ނަސްރުﷲ އަވަހާރަކޮށްލުން ރަޝިއާ އިން ކުށްވެރިކޮށްފި


28 ސެޕްޓެމްބަރު 2024 - 16:42
ފަލަސްތީނުގެ މިނިވަންކަމަށް މަސައްކަތްކުރާ ލުބްނާންގެ ޖަމާއަތެއްކަމަށްވާ ހިޒްބުﷲ ގެ ވެރިޔާ ހަސަން ނަސްރުﷲ އަވާހަރަކޮށްލުމާ ގުޅިގެން ރަޝިއާ އިން އެކަން ކުށްވެރިކޮށްފިއެވެ.
މިކަމާއި ގުޅިގެން ރަޝިއާގެ ފޮރިން މިނިސްޓްރީން ނެރުނު ބަޔާނެއްގައި ހިޒްބުﷲ ގެ ލީޑަރު އަވަހާރަކޮށްލުމާ ގުޅިގެން އެކަން ހަރުކަށި އިބާރާތުން ވަނީ ކުށްވެރިކޮށްފައެވެ.
މީގެ އިތުރުން ރަޝިޔާއިން ވަނީ ސްރާއީލުން ލުބުނާންގެ އެކި ހިސާބުތަކަށް ދެމުން އަންނަ ހަމަލާތައް ނިމުމަކަށް ގެނައުމަށް ގޮވާލައިފައެވެ.
ނަސްރުﷲ އަވަހާރަކޮށްލީ ހިޒްބުﷲގެ މަރުކަޒަކަށް އަމާޒުކޮށް އިޒްރޭލުން ރޭ ވައިގެ މަގުން ދިން ހަމަލާއެއްގަ އެވެ.
ނަސްރުﷲ އަވަހާރަކޮށްލާފައިވާ ކަމަށް އިޒްރޭލުން ރެއިން ފެށިގެން އައީ ބުނަމުންނެވެ.
ހިޒްބުﷲ ޖަމާއަތުން މިއަދު ވަނީ އެކަން ކަށަވަރު ކޮށްދީފަ އެވެ.
އިތުރު ލިޔުންތައް

ލައިވް: ލުބުނާނުގެ ޙާލަތު ގޯހުން ގޯހަށް
7 މަސް ކުރިން
ލުބުނާނަށް ދިން ހަމަލާގައި އެމެރިކާގެ އަތެއް ނެތް: ޕެންޓަގޮން
7 މަސް ކުރިން
އިސްރާއީލުން ނުސެއިރަތް ރެފިއުޖީ ކޭމްޕަށް އަނެއްކާ ވެސް ޙަމަލާދީ، ހަތަރު މީހަކު މަރާލައިފި
7 މަސް ކުރިން