logo
MPL

MPL

ޚަބަރު

ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވާލައިފި

އައިޝަތު ނަޝާ
16 އޮކްޓޯބަރު 2025 - 09:45
ކަސްޓަމްސްއަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވާލައިފި

މޯލްޑިވްސް ކަސްޓަމްސް ސާވިސްއަށް އެކި ކަންކަމާ ގުޅިގެން ދައްކަންޖެހޭ ފައިސާ ނުދައްކާ ކުންފުނިތަކާއި، ފަރުދުންގެ ނަންތައް ހާމަކުރުމާ ގުޅޭ އުސޫލެއް އެކުލަވައިލައި، އެ އިދާރާއިން މިއަދު ގެޒެޓުކޮށްފިއެވެ. 

މިއަދު ސަރުކާރުގެ ގެޒެޓުގައި ޝާއިއުކުރި އައު އުސޫލަކީ ކަސްޓަމްސް ގާނޫނުގެ 5 ވަނަ މާއްދާގެ ދަށުން އެކުލަވައިލި އުސޫލެކެެވެ. އެ އުސޫލުގައި ބުނެފައިވަނީ ކަސްޓަމްސްއިން އާއްމުކުރާނީ އެ އިދާރާއަށް ދައްކަަންޖެހޭ ފައިސާގެ އަދަދު 10،000 އަށްވުރެ މަތިވުމުންކަމަށާއި، ނަން ހާމަކުރުމުގެ ކުރިން ގިނަ މަރުހަލާތަކެއް ފުރިހަމަކުރާނެ ކަމުގައެވެ.

Ad by Hajj Corporation

Ad by Hajj Corporation

އެގޮތުން އެންމެ ފުރަތަމަ މަރުހަލާގައި ކަސްޓަމްސްއިން ލިޔުމުން ފައިސާ ދައްކަން އަންގާނެކަމަށާއި،ފައިސާ ދައްކަން އަންގާ ލިޔުން ހަވާލުކުރެވޭނީ ސީދާ ގޮތެއްގައި ލިއުން ހަވާލުކުރުމާއި ދީފައިވާ އެޑްރެހަށް ލިއުން ފޮނުވުމާއި ކަސްޓަމްސް ޕޯޓަލް މެދުވެރިކޮށް ލިއުން ފޮނުވުމާއި އީމެލަށް ފޮނުވުން ނުވަތަ ދާއިމީ އެޑްރެހަށް ލިއުން ފޮނުވައިގެން ކަަމަށް އެ އުސޫލުގައި ވެެއެވެ.

މި އުސޫލުން އަމަލުކުރުމަށްފަހު ފައިސާ ނުދައްކައިފިނަމަ އެ ފަރާތަކާ ގުޅޭ ގޮތުން ކަސްޓަމްސްއިން ހާމަކުރާ މައުލޫމާތުތަކުގެ ތެރޭގައި ،ފައިސާ ދައްކަން ޖެހޭ ފަރާތުގެ ފުރިހަމަ ނަމާއި، ކަސްޓަމްސްގައި ރަޖިސްޓްރީކޮށްފައިވާ ރަޖިސްޓްރީ ނަންބަރާއި، އަމިއްލަ ފަރާތެއް ނަމަ ނަމާއި ދާއިމީ އެޑްރެސް އަދި ،ވިޔަފާރި ރަޖިސްޓްރީ ނަންބަރު، ނުވަތަ ގާނޫނީ ޝަހުސެއް ނަމަ އެ ފަރާތުގެ ރަޖިސްޓްރީ ނަންބަރާއި ނަން ހާމަކުރާއިރު އެހާތަނަށް ނުދައްކާ ހުރި ފައިސާގެ އަދަދުގެ އިތުރުން ފައިސާގެ ބާވަތް ހިމެނެއެވެ.

އެ އުސޫލުގެ ދަށުން ފައިސާ ނުދައްކައިގެން ހާމަކުރާ މައުލޫމާތު އާއްމުކުރާނީ ސަރުކާރުގެ ގެޒެޓައި، ކަސްޓަމްސްގެ ވެބްސައިޓާއި، މީސްމީޑިޔާ ހޭންޑްލްތަކުގައި ކަމަށް އެ ވުޒާރާއިން ވަނީ ބުނެފައެވެ.

އަދި އެގޮތަށް ފައިސާ ނުދައްކާ ފަރާތްތަކުގެ ނަން ހާމަކުރާނީ ލިޔުމުން ފައިސާ ދައްކަން އެންގުމަށްފަހު، ބަހާލައިގެން ފައިސާ ދައްކަން އެއްބަސްވުމަށް ފުރުސަތު ދިނުމަށްފަހު އެއިން އެއްވެސް މަރުހަލާއެއްގައި ފައިސާ ނުދެއްކުމުންކަަމަށާއި،މިއިން ކޮންމެ މަރުހަލާއެއްގެ މެދުގައި 15 ދުވަހުގެ މުހުލަތެއް ދޭނެެކަމަށްއެ އުސޫލުގައި ބުނެފައިވެއެވެ.

ދައުލަތުގެ އިދާރާތަކާއި ސަރުކާރުގެ މެޖޯރިޓީ ހިއްސާ އޮންނަ ކުންފުނިތަކާއި ދައުލަތުގެ މަޝްރޫއުތައް ހިންގާ ކުންފުނިތަކާއި ފައިސާ ދައްކަން ޖެހިފައި ވަނިކޮށް ނިޔާވާ މީހުން މި އުސޫލުން އިސްތިސްނާވާނެއެވެ. 

Ad by Regional Airports

Ad by Regional Airports

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ކަސްޓަމްސް ޓެރިފް ޕޭޖުން ޕްރޮޑަކްޓަކްޓް ގެ ނަން ޖަހާލުމުން ޑިއުޓީ ރޭޓާ އެއްކޮށް ފެންނާނެޚަބަރު | 3 ދުވަސް ކުރިން ވަތަނީ ޚިދުމަތުގެ ކުދިންނަށް ކުރިމަތިލެވޭގޮތަށް ކަސްޓަމްސްއިން ވަޒީފާގެ ފުރުސަތުޚަބަރު | 2 މަސް ކުރިންދިރުވާލައިގެން އެތެރެކުރަން އުޅުނު 2.9 މިލިއަން ރުފިޔާގެ މަސްތުވާތަކެތި އަތުލައިގެންފިޚަބަރު | 2 މަސް ކުރިންގާނޫނީ ގޮތުން ބޯޑަރު ބެލެހެެއްޓުމަށް ކަސްޓަމްސް އިން ކުރަންޖެހޭ ކަންކަން ކުރާނެޚަބަރު | 2 މަސް ކުރިން