logo
Bank of Maldives

Bank of Maldives

ޚަބަރު

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފި

އާމިނަތު ޝަފާ
25 ސެޕްޓެމްބަރު 2025 - 11:29
ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފި

ހައިކޯޓުގެ ފަނޑިޔާރުކަމަށް ފެމިލީ ކޯޓުގެ އިސްގާޒީ އިބްރާހިމް މާހިރު އައްޔަން ކުރައްވައިފިއެވެ.

ސްޕްރީމް ކޯޓުގައި މިއަދު ބޭއްވި ރަސްމިއްޔާތުގައި ހައިކޯޓުގެ ފަނޑިޔާރުކަމަށް މާހިރު އައްޔަން ކުރެއްވި ކަމުގެ ލިޔުން ހަވާލުކޮށްދެއްވީ ޖުޑީޝަލް ސާވިސް ކޮމިޝަނުގެ ރައީސް ހުސެއިން ރިޒާއެވެ.

Ad by Hajj Corporation

Ad by Hajj Corporation

މާހިރު ފެމިލީ ކޯޓަށް އައްޔަނުކުރެއްވީ 2010 ވަނަ އަހަރުގެ މެއި މަހުގެ 23 ވަނަ ދުވަހުއެވެ. ފެމިލީ ކޯޓުގައި މާހިރު މަސައްކަތް ކުރައްވާތާ 15 ވަރަކަށް އަހަރުވެދާނެއެވެ. މާހިރަކީ ހައިކޯޓުގެ ފަނޑިޔާރުކަމަށް ކުރިމަތިލެއްވި 14 ބޭފުޅުންގެ ތެރެއިން އެންމެ މަތިން މާކްސް ލިބިވަޑައިގެންނެވި ބޭފުޅާއެވެ.

ހައިކޯޓުގެ ފަނޑިޔާރުންގެ ބެންޗުން ދެ މަގާމެއް ހުސްވީ، އެ ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ހުސައިން ޝަހީދާއި، ފަނޑިޔާރު މުހައްމަދު ސަލީމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުކަމަށް އައްޔަން ކުރެއްވުމާ ގުޅިގެންނެވެ.

ހުސްވި ދެ މަގާމަށް ކުރިމަތިލާން ހުޅުވާލުމުން، ކުރިމަތިލި ބޭފުޅުންގެ ތެރެއިން އެންމެ ފުރަތަމަ ޖޭއެސްސީން ނިންމީ ސިވިލް ކޯޓުގެ ކުރީގެ ގާޒީ އަބްދުﷲ ޖަމީލް މޫސާ އާއި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުހައްމަދު ޝަހީދު އެ މަގާމުތަކަށް އައްޔަންކުރުމަށެވެ.

އޭގެފަހުން ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަކުރުމަށް ނިންމި ހޯމް މިނިސްޓްރީގެ ކުރީގެ ޑެޕިއުޓީ މިނިސްޓަރު މުޙައްމަދު ޝަހީދު ފަނޑިޔާރުކަމާ ހަވާލުވުމަށް އުޒުރުވެރިވާކަން ހާމަކޮށް އެކަން ޖޭއެސްސީއަށް ވަނީ އަންގާފައެވެ.

މާހިރު ހައިކޯޓުގެ ފަނޑިޔާރުކަމަށް އައްޔަންކުރުމަށް ޖޭއެސްސީން ނިންމީ މިއަދު ހެނދުނު ބޭއްވި އެ ކޮމިޝަންގެ ބައްދަލުވުމެއްގައެވެ.

Bank of Maldives

Bank of Maldives

ކޮމެންޓް

ގުޅުންހުރި ލިޔުންތައް

ހައިކޯޓުގެ ފަނޑިޔާރު ކަމަށް މާހިރު އައްޔަން ކުރައްވައިފިޚަބަރު | 3 މަސް ކުރިން