ލިވަޕޫލާ ދެކޮޅަށް ކުޅުނު މެޗުން ބަލިވުމަށްފަހު ނޮޓިންގަމް ފޮރެސްޓާ ދެކޮޅަށް ކުޅުނު މެޗުގައި ސްޕެއިންގެ މިޑްފީލްޑަރ ފުރަތަމަ ލަނޑު ޖެހީ 32 ވަނަ މިނެޓްގައި ކޯނަރަކުން ލިބުނު ބޯޅައެއްގައި ވޮލީއަކުންނެވެ. އަދި ދެވަނަ ހާފުގެ ފެށައިގެން އެންމެ މިނެޓެއްގެ ތެރޭގައި ވިކްޓަރ ގެޔޯޜކެރޭސް ވަނީ އިތުރު ލަނޑެއް ޖަހާފައެވެ. އަދި ލިއެންޑްރޯ ޓްރޮސާޑްގެ ކްރޮސް ބޯޅައަކުން ޒުބިމެންޑީ ވަނީ އޭނާގެ ދެވަނަ ލަނޑު ޖަހާފައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ނަމަވެސް އާސެނަލަށް ލިބުނު ނުތަނަވަސްކަމަކީ 18 ވަނަ މިނެޓްގައި ޓީމުގެ ކެޕްޓަން މާޓިން އޯޑެގާޑް އަނިޔާވެގެން ބަދަލުވުމެވެ. މިހާރުވެސް ބުކާޔޯ ސަކާ އަދި ވިލިއަމް ސަލީބާ އަނިޔާވެފައި ތިބި ދަނޑިވަޅެއްގައި މިކަލް އަރޓެޓާއަށް މިއީ އިތުރު ގޮންޖެހުމެކެވެ.

މީގެ އިތުރުން ޓޮޓްނަމް ވަނީ ބޯންމަތާ ދެކޮޅަށް އެންމެ ފަހުން ކުޅުނު މެޗުގައި ބަލިވުމަށްފަހު ވެސްޓްހެމްއާ ދެކޮޅަށް މުހިންމު މޮޅެއް ހޯދާފައެވެ. ދެވަނަ ހާފު ފެށިތަނާ ޕަޕެ މަޓާ ސާރ ވަނީ ޒާވީ ސިމޯންސްގެ ކޯނަރު އެސިސްޓަކުން ޓޮޓްނަމް އަށް ކުރިހޯދަދީފައެވެ. އަދި އޭގެ އޭގެ ކުޑައިރުކޮޅެއް ފަހުން ވެސްޓްހެމްގެ ޓޮމާސް ސޯޗެކް އަސް ވަނީ ރަތް ކާޑު ދައްކާފައެވެ.

lucas-bergvall_15e2blfwtdrxfz4gri73ob6ni.jpg

މީގެ އިތުުރުން ރޭގައި ލޫކަސް ބަރެވާލް ވަނީ އޭނާގެ ޕްރިމިއާ ލީގުގެ ފުރަތަމަ ލަނޑު ޖަހާފައެވެ. އަދި މިކީ ވަން ޑެ ވެން ވަނީ މެޗުގެ ތިންވަނަ ލަނޑު ޖަހާފައެވެ.

މި ދެ މޮޅާއެކު އާސެނަލް އަދި ޓޮޓެންހަމް ވަނީ 9 ޕޮއިންޓާއެކު ޕްރިމިއާ ލީގުގެ އެއްވަނައިގައި އަދި ދެވަނަ އަށް އަރާފައެވެ. ތިންވަނައިގައިވާ ލިވަޕޫލް ވެސް މިވަގުތު އޮތީ އެއްމެޗު މަދުން ކުޅެ، 9 ޕޮއިންޓާއެކީގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

14 އަހަރަށްފަހު ލިވަޕޫލް އެންފީލްޑްގައި ބަލިކޮށް، އާސެނަލް ތާވަލުގެ އެއްވަނަ އަށްކުޅިވަރު | 3 ދުވަސް ކުރިންޖެިޖެހިގެން ތިން މެޗުން މޮޅުވެ، ޓޮޓްނަމް މޮޅުވުމުގެ ސިސްސިލާ ކުރިޔަށްކުޅިވަރު | 4 ދުވަސް ކުރިންބެންޗުޓީމު އަރުވައިގެން ފޮނު އަރުވަނިކޮށް އާސެނަލް ހަތަރުވަނަ ޑިވިޝަނުގެ ޓީމެއް އަތުންބަލިވެ ކަޓައިފިކުޅިވަރު | 8 ދުވަސް ކުރިންރައިސްގެ ލަނޑުން ބަޔާން ހިފަހައްޓައި އާސެނަލް އެއްވަރުވެއްޖެކުޅިވަރު | 14 ދުވަސް ކުރިން