ރާއްޖެއަށް އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް އަތުލައިގެންފި
24 ސެޕްޓެމްބަރު 2025 - 12:51

ރާއްޖެއަށް ސިއްރުން އެތެރެކުރަން އުޅުނު 1.8 މިލިއަނަށްވުރެ ގިނަ ސިނގިރޭޓް ކަސްޓަމްސް އިން އަތުލައިގެންފިއެވެ.
ކަސްޓަމްސްއިން ބުނީ މި ތަކެތި އަތުލައިގަނެފައިވަނީ، ކަނޑުމަގުން ރާއްޖެއަށް އެތެރެކުރަން އުޅުނު ޝިޕްމެންޓެއް އައްޑޫ ސިޓީ ހިތަދޫ ޕޯޓުން ބަލާފާސްކުރުމުގެ ތެރެއިންކަމަށެވެ. މިތަކެތީގެ ޑިއުޓީއަށް ގާތްގަނޑަކަށް 15 މިލިއަން ރުފިޔާ އަރާނެކަމަށް ބެލެވޭ ކަމަށް ކަސްޓަމްސް އިން މައުލޫމާތު ދެއެވެ.

Ad by Hajj Corporation
މި މައްސަލަ ކަސްޓަމްސްއިން މިހާރު ގެންދަނީ އިތުރަށް ތަޙުޤީޤުކުރަމުންނެވެ.
މީގެ ކުރިންވެސް ކަސްޓަމްސްއިންވަނީ ގަވާއިދާ ހިލާފަށް އައްޑުއަށް އެތެރެކުރަން އުޅުނު ސިނގިރޭޓްތަކެއް އަތުލައިގެންފައެވެ.
ކަސްޓަމްސްގެ މަސައްކަތްތައް ބައްޓަންވެފައި ހުރީ، ދުރާލާ ލިބޭ އިންޓެލިޖެންސް މައުލޫމާތާއި ޓްރޭޑް ޕްރޮފައިލް އަށް ބިނާކޮށް ކަނޑައެޅޭ ހިރާސްގެ މިންވަރުތަކަށް ރިއާޔަޔްކޮށް މުދަލުގެ ލިޔެކިއުން ނިންމުމާއި މުދާ ބަލައި ފާސްކުރުމުގެ މައްޗަށްކަމަށް އެ ކުންފުނިން މައުލޫމާތުދެއެވެ.
އެގޮތުން ދުރާލާ ލިބޭ މައުލޫމާތުތަކަށް ބިނާކޮށް، ޤާނޫނާ ޤަވާއިދާ ޚިލާފު އަމަލުތަކަށް ޝައްކުކުރެވޭ ހާލަތްތަކުގައި، މުދާ ކްލިއާ ކުރުމުގެ ފުރުސަތު ދިނުމަށްފަހު، ޤާނޫނާއި ޤަވާއިދާ ޚިލާފު އަމަލުތައް ހިންގާ ނެޓްވޯކްތައް ހޯދައި، އެފަރާތްތަކަށް ވާޞިލްވުމަށްޓަކައި "ކޮންޓްރޯލްޑް ޑެލިވަރީ" އޮޕަރޭޝަންތައް ކުރިއަށް ގެންދެވޭކަން ކަސްޓަމްސްއިން ވަނީ ފާހަގަކޮށްފައެވެ.